19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ސިޔާސީ ފަރާތްތަކުގެ މާލީ ބަޔާން

މާލީ ބަޔާން: އައިޝާގެ އަތުގައި އެންމެ 2،000 ރުފިޔާ، ދަރަނި ބޮޑު ވަޒީރަކީ މަލީހު

  • އެންމެ ބޮޑު އާމްދަނީއެއް ލިބިވަޑައިގެންނެވީ އަސްލަމަށް
  • އެންމެ ގިނަ ކުންފިތަކުގެ ހިއްސާ އޮތް ވަޒީރަކީ ފައްޔާޒު
  • މަލީހުގެ ދަރަނި 5.6 މިލިއަނަށް އަރާ
ޙުސައިން ޙަސަން | hucenhassan

| 11 ޖެނުއަރީ 2019 | ހުކުރު 02:57 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


މިނިސްޓަރު އައިޝާ އަދި މިނިސްޓަރު މަލީހު: ކެބިނެޓުގެ 20 ބޭފުޅުންގެ މާލީ ބަޔާން އާންމުކޮށްފައިވޭ -- ފޮޓޯ: ރާއްޖެ އެމްވީ

މަޤާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންނެވީ ދެހާހެއްހާ ރުފިޔާ ކަމަށާއި އެންމެ ދަރަނި ބޮޑު ވަޒީރަކީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަހީހް ޖަމާލު ކަން، ރައީސް އޮފީހުން އާންމު ކުރި މާލީ ބަޔާންތަކުން ހާމަވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 20 ބޭފުޅުންގެ ތެރެއިން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެއްވެސް އާމްދަނީއެއް ލިބިވަޑައިނުގަންނަވަނީ ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަށެވެ. ނަމަވެސް އޭނާގެ މިލްކިއްޔާތުގައި 2.5 މިލިއަން ރުފިޔާގެ އެޕާޓްމަންޓަކާއި ސައިކަލެއް ހުރި ކަމަށް މާލީ ބަޔާނުން ދައްކައެވެ.

ވޭތުވެދިޔަ ހަ މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އާމްދަނީއެއްގެ ގޮތުގައި އެންމެ ދަށް އާމްދަނީއެއް ލިބިވަޑައިގެންނެވި މިނިސްޓަރަކީ، އައިޝާއެވެ. އޭނާގެ އަތުގައި ހަމައެކަނި ހުރީ އެސްޓީއޯގެ ހިއްސާގެ ފައިދާގެ ގޮތުގައި ލިބިވަޑައިގެންނެވި 2،443.40 (ދެހާސް ހަތަރުސަތޭކަ ސާޅީސް ތިން ރުފިޔާ ސާޅީސް ލާރި) ރުފިޔާއެވެ. އައިޝާގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް އަދި ވިޔަފާރީގެ މަސްލަހަތެއް އަދި ދަރަންޏެއް ވެސް ނެތް ކަމަށް މާލީ ބަޔާނުން ދައްކައެވެ.

މިނިސްޓަރުންގެ މާލީ ބަޔާނުން ދައްކާ ގޮތުން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި އެންމެ ބޮޑު އާންދަނީއެއް ލިބިވަޑައިގެންނެވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށެވެ. ވިޔަފާރީގެ ފައިދާގެ ގޮތުގައި އޭނާއަށް ވޭތުވެދިޔަ ހަ މަސް ދުވަހު 3.1 މިލިއަން ރުފިޔާ ލިބިވަޑައިގެންނެވި ކަމަށް މާލީ ބަޔާނުން ދައްކައެވެ. އޭނާގެ މިލްކިއްޔާތުގައި މުދަލެއް އަދި ވިޔަފާރީގެ މަސްލަހަތެއް މިހާރަކު ނެތެވެ. ނަމަވެސް އެޗްޑީއެފްސީން ނަގާފައިވާ ތިން ލޯނަކާ ގުޅިގެން އަސްލަމްގެ ދަރަނި 3.7 މިލިއަނަށް އަރައެވެ.

ދަރަނި އެންމެ ބޮޑު މިނިސްޓަރެއްގެ ގޮތުގައި މާލީ ބަޔާންތަކުން ދައްކަނީ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހެވެ. މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން މަލީހު ނަންގަވާފައިވާ ލޯނެއްގެ ދަރަނި 5.6 މިލިއަން ރުފިޔާއަށް އަރައެވެ. އޭނާ ހިއްސާ އޮންނަ ހިތާ ބީޗު މޯލްޑިވްސް ކިޔާ ކުންފުންޏަކާއި ކާފު މާރޓް ކިޔާ ފިހާރައަކާއި އެމްޓީޑީސީގެ ހިއްސާ އޮންނަ ކަމަށް މާލީ ބަޔާނުން ދައްކައެވެ. މަޤާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި މަލީހަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންނެވީ 720،000 (ހަތް ލައްކަ ވިހިހާސް) ރުފިޔާއެވެ.

މާލީ ބަޔާންތަކުން ދައްކާ ގޮތުން އެންމެ ގިނަ ކުންފުނިތަކުގެ މަސްލަހަތު އޮތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލުގެއެވެ. ފައްޔާޒު ހިއްސާ އޮންނަ ކުންފުނިތަކަކީ ސަދާން ސީސްޒް ޕްރައިވެޓް ލިމިޓެޑާއި ހަބޭސް ޕްރައިވެޓް ލިމިޓެޑާއި ލަގްޒަރީ ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑާއި ޕްރެސްޓިޖް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑެވެ. ފައްޔާޒުގެ މިލްކިއްޔާތުގައި ރެއިންބޯ ރަނަރ ކިޔާ ބޯޓެއް އޮންނަ ކަމަށް މާލީ ބަޔާނުން ދައްކައެވެ.

ރައީސާއި ނައިބު ރައީސާއި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 20 ވަޒީރުންގެ އިތުރުން ރައީސް އޮފީހުގެ އިސް މަގާމުތަކުގައި ތިއްބެވި 26 ބޭފުޅެއްގެ މާލީ ބަޔާން ރައީސް އޮފީހުން ބުރާސްފަތި ދުވަހުގެ ރޭ ވަނީ އާންމުކޮށްފައެވެ. 

ސަރުކާރުގެ އިދާރާތަކާއި ދައުލަތުގެ ކުންފުނިތަކާއި މިނިވަން މުއައްސަސާތަކަށް އައްޔަން ކުރާ މީހުންގެ އަނބިންނާއި ފިރިންގެ މުދަލާއި މާލީ ބަޔާން ހާމަކޮށް، ގަވާއިދު ރިއުވު ކުރުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ވައުދެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް