18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

އެމްޑީޕީ މަޖިލިސް ޕްރައިމަރީ

ޖަޒީރާ ގައުމެއްގެ ވިސްނުން އެމްޑީޕީއަށް ހޯދިއްޖެ: ރައީސް ނަޝީދު

  • ތަބީއަތާއި ފިތުރަތުގެ އުސޫލާއި ޚިލާފަށް ރަށްތައް ތަރައްގީ ނުކުރެވޭނެ ކަމަށް ވިދާޅުވި
އާމިނަތު ނުޒުހާ | nuzu8121

| 10 ޖެނުއަރީ 2019 | ބުރާސްފަތި 19:51 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ރައީސް ނަޝީދު ށ. މާއުނގޫދޫގައި -- ރާއްޖެއެމްވީ

ޖަޒީރާ ގައުމެއްގެ ވިސްނުން އެމްޑިޕީއަށް ހޯދިއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ފުނަދޫ ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އައްބާސް އަލީގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ށ. މާއުނގޫދޫގައި ބުރާސްފަތި ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޖަޒީރާ ކޮންމެ ރަށެއް ވެސް އޮންނަނީ ވެލިގަނޑަކުން ވަށާލެވިފައި ކަމަށާއި، އެ ތަބީއަތާއި ފިތުރަތުގެ އުސޫލާ ޚިލާފަށް ރަށްތަށް ތަރައްގީ ނުކުރެވޭނެ ކަމަށެވެ.

"ރަށެއް އޭގެ ނިޒާމުގައި ހިނގައި ހިނގައިވަނިކޮށް ހިފަހައްޓައި އެ ގެންނަ ތަރައްގީއަކީ ތަރައްގީއެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު ބަނދަރުތައް ހަދާ ގޮތް ގޯސް ކަމަށާއި، އަދި އެމަނިކުފާނުގެ ވެރިކަމުގައި ހެދި ބަނދަރުތައް ވެސް ހެދިފައި ހުރީ މުޅިން ރަނގަޅަށް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖަޒީރާ ގައުމެއްގެ ތަރައްގީ ހޯދުމަށް ވިޔަފާރީގެ ވަސީލަތްތައް ގާއިމްކުރަން ޖެހޭ ކަމަށެވެ.

ކޮންމެ ރަށަކީ ވެސް އެރަށެއްގައިވާ ގުދުރަތީ ވަސީލަތްތަކުން ތަރައްގީ ކުރެވޭނޭ ގޮތަށް އުފެދިފައިވާ ރަށެއް ކަމަށާއި އެތަރައްގީ ގެނައުމުގައި ތަހުޒީބީ ތަރައްގީ އާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށް ޖަޒީރާ ވަންތަ ސިފަ ނުގެއްލޭނޭ ގޮތަށް މި ސަރުކަރުން ޕްރޮޖެކްޓްތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މާއުނގޫދޫގައި ވެސް ލޯކަލް ޓޫރިޒަމް ތަރައްގީކޮށްފި ނަމަ އެކަމުން އެރަށް ތަރއްގީގައި ބާރަށް ކުރިއަރާނޭ ކަމަށެވެ. އެގޮތުން ގެސްޓްހައުސް ހަދާ ގުދުރަތީ ވަސީލަތްތަކުން ނަފާ ހޯދުމުގެ ވިސްނުމެއް ގެންގުޅެފި ނަމަ ފުރިހަމަ ނަފާ ހޯދޭނޭކަމަށް ވިދާޅުވިއެވެ.

"މި ރަށުގައި 10 ގެސްޓްހައުސް ހުރެފައި 6 ދޯނި މަހަށް ފުރީމައި ކޮންމެ ގޭބިސީއަކަށް 20000 ރުފިޔާ ލިބޭނެ. މާ ރީތި ދިރިއުޅުމެއް އުޅެވޭނެ. ގެސްޓްހައުސް ވިޔަފާރި ފެށީމާ 30000 ވިކުރާއަށް  ދުވާލަކު ޖެއްސޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް އިންތިޚާބު އޭރު އެމްޑީޕީގެ ސަރުކާރަށް ނުލިބުގެ ނަތީޖާއަކީ ވެރިކަން ބީވެގެން ދިއުމެވެ. އެހެންކަމުން މިފަހަރު ވަރިކަން ދަމަހައްޓާ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މަޖިލިސް ކާމިޔާބުކޯށްދިނުމުގައި އެހީތެރިވުމަށް މާއުނގޫދޫ އާއި ފުނަދޫ ދާއިރާގެ ރައްޔިތުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގަތެވެ. އަދި ރައީސް ސާލިހު ވެވަޑައިގެންނެވި ވައުދުތައް އޭރުން ރަނުން ރަނަށް، އަކުރުން އަކުރަށް ފުއްދައިދޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް 19 ގައި ނަޒާހަތްތެރިވާނެ ކަމަށާއި، އެ މަޖިލިސް ބަލަހައްޓައިދީ ރައްޔިތުން އެދިވަޑައިގަންނަވާ މަޖިލިސް ހޯދައިދޭން މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ނަޝީދު ވަނީ ތަކުރާރުކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް