26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

ރައީސް ނަޝީދު

ރާއްޖެއަށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ނަޝީދު

  • އެންމެ އެކަށީގެންވާ މެނިފެސްޓޯއަކީ އެމްޑީޕީގެ މެނިފެސްޓޯ
އަލީ ސަމާޚް | AliSamah8

| 10 ޖެނުއަރީ 2019 | ބުރާސްފަތި 23:39 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


ރައީސް މުހައްމަދު ނަޝީދު -- ރާއްޖެއެމްވީ

ރާއްޖެއަށް ތަރައްގީ ގެނެވޭނީ އެމްޑީޕީގެ މެނިފެސްޓޯއިން ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގައި މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ހުސެއިން މުނައްވަރުގެ ކެމްޕޭން ލޯންޗު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ މެނިފެސްޓޯއަކީ ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ކަންކަން ދޮރުން ދޮރަށް ގޮސް ގާތުން ބެލުމަށްފަހު، އެކުލަވައިލާފައިވާ މެނިފެސްޓޯއެއް ކަމަށެވެ. 

އެހެންކަމުން ދިވެހި ރާއްޖެއަށް ތަރައްގީ ގެންނަން އެންމެ އެކަށީގެންވާ މެނިފެސްޓޯއަކީ އެމްޑީޕީގެ މެނިފެސްޓޯ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީ އުފެދިގެން އައީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ކަމަށާއި، ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހެދުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އަމާޒެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން އެންމެ ބޮޑު ވައުދަކީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުން ކަމަށާއި، މި ސަރުކާރުން އެ ވައުދު ފުއްދާނެ ކަމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

''މިއަދު މި މާލޭގެ އެންމެ ބޮޑު ބޭނުމަކީ ބޯހިޔާވަހިކަން. އެކަން ކޮށް ދިނުމަށް ވިސްނުމެއް ނެރުމަކީ މިއަދުގެ ސަރުކާރަށް ކުރެވެން ނެތް ކަމެއް ކަމުގައި ދެކެނޭ ރައްޔިތުންވެސް މިއަދު މި ރާއްޖޭގައި މަދުވާނެ. އެމްޑިޕީ އަކީ ސިޔާސަތު ތަކެއް ތަންފީޒު ކުރުމުގައި ސަރުކާރު ހިންގާ ޕާޓީއެއް. ބޯހިޔާވަހި ކަމުގެ ސިޔާސަތަކީ ރައީސް ސޯލިހުގެ ވައުދެއް . އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެތް ނުއުފެދޭ.''  ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތައް ބަޔާންކޮށް ދެއްވަމުން ނަޝީދު ވިދާޅުވިއެވެ.

އަލަށް އިންތިހާބު ކުރާ 19 ވަނަ މަޖިލިސް ވެގެން ދާނީ ރައްޔިތުންގެ ފައިސާ މެމްމްބަރުން ބަލަހައްޓައި ދޭ މަޖިލީހަކަށް ކަމަށް ނަޝީދު ވަނީ ތަކުރާރުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް