19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ފްރެންޗް ކަޕް

ފްރެންޗް ކަޕް: ހައިރަންކުރެވިނި ގޮތަކަށް ޕީއެސްޖީ ކަޓުވާލާ ގުއިންގޭމްޕް ސެމީއަށް

  • ޕީއެސްޖީގެ މައްޗަށް ގުއިގޭމްޕް ކުރިހޯދީ 1-2 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 10 ޖެނުއަރީ 2019 | ބުރާސްފަތި 14:01 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


ގުއިގޭމްޕްގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ -- ޓްވިޓަރ

ފްރެންޗް ކަޕްގައި ހައިރާންކުރެވިނި ގޮތަކަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކަޓުވާލުމަށް ފަހު ގުއިންގޭމްޕް ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ގުއިންގޭމްޕްއާ ވާދަކޮށް ޕީއެސްޖީން މެޗު ކާމިޔާބުކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

ޕީއެސްޖީ ދަނޑުގައި ކުޅުނު މި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން ގުއިންގޭމްޕްގެ ހާފަށް ބާރުބޮޑުކޮށް އެޓީމުން ވަނީ ގިނަ ހަމަލާތައް ފޮނުވާލާފައެވެ.

މި ހާފްގައި ގުއިންގެމްޕްގެ ފަރާތުން ވެސް ހަމަލާތަކެއް ފެނިގެން ގޮސްފައިވެއެވެ. އެގޮތުން ލަނޑު ޖެހުމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ ދެޓީމުންކުރެ ޓީމަކަށްވެސް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެހެން ނަމަވެސް ދެވަނަ ހާފް ފެށިގެން ޕީއެސްޖީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 63 ވަނަ މިނެތުގައި ކާމިޔާބުކުރީ ނެމާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ މުނިއާ ނަގައިދިން ހުރަހެއް ބޮލުން ކުރިޔަށް ފޮނުވާލައިގެންނެވެ.

ގުއިންގޭމްޕުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 83 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ޔެނީ އެންގޮބަކޯޓޯއެވެ. އަދި އިތުރުވަގުތުގެ ތެރޭގައި އެޓީމުން ވަނީ ލިބުނު ޕެނަލްޓީއަކުން ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ ފްރާންސްގެ ގައުމީ ޓީމްގެ ކުރީގެ ތަރި ލިލިއަން ތުރާމްގެ ދަރިފުޅު މާކަސް ތުރާމް އެވެ.

މި ނަތީޖާ އާއެކު ޑޮމެސްޓިކް ކަޕް މުބާރާތެއްގައި ބަލިނުވެ ޕީއެސްޖީން ދަމަހައްޓަމުން އައި ރެކޯޑް ވަނީ ނިމުމަކަށް އައިސްފައެވެ. މި މެޗާ ހަމަޔަށް އައި އިރު، ޑޮމެސްޓިކް ކަޕް މުބާރާތްތަކުގައި ބަލި ނުވެ ޕީއެސްޖީން ކުޅުނު މެޗުތަކުގެ އަދަދު އޮތީ 49 އަށް އަރާފައެވެ.

މީގެ އިތުރުން މިއީ ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ފްރެންޗް ލީގް ކަޕްގެ މެޗަކުން ވެސް ޕީއެސްޖީ ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ޑޮމެސްޓިކް ކަޕް މެޗަކުން ބަލިވެފައިވަނީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް