26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

މޯލްޑިވްސް ލިވިންގް އެކްސްޕޯ

މޯލްޑިވްސް ލިވިންގް އެކްސްޕޯގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފި

  • އެކްސްޕޯ އޮންނާނީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހަށް
  • އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ އެލައިޑް އިންޝުއަރެންސް ކުންފުނި
  • މިހާތަނަށް 10 ކުންފުންޏަކުން ބައިވެރިވެފައިވޭ
ސިމާހާ ނަސީމް | sim_kamana

| 10 ޖެނުއަރީ 2019 | ބުރާސްފަތި 19:09 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


އިވެންޓް އިންތިޒާމް ކުރާ ހައިރައިޒް ކުންފުނީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ހައިރައިޒް ޕްރައިވެޓް ލިމިޓަޑް

މޯލްޑިވްސް ލިވިންގް އެކްސްޕޯގެ ޕާޓްނަރުންނާ އެކު ސޮއިކޮށްފިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު ބާއްވާފައިވާއިރު އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ އެލައިޑް އިންޝުއަރެންސް ކުންފުންޏެވެ. އަދި ކޯ ސްޕޮންސަރުންނަކީ ރާއްޖޭގެ އަކުއާ ވިޓާ ރެސިޑެންސް އާއި ސްރީލަންކާގައި ތަރައްގީކުރާ ލަގްޒަރީ އެޕާޓްމެންޓް ޕްރޮޕަޓީ އަލްޓެއާއެވެ.

ހައިރައިޒް އިން އިންތިޒާމްކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ލިވިން އެކްސްޕޯއަކީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. މޯލްޑިވްސް ލިވިންގް އެކްސްޕޯ އަންނަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހަށް، ދަރުބާރުގޭގައި ބާއްވަން ނިންމާފައިވާ ކަމަށް ހައިރައިޒް ކުންފުނީގެ ފަރާތުން ބުނެފިއެވެ.

ހައިރައިޒް ކުންފުނީގެ ފަރާތުން އިތުރަށް ބުނީ މި އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ އެގްޒިބިޓަރުންނަށް ޖެނުއަރީ 15 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ގޯތިގެދޮރުގެ ވިޔަފާރި ކުރާ ކުންފުނިތަކަށް ޚާއްސަކޮށްގެން ބާއްވާ މި އެކްސްޕޯގައި މިހާތަނަށް 10 ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށް އެ ފަރާތުން ބުނެއެވެ.

މިފަހަރުގެ އެކްސްޕޯގައި ވެސް ގެދޮރުގެ ވިޔަފާރި ކުރާ ފަރާތްތަކާ ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ވަރަށް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށާއި ގެދޮރަށް ބޭނުންވާ ސާމާނުތައް ލިބެން ހުންނާނެ ތަންތަނާ، ގެދޮރު ގަތުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތާ ގެއެއް ފުރިހަމަވާނެ ހުރިހާ ގޮތެއް އެކްސްޕޯއިން ފަހިވެގެންދާނެ ކަމަށް އެ ފަރާތުން ބުނެއެވެ.

މިދިޔަ އަހަރު މޯލްޑިވްސް ލިވިންގް އެކްސްޕޯ އާޓް ގެލަރީގައި ބާއްވާފައިވާއިރު އެކްސްޕޯގައި ރާއްޖެ އާއި ރާއްޖޭ އިން ބޭރުގެ 20 އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

މި އަހަރުގެ އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމުތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް