26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

ބޮލީވުޑް

ބޮލީވުޑްގެ ޒުވާން ތަރިންތަކެއް މޯދީއާ ބައްދަލުކޮށްފި

  • މި ބައްދަލުވުމުގައި ނަގާފައިވާ ސެލްފީ އެއްކަރަން ޖޯހަރު  ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 10 ޖެނުއަރީ 2019 | ބުރާސްފަތި 23:50 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


ބޮލީވުޑް ސެލެބްރިޓީން -- ހިންދުސްތާނީ ޓައިމްސް

ބޮލީވުޑްގެ ނުފޫޒުގަދަ ޒުވާން ބައެއް ތަރިންނާއި ފިލްމް އުފައްދާ ބައެއް ފަރާތްތަކުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލު ކޮށްފިއެވެ.

ނިއުދިއްލީގައި ބުރާސްފަތި ދުވަހު ބޭއްވި މި ބައްދަލުވުމުގައި ނަގާފައިވާ ސެލްފީ އެއް ބޮލީވުޑް މަޝްހޫރު ޕްރޮޑިއސަރ ކަރަން ޖޯހަރު ވަނީ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ކަރަން ވަނީ ފަންނާނުންނާއި ބައްދަލުކުރުމަށް ވަގުތުކޮޅެއް ދެއްވި ކަމަށްޓަކައި މޯދީއަށް ޝުކުރުއަދާކޮށްފައެވެ. އަދި މޫވީ ޓިކެޓުން ޖީއެސްޓީ ކުޑަކޮށްދެއވުމުން އެކަމަށް ވެސް ވަނީ ޝުކުރުއަދާކޮށްފައެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ފަންނާނުންގެ ތެރޭގައި އާލިއާ ބަޓް، ރަންބީރު ކަޕޫރު، ވަރުން ދަވަން، ރާޖްކުމާރު ރާއޯ، އަޔުޝްމަން ޚުރާނާ، ބޫމީ ޕަދްނޭކަރު، ސިދާތް މަލޯތްރާ، ވިކީ ކައުޝަލް، ކަރަން ޖޯހަރު، އެކްތާ ކަޕޫރު، ރޯހިތް ޝެޓީ އަދި އަޝްވިނީ އީޔަރު ތިވާރީ ހިމެނެއެވެ.

އިންޑިއާގެ ސަރުކާރުން ޓިކެޓްގެ އަގުގެ ޖީއެސްޓީ ކުޑަކުރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވަނީ ބޮލީވުޑްގެ ބައެއް ފަންނާނުން މޯދީ އާއި ބައްދަލުކޮށްފައެވެ. އޭގެ ތެރޭގައި ކަރަން ޖޯހަރު، އަކްޝޭ ކުމާރު، އަޖޭ ދޭވްގަން ހިމެނެއެވެ.

މި ބައްދަލުވުމުގައި އެއްވެސް އަންހެނަކު ބައިވެރިކޮށްފައި ނުވާތީ ބޮލީވުޑްގެ ތަރި ދިއާ މިރްޒާ ވަނީ އެކަމާއި ނުރުހުންފާޅުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް