26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕްގެ ވީޑިއޯ އެޑިޓްކުރުމުން ވަޒީފާއިން ވަކިކޮށްފި

  • އެޑިޓްކޮށްފައިވާ ވީޑިއޯގައި ޓްރަމްޕްގެ ހަމުގެ ކުލަ ވަނީ އޮރެންޖް ކުލައަށް ބަދަލުކޮށްފަ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 11 ޖެނުއަރީ 2019 | ހުކުރު 04:17 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


ޓްރަމްޕްގެ އަސްލު ވީޑިއޯ އާއި އެޑިޓްކޮށްފައިވާ ވީޑިއޯ -- އާކައިވް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ވީޑިއޯއެއް އެޑިޓްކޮށް، ވީޑިއޯއަށް ބަދަލު ގެނެސްގެން ދެއްކި މީހަކު އެމެރިކާގެ ޓީވީ ޗެނަލެއްގެ ވަޒީފާއިން ވަކިކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފޮކްސް އާއި ގުޅުން އޮންނަ Q13 ޗެނަލްގައި ވީޑިއޯ އެޑިޓަރެއްގެ ވަޒީފާއަދާކުރަމުންދިޔަ އެ މީހާ ވަޒީފާއިން ވަކިކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.

އިމިގްރޭޝަނާއި ގުޅޭގޮތުން އަންގާރަ ދުވަހުގެރޭ އޯވަލް އޮފީހުގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅުގެ ވީޑިއޯ Q13 ޗެނަލްއިން ފަހުން ދެއްކި އިރު ފެންނަ މަންޒަރުގައި ޓްރަމްޕްގެ ހަމުގެ ކުލަ ވަނީ އޮރެންޖު ކުލައަށް ބަދަލުކޮށްފައެވެ. އަދި ވާހަކަދެއްކެވުމަށްފަހު ދޫ ނެރުއްވައި ހުންނަވާގޮތަށް ވީޑިއޯއަށް ވަނީ ބަދަލު ގެނެސްފައެވެ.

މި މައްސަލަ އާއި ގުޅޭގޮތުން Q13 ޗެނަލްގެ ނިއުސް ޑައިރެކްޓަރ އެރިކާ ހިލް ވިދާޅުވެފައިވަނީ، އެ ވީޑިއޯ އަކީ އެ ޗެނެލްގެ އެޑިޓޯރިއަލް މިންގަނޑާ ޚިލާފަށް އެޑިޓްކޮށްފައިވާ ވީޑިއޯއެއް ކަމަށާއި، އެ މައްސަލައިގައި ވީޑީއޯ އެޑިތަރަށް ފިޔަވަޅު އެޅީ މައްސަލަ ތަހުޤީޤު ކުރުމަށްފަހު ކަމަށެވެ. އަދި މި ވީޑިއޯއިން ފެންނަނީ އެ ސްޓޭޝަން އިން ދެކޭގޮތް ނޫން ކަމަށާއި އެގޮތަށް ބެލުންތެރިން ނުދެކުމަށް އެދޭ ކަމަށްވެސް އެރިކާ ވަނީ ވިދާޅުވެފައެވެ.

އަންގާރަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބޯޑަރ ފާރު ބިނާ ކުރުމަށް ރައްޔިތުން ފައިސާ ހަދިޔާ ކުރުމަށް އެދިވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް