18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ކްރިކެޓް

ކްރިކެޓް ކުރިއެރުވުމުގައި ސްރީ ލަންކާގެ އެހީތެރިކަން ބޭނުން: ނައިބް ރައީސް

  • ސްރީލަންކާއާއެކު ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރަން ބޭނުން
ލީވާން އަލީ | MrLeevaan

| 8 ޖެނުއަރީ 2019 | އަންގާރަ 19:29 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ސްރީލަންކާ ސަފީރާ ނައިބްރައީސް ބައްދަލުކުރެއްވުން -- ރައީސް އޮފީސް

ދިވެހި ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމުގައި ސްރީ ލަންކާގެ އެހީތެރިކަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ކްރިކެޓް ކުރިއެރުވުމަށް ސްރީލަންކާގެ އެހީތެރިކަން ބޭނުންފުޅުވާކަމަށް ނައިބްރައީސް ފައިސަލް ވިދާޅުވީ، ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މޭޖަރ ޖެނެރަލް ރިޓަޔަޑް ބީ. އާރ. ޑަބްލިޔު. އާރ. އޭ. ބީ. ތޮރަޑެނިޔައާއެކު ހޯމަ ދުވަހު ކުރެއްވި ބައްދަލުވުމުގައެވެ.

އެ ބައްދަލުކުރެއްވުމުގައި ނައިބްރައީސް ފައިސަލް ވަނީ ކުޅިވަރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، ހާއްސަ ގޮތެއްގައި ކްރިކެޓް ކުރިއެރުވުމުގައި ސްރީ ލަންކާގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެފައެވެ.

މިހާރުގެ ސަރުކާރުން އަންނަނީ ކުޅިވަރަށް ހާއްސަ ސަމާލުމެއްދީ، ކުޅިވަރު ކުރިއެރުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުޅިވަރު ކުރިއެރުވުމުގެ މުހިންމު ކަންކަންވެސް ވަނީ ހިމަނާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް