19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ސޫދާން

މުޒާހަރާ ކުރިޔަސް މަގާމު ދޫކޮށް ނުލާނަން:ސޫދާންގެ ރައީސް

  • އަލްބަޝީރުވަނީ ވޯޓު ފޮށިން އޭނާ ބަލިކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކަށް ގޮންޖައްސަވާފަ
އަބުދުﷲ މުހައްމަދު | 8Abbo

| 9 ޖެނުއަރީ 2019 | ބުދަ 23:54 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


އުމަރު އަލް ބަޝީރު -- ރޮއިޓަރސް

މަގާމުން ދުރަށް ވަޑައިނުގަންނަވާނެކަމަށް ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު ސަޕޯޓަރުންނަށް ވައުދުވެވަޑައިގެންފިއެވެ.

އުމަރު އަލް ބަޝީރު މަގާމުން ދުރަށް ވަޑައިގަތުމަށް ގޮވާލައި ބޮޑު އެއްވުމެއް ކުރިއަށް ދިޔައިރު، އެ މަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން ބޭއްވި އެއްވުމެއްގައި ވިދާޅުވީ މަގާމުން ދުރަށް ވަޑައިނުގަންނަވާނެ ކަމަށެވެ. 

ސަރުކާރާ ދެކޮޅަށް މިދިޔަ މަހު ފެށި ވަރުގަދަ މުޒާހަރާތަކާއެެކު ގޮންޖެހުންތައް ކުރިމަތިވެފައިވާ އުމަރު އަލް ބަޝީރަށް ތާއީދުކޮށް ސޫދާނުގެ ވެރިރަށުގެ މަގުތަކަށް ބުދަ ދުވަހު ވަނީ އެތައްހާސް ބަޔަކު އެއްވެފައެެވެ.

1989 ވަނަ އަހަރު ގެނައި ބަޣާވާތަކުން ވެރިކަމަށް ވަޑައިގެން ހުންނެވި އުމަރު އަލް ބަޝީރަށް ތާއީދުކޮށް އެއްވުން ބާއްވާފައި މިވަނީ ވާދަވެރި ފަރާތްތަކުން އޮމްޑަރމަންގައި ބަޝީރާ ދެކޮޅަށް އިތުރު މުޒާހަރާތަކެއް ފަށާފައިވަނިކޮށެވެ.

އޭއެފްޕީގެ މުރާސިލު ބުނެފައިވާ ގޮތުގައި ބަޝީރަށް ތާއީދުކޮށް ޚަރްތޫމްގެ ގްރީން ޔާޑުގައި ބޭއްވި އެއްވުން ކުރިޔަށްދިޔައިރު އެތައް ސަތޭކަ ރަޔަޓް ފުލުހުންނާއި، ސިފައިންނާއި، ސެކިއުރިޓީ އެޖެންޓުން ސަލާމަތީ ކަންކަންބަލަހައްޓަމުން ގެންދިޔަވެ. އޭގެ ތެެރެއިން ބައެއް މީހުންނަށް މެޝިން ބަޑި ހިފައިގެންތިބި ކަމަށްވެސް ބުނެފައިވެއެވެ.

ކާކީ ގަމީހާއި ފަޓްލޫނެއް ތުރުކުރައްވައިގެން ހިނިތުންވެފައި ހުންނެވި ބަޝީރު ވަނީ އަތް ޕުޅުގައި އޮތް ދަނޑިބުރިން ހަނާއަޅުއްވައި އެއްވެފައި ތިބި މީހުންނަށް ސަލާމް ކުރައްވާފައެވެ. އެކި ސަރަހައްދުތަކުން ބަސްދަތުރުކޮށް އެއްވުމަށް ގޮސްތިބި މީހުންވަނީ ދިދަވިހުރުވައި ކަށިގަޑުފުމެފައެވެ.

އުމަރު އަލްބަޝީރުވަނީ ވޯޓު ފޮށިން އޭނާ ބަލިކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކަށް ގޮންޖައްސަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އެހެންމީހަކުވެސް

1 ހަފްތާކުރިން

ތިހެން ބުނި އެހެންމީހަކުވެސް

0
0