21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ސިޔާސީ ފަރާތްތަކުގެ މާލީ ބަޔާން

ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ މާލީ ބަޔާން އާންމުކޮށްފި

  • ރައީސް ސޯލިހަށް މޭ 2018 އިން ފެށިގެން މުސާރަ އާއި އެލަވަންސްގެ ގޮތުގައި 1.5 މިލިއަން ރުފިޔާ
އިސްމާއިލް ނާއިލް ނަޝީދު | IxmaealNaail

| 11 ޖެނުއަރީ 2019 | ހުކުރު 00:32 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން -- ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި، އެމަނިކުފާނުގެ ނައިބު، އަދި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުންގެ މާލީ ބަޔާން އާންމު ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި، ކެބިނެޓުގައި ތިއްބަވާ 19 މިނިސްޓަރުންގެ އިތުރުން ބަންޑާރަ ނައިބުގެ މާލީ ބަޔާނެވެ. ހާމަކޮށްފައިވާ މާލީ ބަޔާންތަކުގައި ވޭތުވެދިޔަ ހަ މަސްދުވަހު އެ ބޭފުޅުންނަށް މުސާރަ އާއި އެހެނިހެން ގޮތް ގޮތުން ލިބިވަޑައިގެންފައިވާ އާމްދަނީ އާއި އެ ބޭފުޅުންގެ މިލްކިއްޔާތުގައި ހުރި މުދަލާއި ވިޔފާރީގެ މަސްލަހަތުތަކުގެ އިތުރުން އެ ބޭފުޅުންގެ ދަރަންޏެއް އޮތްނަމަ އެކަން ވަނީ ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އެމަނިކުފާނަށް މަޤާމާއި ހަވާލުވެވަޑައިގަތުމާއި ހަމައަށް ހިނގި ހަ މަސްދުވަހު މުސާރަ އާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގެންނެވީ 1.5 މިލިއަން ރުފިޔާއެވެ. އެމަނިކުފާނުގެ މިލްކިއްޔާތުގައި 1 ބަނޑާރަ ގޯތި (ނޫރާނީ/ ޅ. ހިންނަވަރު) އޮތް އިރު އެމަނިކުފާނުގެ ދަރަންޏެއް ނެތެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމަށް މަޤާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހިނގި ހަ މަސް ދުވަހު މުސާރަ އާއި އެލަވަންސްގެ ގޮތުގައި ލިބިވަޑައިގެންނެވީ 1.7 މިލިއަން  ރުފިޔާއެވެ. އެމަނިކުފާނުގެ މިލްކިއްޔާތުގައި ހިމެނެނީ، ޏ. ފުވައްމުލައް، މިލޭނިއަމް އާއި ހުޅުމާލެ ވަން އެވެނިއުއިން ދެ ފްލެޓާއި، ދެ ކާރު އަދި ހަ ސައިކަލް ހިމެނެއެވެ. މި ތަންތަނާއި ތަކެތީގެ ޖުމްލަ އަގު 17.4 މިލިއަން ރުފިޔާއަށް އަރައެވެ. އެމަނިކުފާނުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އެމަނިކުފާނުގެ އެއްވެސް ދަރަންޏެއް ނެތެވެ.

ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންގެ އިތުރުން ރައީސް އޮފީހުގެ އިސް މާޤާމުތަކުގައި ތިއްބެވި ފަރާތްތަކުގެ މާލީ ބަޔާން ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. ސިޔާސީ މަޤާމުތަކާ ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަނުކުރާ ފަރާތްތަކުގެ މަލީ ބަޔާން ހާމަ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކިރިޔާހޭނުނެތުނީ

2 މަސް ކުރިން

ކިރިޔާހޭނުނެތުނީ، ކިހިނެއްމިމީހުން، އަހަރުމެން ނިކަމެތިންގެ ހާލަތު ހިއުސާސްވެސް ކޮށްލާނީ

0
0