19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ބޮލީވުޑް

ޖާންވީގެ ހެދުންތައް އެޕްރޫވް ކުރަނީ ބައްޕަ

  • ވަޓްސްއެޕް ގްރޫޕްގައި ހެދުންތަކުގެ ފޮޓޯތައް ޖާންވީ ހިއްސާކުރޭ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 9 ޖެނުއަރީ 2019 | ބުދަ 22:30 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


ބޮނޭ ކަޕޫރުގެ އާއިލާ -- އިންޑިއާ ޓައިމްސް

މިދިޔަ އަހަރު ރިލީޒް ކުރި ކާމިޔާބު ފިލްމް "ދަޅަކް" އިން ބޮލީވުޑަށް ތަޢާރަފްވި ޖާންވީ ކަޕޫރު ލާ ހެދުންތައް އެޕްރޫވް ކުރަނީ އޭނާގެ ބައްޕަ ކަމަށް ޖާންވީ ބުނެފިއެވެ.

ޖާންވީ އެކި އެކި ހަފްލާ ތަކުގައި ބޭނުންކުރާ ހެދުންތަކާ ބޭރަށް ދާއިރު ލާފައި ހުންނަ ހެދުންތަކަށް ވަނީ ސޯޝަލް މީޑީއާގައި އާއި ނޫސްތަކުގެ ހެޑްލައިން ތަކުން ޖާގަ ހޯދާފައެވެ.

 ޑީއެންއޭގައި ރިޕޯޓް ކޮށްފައިވާ ގޮތުން ޖާންވީ އޭނާގެ ހެދުންތައްލުމުގެ ކުރިން އޭނާގެ ބައްޕަގެ އެޕްރޫވަލް ހޯދައެވެ.

"އަހަރުމެންގެ ވަޓްސްއެޕް ގްރޫފެއް އިނދޭ. އެ ގްރޫޕްގައި އަހަރެންނާއި، ހުޝީ، އަރުޖުން، އަންޝުލާ އަދި ބައްޕަ އިންނާނެ. އަހަރެން ހެދުމާ އެކު ނަގާ ހުރިހާ ފޮޓޯއެއް އެ ގްރޫޕްގައި ހިއްސާކުރަން. އަދި ބައްޕަގެ އެޕްރޫވް ކުރަނީސް އަހަރެންނަށް އެހާ އެހެދުންތައް ލާން އޭހާ ކޮންފިޓެއް ނޫން," ޖާންވީ ވަނީ ބުނެފައެވެ.

ޖާންވީ އާއި އަރުޖުން ވަނީ ފުރަތަމަ ފަހަރަށް އެކުގައި "ކޮފީ ވިތު ކަރަން" ޝޯގައި ބައިވެރި ވެފައެވެ. އަދި އެ ޝޯގައި ވެސް އެ ދެ މީހުން ވަނީ ވަޓްސްއެޕް ގްރޫޕާ ބެހޭ ގޮތުން ވާހަކަ ދައްކާފައެވެ.

ޖާންވީ އާއި އޭނާގެ އެއްބަފާ ދައްތަ އަންޝުލާ އާއި ދެމެދުގައި ވެސް ވަރަށް ގާތް ގުޅުމެއް ވަނީ އުފެދިފައެވެ. ޖާނަވީ ވަނީ ދާދިފަހުން އަންޝުލާގެ އުފަންދުވަހު އާއިލާ އެކުގައި ތައިލެންޑަށް ޗުއްޓީ ހޭދަ ކުރުމަށް ގޮސް ނަގާފައިވާ ފޮޓޯތަކެއް ހިއްސާކޮށް އުފަން ދުވަހުގެ ތަހުނިޔާ ކިޔާފައެވެ. މި އާއިލާ އެކުގައި ތައިލެންޑަށް ގޮސްފައި ވަނީ އަންޝުލާގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ.

ޖާންވީ ދެން ފެނިގެން ދާނީ ގުންޖަން ސަކްސޭނާގެ ބައޯޕިކް އިންނެވެ. މީގެ އިތުރުން ކަރަން ޖޯހަރު ޑައިރެކްޓް ކުރާ ފިލްމް "ތަޚްތް" އިންވެސް ޖާންވީ ފެނިގެން ދާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް