26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

އެމެރިކާގެ ސަރުކާރު ހުއްޓުން

ބޯޑަރު ފާރުގެ މައްސަލައިގައި ޓްރަމްޕް ގޮތް ދޫނުކުރެއްވި!

  • ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮންނަތާ 19 ދުވަސް
އަބުދުﷲ މުހައްމަދު | 8Abbo

| 9 ޖެނުއަރީ 2019 | ބުދަ 23:53 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


ބޯޑަރު ފާރު އެޅުމަށް ބަޖެޓުގައި 5 ބިލިއަން ޑޮލަރު ހިމަނާފައިވޭ -- ރޮއިޓަރސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވާ ގޮތަށް މެކްސިކޯ އާއި އެމެރިކާގެ ސަރަހައްދީ އިމުގައި ގާއިމުކުރާ ފާރުގެ ހަރަދު ހިމަނައިގެން ބަޖެޓު ފާސްކުރެވެންދެން ގޮތުގައި, ގޮތްދޫނުކުރައްވައި ހުންނަވާާނެ ކަމަށް ނައިބު ރައީސް މައިކް ޕެންސް ބުދަދުވަހު ވިދާޅުވެއްޖެއެވެ.

ބޯޑަރު ފާރު އެޅުމަށް ބަޖެޓުގައި 5 ބިލިއަން ޑޮލަރު ހިމަނައިގެން ފާސްކުރުމަށް ރައީސް ޓްރަމްޕް ބޭނުންފުޅުވާއިރު ޑިމޮކްރޭޓުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. ބަޖެޓް ފާސްނުވެ ސަރުކާރު ހުއްޓުމަކަށް އައިސްފައި އޮންނަތާ 19 ދުވަސްވެފައި ވާއިރު ރައީސް ޓްރަމްޕް ދެކެވަޑައިގަންނަވަނީ އެ ފާރު ރޭނުމަކީ ގައުމުގެ ސަލާމަތަށްޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"ރައީސް ޓްރަމްޕް އާއި އަޅުގަނޑާއި އަދި މުޅި ޓީމް ސާބިތުކަމާއެކު އަޒުމުގައި މި ތިބީ ކޮންގްރެސްގައި ހިމެނޭ ޑިމޮކްރޭޓުން މޭޒު ދޮށަށް ގެނެސް އަޅުގަނޑުމެންނާއެކު މަސައްކަތްކޮށް ސަރައްހައްދީ ރޮނގު ސަލާމަތްކޮށް، ފާރު ރާނައި މި އިންސާނީ ކާރިސާ ނިމުމަކަށް ގެނެސް އަދި އެމެރިކާގެ ރައްޔިތުންނަށް ރަނގަޅުވާނެ ގޮތް ހެދުމަށް" ރޭޑިއޯ ހޮސްޓް ރަޝް ލިމްބަރގްއަށް ދެއްވި އިންޓަވިއުގައި ޕެންސް ވިދާޅުވިއެވެ.

އެމެރިކާ ސަރުކާރު ހުއްޓުވާލެވިފައި އޮތުމުގެ ސަބަބުން 800،000 މުވައްޒިފުންނަށް މިކަމުގެ އަސަރުކޮށްފައިވާ އިރު، ޑިސެމްބަރު 21ގެ ފަހުން އެ މީހުން މަސައްކަތް ކުރަން ޖެހިފައި ވަނީ މުސާރަ ނުލިބިއެވެ.

ވާހަކަ ދައްކައިގެން މައްސަލައަށް ހައްލެއް ނުލިބިއްޖެ ނަމަ، ގައުމުގައި ކުއްލި ހާލަތު އިއުލާން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފުރަތަމަ މަސައްކަތް ކުރައްވާނީ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރެއްވުމަށް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ސަރުކާރު ހުއްޓުމާ ގުޅިގެން މުސާރަ ނުލިބިފައި ތިބި މުވައްޒިފުން ވެސް، ބޭނުންވާނީ ފާރުގެ ބަޖެޓު ހޯދަން ކުރަމުންދާ މަސައްކަތުގައި ދެމިހުންނަވަން ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޑިމޮކްރެޓުން ބުނެފައި ވަނީ ބޯޑަރުގެ ސަލާމަތީ ކަންކަމަށް މިހާރު ވެސް 1.3 ބިލިއަން ޑޮލަރު ހަމަޖައްސާފައި ވާނެ ކަމަށާއި، އިތުރަށް މި މައްސަލައިގައި ވާހަކަދެއްކޭނީ އަލުން ސަރުކާރު ހުޅުވުމުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް