21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ތުރުކީގެ ބަޣާވާތް

ތުރުކީ ސިފައިންގެ 100 މީހަކު ހައްޔަރުކުރަން އަމުރުކޮށްފި

  • ހައްޔަރުކުރަނީ ފޯނު ކޯލުތަކެއްގެ ތަހުގީގުން ލިބުނު މައުލޫމާތަށް ބަލައި
އަމަން ހަލީމް | soupized

| 7 ޖެނުއަރީ 2019 | ހޯމަ 22:11 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ބަޢާވާތުގެ އަޑީގައި ހުންނެވި ކަމަށް ތުހުމަތު ކުރާ ފަތުހުﷲ ގުލެން -- ރޮއިޓަރސް

ސިޔާސީ ލީޑަރު އަދި ދީނީ އިލްމުވަރިޔާ ފަތުހުﷲ ގުލެން އާއި ގުޅުން އޮތް ކަމަށް ބުނެ، ތުރުކީ އަސްކަރިއްޔާގެ 100 ސިފައިން ހައްޔަރު ކުރުމަށް އެ ގައުމުގެ ޕްރޮސިކިއުޓަރުން އަމުރުކޮށްފިއެވެ.

ތުރުކީގެ އަނާދުލޯ ނޫސް އެޖެންސީން ބުނެފައި ވަނީ އެ މީހުން ހައްޔަރުކުރަން އަމުރުކުރަން ޖެހުނީ ގުލެންގެ ވާގިވެރިންތަކެއް ޕޭ ފޯނު (ފޯނު ބޫތުގައި ހުންނަ ފޯނު) ގެ ޒަރިއްޔާއިން ކޮށްފައިވާ ފޯނު ކޯލުތަކެއްގެ ތަހުގީގުން ލިބުނު މައުލޫމާތުގެ އަލީގައި ކަމަށެވެ.

ދެހާސްސޯޅަ ވަނަ އަހަރުގެ ޖުލައި މަހު ތުރުކީގެ އަސްކަރިއްޔާއިން ވަނީ ބަޢާވާތެއް ކުރަން މަސައްކަތްކޮށް ނާކާމިޔާބު ވެފައެވެ. އެ ބަޢާވާތުގެ އަޑީގައި ހުރީ ފަތުހުﷲ ގުލެން ކަމަށް ތަފާތު އެކި ފަހަރު މަތިން ތުރުކީގެ ސަރުކާރުން ވަނީ ބުނެފައެވެ.

އެ ބަޢާވާތާ ގުޅިގެން ހައްޔަރު ކުރި މީހުންގެ އަދަދު 77000 އަށް އަރާ އިރު، 150000 އަށް ވުރެ ގިނަ ސިވިލް ސާވިސްގެ މުވައްޒިފުންނާއި، އަސްކަރިއްޔާގެ މީހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެކަމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާ ހުޅަނގުގެ ބައެއް ގައުމުތަކުގެ ފާޑުކިޔުން ވަނީ ތުރުކީގެ ސަރުކާރަށް ރައްދުވެފައެވެ. ނަމަވެސް ތުރުކީގެ ސަރުކާރުން ބުނަމުން އަންނަނީ އެއީ ގައުމީ ސަލާމަތަށް ކުރެވޭ މަސައްކަތެއް ކަމުގައެވެ.

ފަތުހުﷲ ގުލެންއަކީ 1999 ވަނަ އަހަރުން ފެށިގެން އަމިއްލައަށް އަރުވާލެވިގެން އެމެރިކާގައި ދިރިއުޅެމުން އަންނަ ތުރުކީގެ ނުފޫޒުގަދަ ބޭފުޅެކެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން ތުރުކީގެ ސަރުކާރުން އަންނަނީ ގުލެން ހައްޔަރުކޮށްގެން އަނބުރާ ގައުމަށް ފޮނުވައި ދިނުމަށް އެމެރިކާ ސަރުކާރުގައި އެދެމުންނެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ އެމެރިކާއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް