18 ޑިސެންބަރު 2018 | އަންގާރަ | 09 މުލަ
11 ރަބީޢުލްއާޚިރު 1440
އިޝާ 19:18
މަޣްރިބް 18:01
އަސްރު 15:27
މެންދުރު 12:06
އިރުއަރާ 06:04
ފަތިސް 04:47

ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

  • ގިފްޓް ކާޑުގައި 200 ރުފިޔާ އިން ފެށިގެން 1000 ރުފިޔާ ބޭނުންކުރެވޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 13 ފެބުރުވަރީ 2017 | ހޯމަ 00:43 | |

މަގުބޫލް

  1. މާލެ އައީ ޗުއްޓީ ހޭދަކޮށްލަން، ލިބުނީ ފުން ހިތާމައެއް!
  2. ވަގުތީ ގޮތުން އިމާރާތް ކުރުން ހުއްޓުވައިފިނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ: މަސީ
  3. މުވައްސަސާތަކުގައި ތިބި މީހުން ބަދަލު ނުކޮށް، މިއެދޭ ބަދަލު ގެނެވޭނެ؟
  4. ފެނަކަ އެމްޑީއަކަށް ސައީދު
  5. މަރުވި ކުއްޖާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފުރުވާލައިފި
  6. ޓްރީޓޮޕް ހޮސްޕިޓަލުން މާބަނޑު ދުވަސްވަރު ވިހެއުމަށް ތައްޔާރު ވުމުގެ ޕްރޮގްރާމެއް ތައާރަފް ކޮށްފި
  7. 20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
  8. އިމާރަތްކުރި ކުންފުނިން ހުއްދަ ވެސް ނަގާފަ އެއް ނެތް، ބޯޑް ވެސް ނަގާފައި ވަނީ އެހެންކަމަކަށް: ސިޓީ ކައުންސިލް


ފިހާރަތަކުން ބީއެމްއެލްގެ ގިފްޓް ކާޑު ވިއްކަން ފެށުން ތައާރަފުކުރަން ސިވިލް ކޮފީ ސޮސައިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރީޓެއިލް ވިޔަފާރިކުރާ ގިނަ އަދަދެއްގެ ތަންތަނުން ގިފްޓް ކާޑު ގަންނަން ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

 

މިކަން ހާމަކޮށްފައިވަނީ މިހާރު މާލޭން ގިފްޓް ކާޑު ގަންނަން ލިބެން ހުންނާނެ ތަނެއް ކަމުގައިވާ، ސިވިލް ކޮފީ ސޮސައިޓީ ކެފޭގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ.

 

މި ހަފްލާއަށް ޒިޔާރަތްކުރި މެހެމާނުންނަށް ވަނީ "އަހަރެންގެ ބޭންކް" ޚާއްސަ ގިފްޓްކާޑު ހަދިޔާކޮށްފައިވެއެވެ.

 

މިދިޔަ އަހަރު ލޯންޗުކުރި ބީއެމްއެލް ގިފްޓް ކާޑަކީ ކަނޑައެޅިފައިވާ ވަކި އަދަދަކަށް ފައިސާ ބޭނުންކުރެވޭ ގޮތަށް އަދި ގަންނަ ވަގުތުން ފެށިގެން ބޭނުންކުރެވޭ ކާޑެކެވެ.

 

 މާސްޓަރ ކާޑާއި ގުޅިގެން ބީއެމްއެލްއިން ތަޢާރަފްކުރި ގިފްޓް ކާޑުގައި 200 ރުފިޔާ، 300 ރުފިޔާ، 500 ރުފިޔާ، 700 ރުފިޔާ އަދި 1000 ރުފިޔާ ބޭނުންކުރެވޭނެ ކާޑު ހުރެއެވެ.

 

ގިފްޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކުމަށް ރާއްޖޭގެ އެންމެ ބޮޑު ޕީއޯއެސް ނެޓްވޯކްކަމުގައިވާ ބީއެމްއެލް ޕީއޯއެސް މެޝިން ބޭނުންކުރެވޭނެއެވެ.

 

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެޓަރ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ ގިފްޓް ކާޑަކީ ރަހުމަތްތެރިންނާއި ލޯބިވާ މީހުންނަށް ދޭން އެންމެ ރަގަޅު އެއް ހަދިޔާ ކަމަށާއި ވަރަށް ރީތިކޮށް ޑިޒައިންކޮށްފައިވާ މި ކާޑަކީ ނަގުދު ފައިސާ ހަދިޔާގެ ގޮތުގައި ދިނުމުގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ކަމަށެވެ.

 

"މިއަދަށްފަހު ގިނަ އަދަދެއްގެ ވިޔަފާރި ކުރާ ތަންތަނުން މިކާޑު ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް." ޝަރީފް ވިދާޅުވި އެވެ.

 

"އަހަރެންގެ ބޭންކް" ކެމްޕޭނަކީ ދިވެހިންނާއި ދިވެހި މުޖުތަމައުއަށް ބީއެމްއެލް އާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ކެމްޕޭނެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް