26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

ކޮޕާޑެލްރޭ

ކޮޕާޑެލްރޭ: ލެގަނޭޒް ބަލިކޮށް ރެއާލުން ކުއާޓާގެ އުންމީދު އާކޮށްފި

  • ލެގަނޭޒްގެ މައްޗަށް ރެއާލް ކުރިހޯދީ 0-3 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 10 ޖެނުއަރީ 2019 | ބުރާސްފަތި 11:38 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


ރެއާލްގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ޓްވިޓަރ

ކޮޕާޑެލްރޭގައި ލެގަނޭޒް ބަލިކޮށް ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލްގެ އުންމީދު އާކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ލެގަނޭޒްއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 0-3 ގެ ނަތީޖާއަކުންނެވެ.

ރެއާލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތައްވެސް އެޓީމުން ވަނީ ތަނަވަސްކޮށްފައެވެ.

މި ހާފްގައި ލެގަނޭޒްގެ ފަރާތުންވެސް ހަމަލާތަކެއް ފެނިފައިވާއިރު، އެ ހަމަލާތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި އެޓީމަށް ހިފޭ ގޮތެއް ނުވެއެވެ.

ރެއާލުން މެޗުގެ ލީޑު ނެގީ 44 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ސާޖިއޯ ރާމޮސް ކާމިޔާބުކުރި ލަނޑެކެވެ. މިއީ އޭނާގެ ކެރިޔަރުގައި ކްލަބް އަދި ގައުމީ ޓީމަށް ކާމިޔާބުކުރި 100 ވަނަ ލަނޑެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއަކުން ލެގަނޭޒްގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރެއާލުން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ވަނީ ލިބި ބޭކާރުވެފައެވެ.

ރެއާލުން ލީޑު ފުޅާކުރީ 68 ވަނަ މިނެޓުގައެވެ. މި ލަނޑު ވިންސިއަސް ޖޫނިއާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލޫކަސް ވަޒްކުއޭޒްއެވެ. އޭގެ ނުވަ މިނެޓު ފަހުން ވިންސިއަސް ވަނީ ރެއާލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ރެއާލް އާއި ލެގަނޭޒް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު ލެގަނޭޒް ދަނޑުގައެވެ.

މި މުބާރާތުގައި އެޓްލެޓިކޯ މެޑްރިޑް އަދި ޖިރޯނާ ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް