26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)

ޕީއެންސީއަށް އެއްވެސް މީހެއް ނުރުހުމުގައި ސޮއިކުރުވާފައެއް ނުވާނެ: އަބްދުއްރަހީމް

  • ފޯމްފުރި ބޭފުޅުން އެކަން ކުރައްވާފައިވަނީ ހިތުން ރުހުމުން
  • 4000 ފޯމް ހުށަހެޅުމާއެކު ގިނަ ބައެއްގެ ޝަކުވާ އިލެކްޝަނަށް ލިބޭ
އަމްނާ އިމާދު | @amnabinthimad

| 10 ޖެނުއަރީ 2019 | ބުރާސްފަތި 23:26 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


ފޮނަދޫ ދައިރާގެ މެމްބަރު އަބްދުއްﷲ އަބްދުއްރަހީމް -- އާކައިވް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރައްވަމުން ގެންދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް އެއްވެސް މީހެއް ނުރުހުމުގައި ސޮއިކުރުވާފައި ނުވާނެ ކަމަށް އެ ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދައިރާގެ މެމްބަރު އަބްދުއްﷲ އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ ފަރާތުން 4،000 ފޯމު އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމާއެކު ވަރަށް ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވުމާއި ގުޅިގެންނެވެ.

ޝަރީފު ވިދާޅުވީ ޕާޓީ އުފެއްދުމަށް ހުށަހެޅުމުން އެފަދަ ގޮތަކަށް މީގެ ކުރިން ޝަކުވާ އައިސްފައިނުވާ ކަމަށާއި، ބައެއް ފަރާތްތަކުން ގުޅައި އެފޯމްތަކާއި ބެހޭ ގޮތުން ސުވާލު އުފައްދަމުންދާ ކަމަށެވެ. އެހެންކަމުން އެ ފޯމުތައް އެއީ ސައްހަ ފޯމުތައްކަން ބެލުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ނުރުހުމުގައި އެއްވެސް މީހަކު ލައްވައި ޕީއެންސީއަށް ސޮއި ކުރުވާފައި ނުވާނެ ކަމަށެވެ. އަދި މީހުންނަށް ނޭނގި އެމީހުންގެ ނަމުގައި ފޯމް ފުރާފައިވެސް ނުވާނެ ކަމަށެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީއަށް ފޯމް ފުރުވި ބޭފުޅުން އެކަން ކުރައްވާފައިވަނީ ހިތުން ރުހުމުން ޕީއެންސީއާ ގުޅެން ބޭނުންވެގެން ކަމަށެވެ.

އާ ޕާޓީއެއް އުފެއްދުމަށް މިހާރު ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން އެހާ ބޮޑަށް މަސައްކަތް ކޮށްފައިނުވާ ކަމަށާއި އެކްޓިވިސްޓުންގެ މަސައްކަތުން 8000 ފޯމް ހަމަކުރެވިފައިވާ ކަމަށް ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތަކުން މީގެ ކުރިންވަނީ ބުނެފައެވެ. މިމަހުގެ 9 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ 4000 ފޯމެވެ.

ރައީސް ޔާމީންގެ ގާތް ބޭފުޅުން އާ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތްކުރައްވާ އިރު މިހާތަނަށް އެ ޕާޓީ އަށް ރައީސް ޔާމީން ސޮއިކުރައްވާފައިވާކަން އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. 

ޕީޕީއެމްގެ ނައިބު ލީޑަރުގެ މަޤާމަށް ސެޕްޓެމްބަރު މަހު ބޭއްވި އެ ޕާޓީގެ ކުއްލި ކޮންގްރެސްގެ މަޤާމުން އައްޔަންކުރި، ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު، އާއި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު އުމަރުވެސް ވަނީ ޕީއެންސީއަށް ސޮއިކުރައްވާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް