26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

އިވާން ޕެރިސިޗް

ޕެރިސިޗް ހޯދުމަށް ޔުނައިޓެޑުން މަސައްކަތް ކުރަނީ

  • ޕެރިސިޗްގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު
ލީވާން އަލީ | MrLeevaan

| 10 ޖެނުއަރީ 2019 | ބުރާސްފަތި 16:59 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


އިންޓައަށް ކުޅެމުން އަންނަ އިވާން ޕެރިސިޗް -- ގެޓީ އިމޭޖާސް

އިންޓަ މިލާނަށް ކުޅެމުން އަންނަ ކްރޮއޭޝިއާގެ ވިންގާ އިވާން ޕެރިސިޗް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޖެނުއަރީ ޓްރާންސްފާ ނިމުމުގެ ކުރިން ޕެރިސިޗް ގެނައުމަށް ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަމަށް ކުރަންޖެހޭ އެންމެ ފަހުގެ ކަންތައް ޔުނައިޓެޑުން އަންނަނީ ކުރަމުންނެވެ.

އުމުރުން 29 އަހަރުގެ ޕެރިސިޗް ވިއްކާލުމަށް ފުރަތަމަ އިންޓައިން ކަނޑައަޅާފައިވަނީ 50 މިލިއަން ޕައުންޑު ކަމަށް ވިޔަސް، މިހާރު އެ އަގު 30 މިލިއަން ޕައުންޑަށް ކުޑަކޮށްފައިވާ ކަމަށް މިރާއާ ހަވާލާދީ ޓުޓޯ ސްޕޯޓްއިން ވަނީ ބުނެފައެވެ.

ޕެރިސިޗް ވަނީ 2017 ވަނަ އަހަރު އިންޓައާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ފަސް އަހަރަށް އިތުރުކޮށްފައެވެ. އެގޮތުން އޭނާ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރެވެ.

ބްރޫޝިއާ ޑޯޓްމަންޑް އާއި ވުލްފްސްބާގަށްވެސް ކުޅެފައިވާ ޕެރިސިޗް އިންޓައަށް ބަދަލުވީ 2015 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 140 މެޗުގައި 34 ލަނޑު ކާމިޔާބުކޮށްފައެވެ.

ޑޯޓްމަންޑާއެކު ބުންޑަސް ލީގާ އަދި ޖަރުމަން ކަޕް ކާމިޔާބުކޮށްފައިވާ ޕެރިސިޗް ވަނީ ވުލްސްބާގާއެކު ޖަރުމަން ކަޕް އަދި ޖަރުމަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ކްރޮއޭޝިއާ ގައުމީ ޓީމާއެކު މިދިޔަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ހޯދާފައިވާ ޕެރިސިޗް ވަނީ ގައުމީ ޓީމަށް ކުޅުނު 74 މެޗުގައި 22 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް