26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

ބޮލީވުޑް

އަބީޝެކް އާއި އައިޝްވަރިޔާ ގުލާބް ޖާމޫ އިން ވަކިވީ؟

  • ދެ މީހުން ވަކިވި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 9 ޖެނުއަރީ 2019 | ބުދަ 22:01 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


އައިޝްވަރިޔާ އާއި އަބީޝެކް ބަޗަން -- އިންޑިއާ ޓައިމްސް

ބޮލީވުޑްގެ މަޝްހޫރު އެއް ޖޯޑު ކަމަށްވާ އައިޝްވާރިޔާ ރާއީ އާއީ އަބީޝެކް ބައްޗަން އެކުގައި ކުޅެން ސޮއިކުރި ފިލްމު "ގުލާބް ޖާމޫ" އިން ދެ ތަރިން ވަކިވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ދެ ތަރިން އެ ފިލްމް ކުޅުމަށް ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. ފިލްމް ކުޅުމަށް މި ދެތަރިން ސޮއިކޮށްފައި ވަނީ ސްކްރިޕްޓަށް އެ މީހުން ބޭނުންވި ބައެއް ބަދަލުތައް ގެނައުމަށްފަހުއެވެ.

ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ފިލްމުން ދެ މީހުން ވަކިވި ނަމަވެސް އެކަމާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފިލްމާ ބެހޭ ގޮތުން ކުރިން އެ ދެ ތަރިން ވެސް ބުނެފައި ވަނީ "ގުލާބް ޖާމޫ"ގެ ސްކްރިޕްޓަކީ ވަރަށް ރީތި ސްކްރިޕްޓެއް ކަމަށާއި އެ ފިލްމް ވެސް ވަރަށް ރީތި ފިލްމަކަށް ވެގެންދާނެ ކަމަށެވެ.

ސަރްވޭޝް މެވާރާ ލިޔެ ޑައިރެކްޓް ކުރާ އެ ފިލްމުން އައިޝްވާރިޔާ އާއި އަބީޝެކް ވަކިވެފައިވާތީ އެކަން ވަރަށް އަވަހަށް ފިލްމުގެ ޓީމުން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ޕިންކް ވިލާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އައިޝްވާރިޔާ އާއި އަބީޝެކް އެންމެ ފަހުން އެކުގައި ކުޅެފައި ވަނީ 2010 ވަނަ އަހަރު ރިލީޒް ކުރި ފިލްމް "ރާވަން"އެވެ.

އެ ޖޯޑު އެކުގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ގުރޫ"، "އުމްރާއޯ ޖާން"، "ދޫމް "2، "ކުޗް ނާ ކަހޯ"  އަދި "ދާއި އަކްޝަރު ޕްރޭމް ކޭ" ހިމެނެއެވެ.

އައިޝްވާރިޔާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ފަނޭ ހާން"އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމީޔާބީއެއް ލިބިފައެއް ނުވެއެވެ.

އަބީޝެކްގެ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމް "މަންމަރުޒިޔާ" އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް