19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

އެމެޒަން

ދުނިޔޭގެ އެންމެ އަގުހުރި ކުންފުންޏަށް އެމެޒަން!

  • އެމެޒަން ކުންފުންޏަކީ ދުނިޔޭގައި މިވަގުތު އޮތް ރީޓެއިލް ވިޔަފާރި އޮންލައިންކޮށް ކުރާ އެންމެ ބޮޑު ކުންފުނި
  • އެކުންފުނީގެ ވެރިޔާ ޖެފް ބޭޒޯސް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާ
ސިމާހާ ނަސީމް | sim_kamana

| 8 ޖެނުއަރީ 2019 | އަންގާރަ 17:54 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


އެމެޒަން އަކީ މިވަގުތު ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ރީޓެއިލަރ -- ގެޓީ އިމޭޖާސް

މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އެމެޒަން ދުނިޔޭގެ އެންމެ އަގު ހުރި ކުންފުންޏަށް ވެއްޖެއެވެ.

ހޯމަ ދުވަހު އެމެރިކާގެ ހިއްސާގެ ބާޒާރުގައި އެމެޒަން ކުންފުނީގެ އަގު ވަނީ 797 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ، މައިކްރޮސޮފްޓް ކުންފުންޏަށް ވުރެންވެސް މައްޗަށް ޖެހިލާފައެވެ. މައިކްރޮސޮފްޓް ކުންފުނީގެ އަގު އުޅެނީ 789 ބިލިއަން ޑޮލަރުގައެވެ.

1994 ވަނަ އަހަރު ވުޖޫދަށް އައި އެމެޒަން ކުންފުންޏަކީ ދުނިޔޭގައި މިވަގުތު އޮތް ރީޓެއިލް ވިޔަފާރި އޮންލައިންކޮށް ކުރާ އެންމެ ބޮޑު ކުންފުންޏެވެ. އަދި އެކުންފުނީގެ ވެރިޔާ ޖެފް ބޭޒޯސް އަކީ ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާއެވެ. ޖެފްގެ މިލްކިއްޔާތުގައި 112 ބިލިއަން ޑޮލަރު ހުރިކަމަށް އެމެރިކާގެ ފޯބްސް މަޖައްލާއިން ނެރުނު ބިލިއަނަރުންގެ ލިސްޓުން ދައްކައެވެ.

2018 ވަނަ އަހަރުގެ 2 ވަނަ ކުއާރޓަރގައި އެމެޒަންއިން 53 ބިލިއަން ޑޮލަރުގެ ވިޔަފާރިކުރިއިރު، ފައިދާވެފައިވަނީ 2.5 ބިލިއަން ޑޮލަރެވެ. މިދިޔަ އަހަރު އެމެޒަން ކުންފުނީގެ އަގު ވަނީ 1 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައެވެ. އަދި އެމެޒަން އަކީ އެމެރިކާގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން މާކެޓް ވެލިއު 1 ޓްރިލިއަން ޑޮލަރަށް އެރި 2 ވަނަ ކުންފުންޏެވެ.

އެމެޒަންގެ ވަޒީފާގައި 575،000 މުވައްޒަފުން އެބަތިއްބެވެ. އަދި އެކުންފުންޏަކީ އޮންލައިން ރީޓެއިލްގެ އިތުރުން ކްލައުޑް ކޮމްޕިއުޓިންގ ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުންޏެވެ.

މިއީ ދުނިޔޭގެ އެންމެ އަގު ހުރި ކުންފުނީގެ ލިސްޓުގައި އެމެޒަން ހިމެނުނު ފުރަތަމަ ފަހަރެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް