23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:07
މަޣްރިބް 18:04
އިޝާ 19:15

"މޯނާ ޑާރލިން"

ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަހޭޝް ބަޓް އެދެފި

  • ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ ފެބްރުއަރީ 24، 2017 ގައި
ރިޒުނާ ޒަރީރު | RiznaZareer

| 13 ފެބުރުވަރީ 2017 | ހޯމަ 02:13 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  7. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި
  8. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!


މަޝްހޫރު ޑައިރެކްޓަރ މަހޭޝް ބަޓް -- ގޫގުލް

މި ފެބްރުއަރީ މަހު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ބިރުވެރި ފިލްމު "މޯނާ ޑާރލިން" ނުބެލުމަށް މަޝްހޫރު ފިލްމު ޕްރޮޑިއުސަރ މަހޭޝް ބަޓް އެދެފި އެވެ.

އާންމު ގޮތެއްގައި އެއް ފިލްމު އަނެއް ފިލްމެއް ޕްރޮމޯޓް ކުރުމަށް ފިލްމު އިންޑަސްޓްރީގައި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަދި ފިލްމު ސްޓާރުންވެސް މަސައްކަތް ކުރަމުންދާއިރު މަހޭޝް ބަޓް މިހެން ބުނުމަކީ ފިލްމު އިންޑަސްޓްރީގައި ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

މަހޭޝް ބަޓް މޯނާ ޑާރލިން މިފިލްމު ނުބެލުމަށް ބެލުންތެރިންގެ ކިބައިން އެދިފައިވާއިރު އޭނާވެސް އަދި މިފިލްމު ބަލާފައެއް ނުވެއެވެ. އަދި މިފިލްމު ނުބެލުމަށް އެދުނީ ވަކި ކޮން ސަބަބަކާއި ހެދި ކަމަށް ހާމަކޮށްފައެއްވެސް ނުވެއެވެ. 

މޯނާ ޑާރލިންގެ އެކްޓަރ އަންޝުމަން ޖަރ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މީގެ 26 އަހަރު ކުރިން ނިކުތް މަހޭޝް ބަޓްގެ ސަޑަކް ވެސް ނުބެލުމަށް އޭނާ އަމިއްލައަށް ބެލުންތެރިންގެ ކިބައިން އެދިފައިވާ ކަމަށާއި އެފިލްމު ބަލާނީ އެކަމަށް ކެރިގެން ކަމަށް ވަނީ ބުނެފައެވެ. ސަޑަކް ވަނީ ބޮލީވުޑުގައި ހިޓް ފިލްމުގެ ލިސްޓުގައި ހިމެނިގެންގޮސްފައެވެ.

މޯނާ ޑާރލިންގެ އެކް ތަލާޝްހޭ އަކީ ބިރުވެރިކަމުން ފުރިފައިވާ ލަވައެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެއެވެ.

އަންޝުމަން އިތުރަށް ބުނެފައިވަނީ މަހޭޝް ބަޓް ފިމްލު ނުބެލުމަށް އެދުމުން ވަރަށް ހައިރާންވެ އުފާވެސްވި ކަމަށެވެ. ހައިރާންވީ މޯނާ ޑާރލިން ނުބެލުމަށް އޭނާ ބުމުން ކަމަށާއި އުފާވީ މަހޭޝް އޭނާގެ ސަޑަކް ފިލްމާއި އެއްވަރުގެ ފިލްމެއް ކަމަށް މޯނާ ޑާރލިން ހެދުމުންނެއެވެ.

މޯނާ ޑާރލިން ފިލްމު ޑައިރެކްޓްކޮށް ވާހަކަ ލިޔެފައިވަނީ ސަޝީ ސުޑިގަލާ އެވެ.

ފިލްމުގައި ލީޑް އެކްޓަރ އަދި އެކްޓްރެސްއިން ގޮތުގައި ފެނިގެންދާނީ އަންޝުމަން ޖަރ އާއި ދިވްޔާ މެނޮން، ސުޒާނާ މުކަރްޖީ އަދި ސަންޖޭ ސޫރީ އެވެ.

ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނީ ފެބްރުއަރީ 24، 2017 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް