19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

މައުރޯ އިކާޑީ

ރެއާލުން އިކާޑީ ހޯދުމާ ގާތަށް!

  • އިކާޑީގެ އެއްބަސްވުން ހަމަވާނީ 2021 ގައި
ލީވާން އަލީ | MrLeevaan

| 10 ޖެނުއަރީ 2019 | ބުރާސްފަތި 15:08 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


އިންޓައަށް ކުޅެމުން އަންނަ އިކާޑީ -- ގެޓީ އިމޭޖާސް

ރެއާލް މެޑްރިޑުން އިންޓަ މިލާނަށް ކުޅެމުން އަންނަ މައުރޯ އިކާޑީ ހޯދުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑޮން ބަލޮންއިން ބުނީ، އިކާޑީ ހޯދުމަށް ރެއާލުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭނާ ރެއާލްއަށް ބަދަލުވާނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

އިކާޑީގެ އެއްބަސްވުން 2021 ވަނަ އަހަރު ހަމަވާއިރު، އޭނާގެ ރިލީޒް ފީ އަކަށް އިންޓަ އިން ކަނޑައަޅާފައިވަނީ 110 މިލިއަން ޔޫރޯއެވެ.

އިކާޑީގެ ޓްރާންސްފާއާ ގުޅިގެން މީޑިއާތަކުގައި ތަފާތު ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައި ދާދި ފަހުން އޭނާގެ އެޖެންޓް އަދި އަނބިމިހާ ކުރި ޓުވީޓެއްގައި ބުނީ، އިކާޑީގެ އެއްބަސްވުމުގެ ގަނޑުތައް ކިޔާފައިވާ ކަމަށެވެ. އަދި އިޓަލީ ބަހުން ކޮށްފައިވާ މި ޓުވީޓުގައި އޭނާ ވަނީ އިކާޑީ ޓެގު ވެސް ކޮށްފައެވެ.

އިންޓަގެ އެއްބަސްވުން އިކާޑީ އާކުރާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށް މިދިޔަ އަހަރު ކުރީކޮޅު ނާރާ ވަނީ ބުނެފައެވެ. އޭރު އޭނާ ބުނީ، އިކާޑީ ބޭނުން ވަނީ ދުނިޔޭގެ އެންމެ މޮޅު ކްލަބްތަކުގެ ތެރޭގައި އިންޓަ ހިމެނުން ކަމަށެވެ.

ސަމްޕްޑޯރިއާއިން ސީނިއާ ކެރިޔަރު ފެށި އިކާޑީ އިންޓައާ ގުޅުނީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ މިހާތަނަށް އިންޓައަށް ކުޅުނު 204 މެޗުގައި 120 ލަނޑު ކާމިޔާބުކޮށްފައެވެ.
އުމުރުން 25 އަހަރުގެ އިކާޑީ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް މިހާތަނަށް 8 މެޗު ކުޅެފައެވެ. އޭނާ ވަނީ އިޓާލިއަން ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު އެއްފަހަރު ހޯދާފައެވެ.

އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ، އިކާޑީ ވަނީ ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް އިޓަލީ ލީގުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް