23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ގޮންޒާލޯ ހިގުއެން

ހިގުއެން ޗެލްސީއަށް ބަދަލުވުމާ ގާތަށް!

  • ހިގުއެން ވަނީ ޗެލްސީއަށް ބަދަލުވާން އެއްބަސްވެފައި
ލީވާން އަލީ | MrLeevaan

| 9 ޖެނުއަރީ 2019 | ބުދަ 06:42 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ


އޭސީ މިލާނަށް ކުޅެމުން އަންނަ ގޮންޒާލޯ ހިގުއެން -- ޓްވިޓަރ

އޭސީ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑްގޮންޒާލޯ ހިގުއެން ޗެލްސީއަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މަޝްހޫރު ކުޅިވަރު ނޫހެއް ކަމަށްވާ މާސާއިން ބުނީ، ޗެލްސީން ހިގުއެން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި ޗެލްސީއަށް ބަދަލުވާން ހިގުއެންވެސް އެއްބަސްވެފައިވާ ކަމަށެވެ.

ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީ އަކީ ނަޕޯލީގައި ހިހުއެން އަށް އިރުޝާދު ދިން ކޯޗެވެ. އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ހިގުއެން ޗެލްސީއަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިގެންދާނެ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 31 އަހަރުގެ ހިގުއެން އޭސީ މިލާނަށް ބަދަލުވީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 16 މިލިއަން ޕައުންޑަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުއެވެ. އޭނާ ކްލަބުގައި ދާއިމީ ގޮތެއްގައި ބަހައްޓަން ބޭނުންވާނަމަ އޭސީ މިލާނުން އިތުރަށް 32 މިލިއަން ޕައުންޑު ހަރަދު ކުރަން ޖެހޭނެ އެވެ.

ރިވާ ޕްލޭޓުން 2004 ވަނަ އަހަރު ކެރިޔަރު ފެށި ހިގުއެން ވަނީ އެ ކްލަބަށް 41 މެޗު ކުޅެ، 15 ލަނޑު ކާމިޔާބުކޮށްފައެވެ. އެއަށްފަހު އޭނާ ބަދަލުވީ 2006 ވަނަ އަހަރުގެ ސީޒަނުގައި ރެއާލްއަށެވެ.

އޭނާ ވަނީ ރެއާލްއަށް ކުޅުނު 264 މެޗުގައި 121 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ރެއާލްއާއެކު ހިގުއެން ވަނީ ތިން ލަލީގާ، އެއް ކޮޕާޑެލްރޭ އަދި ދެ ސްޕެނިޝް ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ރެއާލް ދޫކޮށް ހިގުއެން ދެން ގުޅުނީ 2013 ވަނަ އަހަރުގެ ސީޒަނުގައި ނަޕޯލީއާ އެވެ. އޭނާ ވަނީ ނަޕޯލީއަށް ކުޅުނު 146 މެޗުގައި 91 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ކޮޕާ އިޓަލިއާ އަދި އިޓާލިއަން ސުޕާ ކަޕް ކާމިޔާބުކޮށްފައެވެ.

ހިގުއެން ވަނީ 2016 ވަނަ އަހަރުގެ ސީޒަނުގައި ޔުވަންޓަސްއަށް ބަދަލުވެ އެޓީމަށް ކުޅުނު 105 މެޗުގައި 55 ލަނޑު ކާމިޔާބުކޮށް، ދެ ލީގު ތަށި އަދި ދެ ކޮޕާ އިޓަލިއާ ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާއާއެކު 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕްގެ ދެވަނަ ހޯދި ހިގުއެން ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 75 މެޗުގައި 31 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް