19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ގުލީ ބޯއީ

ރަންވީރުގެ 'ގަލީ ބޯއީ'ގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފި

  • މިފިލްމު ރިލީޒްކުރާނީ ފެބްރުއަރީ 14ގައި
ރިޒުނާ ޒަރީރު | RiznaZareer

| 9 ޖެނުއަރީ 2019 | ބުދަ 16:33 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


ރަންވީރު ސިންގ އާއި އާލިޔާ ބަޓް -- ގޫގުލް

ކާމިޔާބު ގިނަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް ދެން އެންމެ އަވަހަށް ފެނިގެންދާ "ގަލީ ބޯއީ'ގެ ފުރަތަމަ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

ރަންވީރުގެ އެންމެ ކާމިޔާބު ފިލްމު 'ސިމްބާ' މިހާރު ވެސް ސިނަމާގައި ކުރިއަށްދާއިރު އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާ "ގަލީ ބޯއީ"ގައި ފެނިގެންދަނީ މަގުމަތީގައި ރެޕް މިއުޒިކް ކުޅޭ މީހެއްގެ ރޯލުންނެވެ. ޓްރެއިލާއަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާއިރު، ރަންވީރު ވަނީ ޓްރެއިލާގައި ފެނިގެންދާ އޭނާގެ އެކްޓިންއަށް ތައުރީފްކުރި މީހުންނަށް ޝުކުރުއަދާކޮށްފައެވެ.

ޒޯޔާ އަޚްތަރުގެ މި ފިލްމުގައި ރަންވީރާ އެކު ފެނިގެންދާނީ އާލިޔާ ބަޓެވެ. މިއީ މި ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ފެބްރުއަރީ 14، 2019 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ މިފިލްގެ ފުރަތަމަ ޕޯސްޓަރުގައި ފެނިގެންދަނީ ކޯރިއެއް އަޅައިގެން ފުރަގަހުން ނަގާފައިވާ ފޮޓޯއެކެވެ.

"ގަލީ ބޯއީ" ވަނީ 69 ވަނަ ބާރލިން އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލްގައި ޕްރިމިއަރ ކުރުމުގެ ފުރުޞަތު ވެސް ލިބިފައެވެ.

މި ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ މުމްބާއީ މަގުމަތީގައި މިއުކިޒު ކުޅުމަށް ހަރަކާތްތެރިވާ ސްޓްރީރް ރެޕާސްއިންގެ މައްޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް