19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ޖޫން މަހު ސީޒަން ފެށުން

ޖޫން މަހު ސީޒަން ފަށަން އެފްއޭއެމްގެ ކުރީގެ ވެރިންވެސް ބޭނުންވި: ބައްސާމް

  • މިއަހަރުގެ ފުޓުބޯޅަ ސީޒަން ފޯރިގަދަވާނެ ކަމަށް ބެލެވޭ
ލީވާން އަލީ | MrLeevaan

| 10 ޖެނުއަރީ 2019 | ބުރާސްފަތި 18:28 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ސަން

ދިވެހި ފުޓުބޯޅަ ސީޒަން ޖޫން މަހު ފަށަން އެފްއޭއެމްގެ ކުރީގެ ވެރިންވެސް ބޭނުންވި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ޓީވީއެމްގެ ދިވެހި ފުޓުބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ، ޖޫން މަހު ސީޒަން ފަށަން ނިންމި ނިންމުމަކީ މި ދައުރުގައި ފެށުނު ކަމެއް ނޫން ކަމަށާއި، އެފްއޭއެމްގެ ކުރީގެ ވެރިންވެސް އެކަން އެގޮތަށް ކުރުމަށް މީގެ ކުރިން ނިންމާފައިވާ ކަމަށެވެ. އެގޮތުން ބައްސާމް ވިދާޅުވީ، ޖޫން މަހު ސީޒަން ފަށަން މީގެކުރިންވެސް މަޝްވަރާ ކުރެވުނު ކަމަށާއި، އެކަން އެގޮތަށް ނުކުރެވި އޮތީ ގޮތެއް ނުނިމިގެން ކަމަށެވެ. އަދި ބައްސާމް ވިދާޅުވީ، ޖޫން މަހު ސީޒަން ފަށަން ނިންމި ނިންމުމާއެކު، ފުޓުބޯޅަ ސީޒަން ވަރަށް ފޯރިގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މީގެއިތުރުން ބައްސާމް ވިދާޅުވީ، ރާއްޖޭގެ ކުލަބުތަކަށް މި އަހަރުގެ އޭއެފްސީ ކަޕުން ފުރުސަތު ގެއްލުމަކީ ޖޫން މަހު ސީޒަން ފަށަން ވާންޖެހޭ އެންމެހާ ތައްޔާރީތައްވުމަށްފަހު ސީޒަން ފަށަން ލިބިގެންދާ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.

ބައްސާމް ވިދާޅުވީ ކުޅުންތެރިންގެ ކޮންޓްރެކްޓްތައް ވަކިގޮތަކަށް ފައްތައި، ކޯޗުން ތަމްރީނު ކުރެވި އަދި ބޭނުންވާ އެނޫން ވެސް ކަންކަން ސީޒަން ފެށުމުގެ ކުރިން ފުރިހަމަކުރާނެ ކަމަށެވެ.

މިހާރު ނޫހަށް ދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ، ޖޫން މަހު ސީޒަން ފެށުމަށް ނިންމީ ކްލަބްތައް އެކަމަށް ބޭނުންވާތީ ކަމަށާއި، އެކަމަށް ދިވެހި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ މެޖޯރިޓީ ތާއީދު ލިބުނު ކަމަށެވެ.

ޖަވާޒް މިހެން ވިދާޅުވެފައިވާއިރު، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޫން މަހު ސީޒަން ފެށުމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ފިޔަވާ ފުރަތަމަ ޑިވިޝަންގެ ހުރިހާ ކްލަބަކުން ވަނީ ތާއީދުކޮށްފައެވެ.

އެފްއޭއެމުން އިއުލާންކޮށްފައިވާ ގޮތުން މިއަހަރު ސީޒަން ފަށާނީ ޗެރިޓީ ޝިލްޑް މެޗުންނެވެ. އެގޮތުން މިއަހަރު ޗެރިޓީ ޝިލްޑް މެޗު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކޮށް، އެ މެޗުގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ.ތިމަރަފުށި އަދި ލީގު ޗެމްޕިއަން ޓީސީ ކަމަށް އެފްއޭއެމުން ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް