18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ރަހަފް މުހައްމަދު

ތައިލެންޑަށް ދިޔަ ސައުދީގެ ރަހަފްއަކީ ރެފިއުޖީއެއް ކަމަށް އދ.އިން ކަނޑައަޅައިފި

  • ރަހަފް ތައިލެންޑަށް އައީ އޭނާގެ އާއިލާގެ މީހުންނަށް ފިލައިގެން
  • ގާނޫނީ ބެލެނިވެރިއާގެ ހުއްދަ ނެތި ދަތުރުކުރުމަކީ ސައުދީ ގާނޫނާ ޙިލާފުކަމެއް
އަމަން ހަލީމް | soupized

| 9 ޖެނުއަރީ 2019 | ބުދަ 18:28 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


އެއަރޕޯޓުން ދިޔުމުގެ ކުރިން ރަހަފް ތައިލެންޑް އިމިގްރޭޝަންގެ ވެރިޔާއާއި ސަލާމްކުރައްވަނީ -- އޭއެފްޕީ

އާއިލާގެ ހުއްދަ އާއި ނުލައި ތައިލެންޑަށް ދިޔަ ސައުދީގެ ރަހަފް އަލް ގުނޫންއަކީ ރެފިއުޖީއެއް ކަމަށް އދ.އިން ކަނޑައަޅައިފިއެވެ.

ރަހަފަކީ ރެފިއުޖީއެއްގެ ގޮތުގައި އޮސްޓްރޭލިއާގައި ވަޒަންވެރިވުމާ މެދު ގޮތެއް ނިންމައިވައި ދިނުމަށް އެދި އދ.އިން އެދިފައިވާ ކަމަށް އެ ގައުމުގެ ޑިޕާޓްމަންޓް އޮފް ހޯމް އެފެއަރޒްއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ރަހަފް ތައިލެންޑަށް އައީ އޭނާގެ އާއިލާގެ މީހުންނަށް ފިލައިގެން ކުވެއިތުގައި ހުރެފައެވެ. ފިލައިގެން ދާން ޖެހުނީ އާއިލާގެ މީހުންގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާ ލިބެމުން ދިޔުމާ ގުޅިގެން ކަމަށް ރަހަފް ވަނީ ބުނެފައެވެ.

ގާނޫނީ ބެލެނިވެރިއާގެ ހުއްދަ ނެތި ދަތުރުކުރި ކަމަށް ސައުދީން ރިޕޯޓްކޮށްފައި އޮތުމުން ރަހަފް އަނބުރާ ފޮނުވާލުމަށް ތައިލެންޑުގެ އޮފިޝަލުން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވުންތަކެއް ހުރި ކަމަށް ގަބޫލުކޮށް ތައިލެންޑުގެ އިމިގްރޭޝަން އޮފިޝަލުން ވަނީ އދ.ގެ އޮފިޝަލުންނަށް ރަހަފްއާ ބައްދަލުކުރުމުގެ ފުރުސަތު ދީފައެވެ.

ބެންކޮކްގެ އެއަރޕޯޓުގައި ހުއްޓާ އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލުން ރަހަފް އޮސްޓްރޭލިއާއަށް ދާން ކުރި މަސައްކަތަށް ހުރަސް އަޅައި، ޕާސްޕޯޓް އަތުލި ކަމަށް އޭނާ ވަނީ ތުހުމަތު ކޮށްފައެވެ.

ރަހަފާ ބައްދަލު ކުރުމަށް އޭނާގެ ބައްޕަ އާއި ބޭބެ ތައިލެންޑަށް ދިޔުމުން، އޭނާ ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އަދި އޭނާގެ ފޯނު އަތު ނުލީ ކީއްވެގެންތޯ ސައުދީ އޮފިޝަލަކު ސުވާލު ކުރާ ވީޑިއޯއެއް ވަނީ މީސް މީޑިއާގައި އާއްމުވެފައެވެ.

ސައުދީ އަރަބިއާގައި ފިރިހެނުންގެ ހުއްދަ ނުލިބި ބައެއް ކަންކަން ކުރުން އަންހެނުންނަށް މަނާ ކުރެވިފައިވާ އިރު، އަންހެނުންގެ ފަރާތުން ބައެއް ނިންމުންތައް ނިންމުމުގެ ބާރު ވެސް ވަނީ ފިރިހެނުންނަށް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް