23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ލީގް ކަޕް

ލީގް ކަޕް: ބާޓަން ކޮޅަށް ނުވަ ލަނޑު ޖަހާ ސިޓީން ސެމީއާ ގާތަށް

  • ބްރައިޓަންގެ މައްޗަށް ސިޓީން ކުރިހޯދީ 0-9 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 10 ޖެނުއަރީ 2019 | ބުރާސްފަތި 11:22 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ


ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ޓްވިޓަރ

އިނގިރޭސި ލީގް ކަޕްގައި ބާޓަން އަލްބިއޮން ބަލިކޮށް މެންޗެސްޓާ ސިޓީން ސެމީފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މި މެޗު ބާޓަންއާ ވާދަކޮށް ސިޓީން މެޗު ކާމިޔާބުކުރީ 0-9 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފަސްވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެވިން ޑިބްރޭނާއެވެ. މި ލަނޑަށްފަހުވެސް ސިޓީން ދިޔައީ ލަނޑު ޖެހުމަށް ފުލުފުލުގައި ފުރުސަތު ހޯދާމުންނެވެ.

އެގޮތުން 30 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ސިޓީއަށް ލީޑު ފުޅާކޮށްދިން އިރު، އޭގެ ހަތަރު މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ސިޓީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ސިޓީގެ ހަތަރުވަނަ ލަނޑު 37 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޒިންޗެންކޯއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-4 ގެ ނަތީޖާއަކުން ބާޓަންގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ސިޓީން ވަނީ ފަސްވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބުކޮށް، ގެބްރިއަލް ޖީސަސް ވަނީ ހެޓްރިކް ހަދާފައެވެ. ހަވަނަ ލަނޑު 62 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފޮޑެންއެވެ.

ސިޓީގެ ހަތްވަނަ ލަނޑު 65 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ކާމިޔާބުކުރިއިރު، މިއީ އޭނާ މެޗުގައި ޖެހި ހަތަރުވަނަ ލަނޑެވެ. އޭނާ ވަނީ އެންމެ ފަހުން ސިޓީއަށް ކުޅުނު ހަތް މެޗުގައި 11 ލަނޑު ކާމިޔާބުކޮށްފައެވެ.

ސިޓީގެ 8 ވަނަ ލަނޑު 70 ވަނަ މިނެޓުގައި ވޯކާ ކާމިޔާބުކުރިއިރު، 83 ވަނަ މިނެޓުގައި ނުވަ ވަނަ ލަނޑު ކާމިޔާބުކުރީ ރިޔާދް މަހުރޭޒްއެވެ.

ބާޓަން އާއި ސިޓީ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ބާޓަން ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް