26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

ބައިފާ އަޔުރްވެދާގެ ޕްރޮޑަކްޓް

ބައިފާ އަޔުރްވެދާގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފުކޮށްފި

  • މި ބްރޭންޑްގެ 22 ޕްރޮޑަކްޓް ވަނީ ތައާރަފުކޮށްފައި
  • މި ޕްރޮޑަކްޓް އަކީ ފަތްޕިލާވެލި ހިމަނައިގެން އުފައްދާފައިވާ ޕްރޮޑަކްޓެއް
ސިމާހާ ނަސީމް | sim_kamana

| 11 ޖެނުއަރީ 2019 | ހުކުރު 02:23 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


ބައިފާ އަޔުރްވެދާގެ ޕްރޮޑަކްޓްތައް - މި ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފުކުރީ ލެކިއުޓް އާއި ބްލަންކޫރާ ސްޕެޝަލިޓީ އަޔުރްވެދިކް ކްލިނިކް ގުޅިގެން -- ރާއްޖެއެމްވީ

ބައިފާ އަޔުރްވެދާގެ ޕްރޮޑަކްޓްތައް ލެކިއުޓް އާއި ބްލަންކޫރާ ސްޕެޝަލިޓީ އަޔުރްވެދިކް ކްލިނިކް ގުޅިގެން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.

މި ޕްރޮޑަކްޓް އަކީ ފަތްޕިލާވެލި ހިމަނައިގެން އުފައްދާފައިވާ ޕްރޮޑަކްޓަކަށްވާއިރު މި ބްރޭންޑްގެ 22 ޕްރޮޑަކްޓް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި ހޭންޑް ކްރީމް، އެސެންޝަލް އޮއިލްގެ އިތުރުން ފޭސް ވޮޝް އަދި ސްކްރަބް ހިމެނެއެވެ.   

ބްލަންކޫރާ ސްޕެޝަލިޓީ އަޔުރްވެދިކް ކްލިނިކްގެ ފައުންޑަރ އަދި ސީއީއޯ ޑރ. އަހްމަދު އަދުހަމް އަބްދުﷲ ވިދާޅުވީ މި ބްރޭންޑްގެ ޕްރޮޑަކްޓް ރާއްޖެއަށް ލޯންޗުކުރުމުގެ ބޭނުމަކީ މިހާރު ރާއްޖޭގައި ލިބެން ހުރި ކެމިކަލް ކޮސްމެޓިކްސްއަށްވުރެ ފަތްޕިލާވެލީގެ، ހަންގަނޑަށް ފައިދާ ހުރި ޕްރޮޑަކްޓްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ކަމަށެވެ.

"އެންމެ ބޮޑު ބޭނުމަކީ މިހާރު ހުރި ކޮސްމެޓިކްސް އަކީ ވަރަށް ބޮޑަށް ކެމިކަލް ބޭސްޑް ކޮސްމެޓިކްސް، އެހެންކަމުން އެއަށްވުރެ ނެޗުރަލް ހާބަލް ކޮސްމިޓްކްސްއަށް ބަދަލުކުރުމުގެ އުންމީދުގައި މި ޕްރޮޑަކްޓް ލޯންޗުކުރެވުނީ. މި ޕްރޮޑަކްޓްތަކަކީ ސޭންޑަލް ވުޑް، ސެފްރޯން ކަހަލަ އިންގްރީޑިއަންޓްސް ބޭނުންކޮށްގެން ހަދާފައި ހުރި ޕްރޮޑަކްޓްތަކެއް. ކެމިކަލް ކޮސްމެޓިކްސް އަށްވުރެ ބޮޑަށް ނެޗުރަލް ލޯންޗުކުރުމުގެ ގޮތުން އަސްލު މި ޕްރޮޑަކްޓް މި ތައާރަފުކުރީ" ޑރ. އަހްމަދު އަދުހަމް އަބްދުﷲ ވިދާޅުވިއެވެ.

ތައާރަފުކޮށްފައިވާ 22 ޕްރޮޑަކްޓްގެ އަގު އުޅެނީ 250ރ އާއި 450ރ އާ ދެމެދުއެވެ. އަދި މި ޕްރޮޑަކްޓްތައް ދެ ޖިންސުގެ ބޭފުޅުންނަށްވެސް ބޭނުންކުރެވޭނެއެވެ.

ހުޅުމާލޭގެ އިތުރުން ކައިރި ރަށްރަށަށް މި ޕްރޮޑަކްޓް ފޯރުކޮށްދެވޭނެ މަގު ފަހި ކުރާނެ ކަމަށް ބްލަންކޫރާ ސްޕެޝަލިޓީ އަޔުރްވެދިކް ކްލިނިކްއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް