19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ވިޔަފާރި

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމަށް ހާއްސަކޮށްގެން އޮސްޓްރާވާ ފިހާރަ ހުޅުވައިފި

  • މި ފިހާރައިން އެކި ދާއިތާރަކަށް ހާއްސަކޮށްގެން ހަދާފައިވާ އަންނައުނާއި ބޫޓު، އައިނު، ތޮފި އަދި ހެލްމެޓް ފަދަ ސާމާނު ލިބޭނެ
އަމަން ހަލީމް | soupized

| 8 ޖެނުއަރީ 2019 | އަންގާރަ 22:28 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


އޮސްޓްރާވާ ފިހާރަ -- ފޮޓޯ: އަމަން ހަލީމް

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސާމާނު ލިބޭ، "އޮސްޓްރާވާ" ފިހާރަ ހުޅުވައިފިއެވެ.

ފިހާރަ ހުޅުވުމުގެ ގޮތުން އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ކުންފުނީގެ އެމް.ޑީ މުހައްމަދު ރިފާއު ވިދާޅުވީ، މަސައްކަތުގެ ދާއިރާގައި އުޅޭ މުޒައްޒިފުންނަކީ އެ ދާއިރާތައް ނަގަހައްޓާ މައި ތަނބުތައް ކަމަށާއި، މަސައްކަތުގެ މާހައުލުގައި މުވައްޒިފުންގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ މަސައްކަތް ކުރުވާ ފަރާތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ގިނަ އޮކިއުޕޭޝަންތަކެއްގައި ރެއާއި ދުވާލު މަސައްކަތް ކުރާ މުހިންމު ކޮންމެ ފަރުދަކީ މަސައްކަތުގެ މާހައުލުގައި ރައްކާތެރިކަން ލިބެންޖެހޭ މީހެއް" ރިފާއު ވިދާޅުވިއެވެ.  

ފިހާރަ ހުޅުވުމުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި މިކަން ކުރުމަށް މަގުފަހި ކޮށްދިނުން ހިމެނޭ ކަމަށް ވެސް ރިފާއު ވިދާޅުވިއެވެ.

މި ހަފުލާ ޝަރަފްވެރިކޮށް ދިނުމަށް ވަޑައިގެންނެވި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ވިދާޅުވީ މާލެ ސިޓީގައި ވޭތުވެ ދިޔަ މަހެއްހާ ތެރޭގައި ވެދިޔަ ކަންތަކަށް ފަހު (ކޮންސްޓްރަކްޝަން ދާއިރާގައި ހިނގައިދިޔަ ހާދިސާތައް) ފެށިގެން މިދަނީ ވަރަށް މުހިއްމު ކަމެއް ކަމުގައި ކަމަށެވެ.

''އެނގިވަޑައިގަންނަވާނެ ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގައި، މަހެއްހާ ދުވަސް ތެރޭގައި ގިނަ ހާދިސާތަކެއް ހިނގާ ރައްޔިތުންގެ ސަމާލުކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މިކަހަލަ ކަމެއް ފެށީގެން އައުމަކީ، މި ކަހަލަ ފިހާރައެއް މިހާ ރީއްޗަށް ތައްޔާރު ކުރެވިގެން، ސޭފްޓީއަށް ވަކިން ހާއްސަކޮށް ބަލައިގެން މިގޮތަށް ހުޅުވިގެން ދިޔުމަކީ ރައްޔިތުންގެ މެދުގައި އަދި އެކިއެކި މަސައްކަތް ކުރާ ފަރާތްތަކުގެ މެފދުގައި އިތުރަށް އެކަމަށް ހޭލުންތެރިކަން ބޮޑޫވެގެން ދާނެ ކަމަށް" ޝަމާއު ވިދާޅުވިއެވެ.

މި ފިހާރައިން އެކި ދާއިތާރަކަށް ހާއްސަކޮށްގެން ހަދާފައިވާ އަންނައުނާއި ބޫޓު، އައިނު، ތޮފި އަދި ހެލްމެޓް ފަދަ ސާމާނު ލިބޭނެއެވެ. މީގެ ތެރޭގައި ބައިނަލްއަގްވާމީ މަރުކާތައް ކަމުގައިވާ ޕޯޓްވެސްޓްއާއި ގިއާސްކޯއާއި އެއާޓޮކްސް އަދި ރާއްޖެއަށް އަލަށް ތައާރަފް ކުރެވޭ ކަރަމް އިންޑަސްޓްރީސްގެ ޕްރޮޑަކްޓްތައް ހިމެނެއެވެ.

ފިހާރަ ހުޅުވުމުގެ އިތުރުން، މި ރަސްމިއްޔާތުގައި އެ ފިހާރާއިން ލިބެން ހުރި ބައެއް ސާމާނުތައް ބޭނުން ކުރާނެ ގޮތުގެ ޑެމޯއެއް ވެސް ވަނީ ދައްކާލާފައެވެ. އެގޮތުން އޮސްޓްރާވާއިން އަލަށް ތައާރަފް ކުރާ މަރުކާއެއް ކަމުގައިވާ ކަރަމް އިންޑަސްޓްރީސްގެ ސޭފްޓީ ހާނެސް ބޭނުންކުރާނެ ގޮތް ވަނީ އެތަނުގައި ތިބި މީހުނަށް ދައްކާލާފައެވެ.

މަސައްކަތުގެ މާހައުލުގައި ބޭނުންކުރެވޭ ސާމާނުތައް ވިއްކާ އޮސްޓްރާވާއަކީ 2011 ވަނަަ އަހަރުން ފެށިގެން ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ އަމިއްލަ ވިޔަފާރިއެކެވެ. މިއީ އޮސްޓްރާވާގެ ދެވަނަ ފިހާރައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް