12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

އެންޓިބަޔޮޓިކްސްގެ ގެއްލުން

މާބަނޑު މީހުން އެންޓިބަޔޮޓިކް ބޭނުން ކުރާނަމަ ދަރިފުޅުގެ ސިއްހަތު ގޯސްވެދާނެ

  • ވިހެއުމުގެ ކުރިން އެންޓިބަޔޮޓިކް ބޭސް ދިނުމަކީ އާއްމުކޮށް ކުރާ ކަމެއް
  • މައިމީހާ އެންޓިބަޔޮޓިކްސް ބޭނުން ކުރުމުން ދަރިފުޅަށް ފުއްޕާމޭގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑު
ރާއްޖެ އެމްވީ | raajje.mv

| 13 ފެބުރުވަރީ 2017 | ހޯމަ 05:59 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


މައިމީހާ ބޭނުންކުރާ އެންޓިބަޔޮޓިކްގެ ނޭދެވޭ އަސަރު ދަރިފުޅުގެ ސިއްހަތައް ކޮށްފާނެ -- ގޫގުލް

މާބަނޑު މީހުން އެންޓިބަޔޮޓިކް ބޭސް ބޭނުން ކުރާ ނަމަ ދަރިފުޅުގެ ދިފާއީ ނިޒާމް ނިކަމެތި ވުމާއި ފުއްޕާމޭގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ހާމަ ކޮށްފިއެވެ.

ލެބޯޓްރީ ގައި ކުރެވުނު ދިރާސާއެއްގައި ވިހެއުމުގެ ކުރިން މާ ބަނޑު މީދަލަށް އެންޓިބަޔޮޓިކް ދިނުމުން އުފަންވާ ދަރީގެ ފުއްޕާމޭގެ ދިފާއު ވަރުގަދަކޮށްދޭ ސެލްތައް އުފެދުމަށް ހުރަސް އަޅާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

އިންސާނުން ބޭނުން ކޮށްގެން ކުރެވުނު އެހެން ދިރާސާއެއްގައި ހާމަ ވެފައިވާ ގޮތުގައި، މައިމީހާ އެންޓިބަޔޮޓިކް ބޭނުން ކުރުމުން ތުއްތު ކުއްޖާގެ ބަނޑުގައި ހުންނަ ފައިދާ ހުރި އަދި ގެއްލުންދޭ ބެކްޓީރިއާ ނެތިގެން ދެއެވެ. އޭގެ ސަބަބުން ދަރިފުޅުގެ ދިފާއީ ނިޒާމް އުފެދުމަށް ހުރަސް އެޅެއެވެ.

ސިޒޭރިއަން ހަދާ މާބަނޑު މީހުންނަށް އެންޓިބަޔޮޓިކް ދިނުމަކީ ހޮސްޕިޓަލު ތަކުގައި އާއްމުކޮށް ކުރާ ކަމެކެވެ. އޭގެ ބޭނުމަކީ ފާރުގަނޑުގައި ޖަރާސީމު އަށަގަތަ ނުދިނުމެވެ. އަދި އާއްމު ވިހެއެމުގައިވެސް ނުރައްކާތެރި ބެކްޓީރިއާގެ ބާވަތެއް ކަމުގައިވާ ސްޓްރެޕްޓޮކޮކަސް އިން ރައްކާތެރި ކުރުމަށްވެސް އެންޓިބަޔޮޓިކްސް ދެއެވެ.

ޖާނަލް އޮފް ޓްރާންސްލޭޝަނަލް މެޑިސިންގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައި ބުނާ ގޮތުގައި އަލަށް އުފަންވާ ކުދިންގެ ދިފާއީ ނިޒާމު އުފެދެނީ އުމުރުގެ ފުރަތަމަ އަހަރެއްހާ ދުވަހުގެ ތެރޭގައެވެ. އެހެން ކަމުން ދިފާއީ ނިޒާމު އުފެދުމަށް ފަށައިގަންނަ ދަނޑިވަޅު އެކަމަށް އެއްވެސް ހުރަހެއް ކުރިމަތި ވެއްޖެނަމަ އެކަމުގެ އަސަރު އެއީ ދާއިމީ ކަމަކަށްވެސް ވެގެން ހިނގައިދާނެ ކަމަށް ޑޮކްޓަރުން ދެކެއެވެ. އެހެން ކަމުން ވިހެއުމުގެ ކުރިން މައިމީހާއަށް ދޭ އެންޓިބަޔޮޓިކްގެ ނޭދެވޭ އަސަރު އުފަންވާ ކުއްޖާއަށް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މި ދިރިސާގައި ބައިވެރިވި ޑޮކްޓަރުން ދެކެވެ.

އިނގިރޭސި ވިލާތް ފަދަ ތަރައްގީ ވެފައިވާ ބައެއް ގައުމުތަކުގައިވެސް ސިޒޭރިއަން ހެދުމުގެ ކުރިން މާބަނޑު މީހާއަށް އެންޓިބަޔޮޓިކް ދިނުމާއި އަލަށް އުފަންވާ ކުދިންނަށް ކުރިމަތިވާ ސިއްހީ އެންމެ ބޮޑު ނުރައްކަލަކީ ބަލި ޖައްސާ ޒާތުގެ ބެކްޓީރިއާގެ މައްސަލަ ކަމަށް ޑޮކްޓަރުން ފާހަގަ ކުރެވިފައި ވުމާއެކު އުފަންވާ ކުދިންނަށް އެންޓިބަޔޮޓިކް ފަރުވާ ދިނުމަކީ ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް އެންޓިބޮޔޮޓިކް ދިނުމުން ހަމައެކަނި ނެތިގެންދަނީ ހަށިގަނޑަށް ގެއްލުންދޭ ބެކްޓީރިއާ ނޫން ކަމާއި ހަށިގަނޑަށް ފައިދާ ހުރި ބެކްޓީރިއާވެސް މީގެ ތެރޭގައި ނެތިގެންދާ ކަން ހާމަވެފައި ވުމާއެކު، ތުއްތު ކުއްޖާގެ ދިފާއީ ނިޒާމު ބަލި ކަށިވުމާއި އެންޓިބަޔޮޓިކްސް އާ ގުޅުންވާކަން ދިރާސާއިން ހާމަވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް