26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

ރުއްގަސް ކެނޑުން

ރުއްގަސް ކަނޑަން މަޖުބޫރު ކުރުވާ މަހުޖަނުންގެ ނަން އާއްމު ނުކުރޭތަ؟

  • ތިމާވެއްޓަށް ގެއްލުން ދިނުމުން ޖޫރިމަނާ ކުރުމާއި ބަދަލު ނެގުމުގެ ގަވައިދެއް އޮވޭ
އާމިނަތު ނުޒުހާ | nuzu8121

| 7 ޖެނުއަރީ 2019 | ހޯމަ 19:17 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


ރާއްޖޭގެ ރަށަކުން ކަނޑާފައިވާ ގިނަ އަދަދެއްގެ ގަސްތަކެއް -- އާކައިވް

އާ ސަރުކާރުގެ ޖަޒީރާ ރާއްޖެ ކޮންސެޕްޓާއެކު ތިމާވެށީގެ ކަންކަމުގައި އާއްމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވަމުން ދާތަން ފެނުމަކީ ހެޔޮ ފާލެކެވެ. އެގޮތުން ޕްލާސްޓިކު ނޫން ގޮތެއް ހޯދުމަށް ކުރާ މަސައްކަތުގައި "ސިންގަލް ޔޫސް" ޕްލާސްޓިކް ސަރުކާރުގެ އޮފީސްތަކުގައި ބޭނުން ކުރުން ހުއްޓާލުމާއި، މަގުމައްޗަށް ކުނިއެޅުން ހުއްޓުވުމަށް ޓަކައި އެ އަމަލު ހިންގާ މީހުންގެ ނަން އާއްމު ކުރުމަކީވެސް ކުރަން ހަމަ ވަރަށް ރަނގަޅު ކަންކަމެވެ.

ނަމަވެސް ނުފޫޒު ގަދަ މަހުޖަނުން ހަދަމުންދާ ރިސޯޓްތަކަށް ބޮޑެތި ބާޖުތަކުގައި ކައިރި ރަށްރަށުންނާއި ދުރުދުރުން މެންދަމުގެ ވަގުތުތަކުގައި ބޮޑެތި ބާޖުތަކުގައި ބަރުކޮށްގެން ރުއްގަސް އުފުލާ މަންޒަރު ފެނުނު ނަމަވެސް ކުރެވުނީ ކޮން ކަމެއްތޯއެވެ. އެފަދަ މައްސަލައެއް ހުށައެޅުމުން އެކަން ބަލަމުންދާ ކަމަށާއި، އެ އަމަލު ކުށްވެރިކޮށް ބަޔާނެއް އާއްމު ކުރުން ފިޔަވާ ވީ ކަމެއް ދައްކަވައި ބައްލަވާށެވެ.

އެކަމަމު މިފަހަކަށް އައިސް މާލޭގެ މަގުތަކަށް ކުނި އަޅާ މީހުންގެ ނަން އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އާއްމުކުރަން ފެށުމުން އެކަން ގިނަ ބަޔަކަށް ވީ ވަރަށް ރަނގަޅު ކަމަކަށެވެ. އެކަމަކު އެއީވެސް އަދި މުޅިން ހައްލެއް ކަމަށް ދެކިގެން ތިބެވޭކަށް ނެތެވެ. ކުނިއަޅާ މީހާގެ ނަން އާއްމުކޮށް ޖޫރިމަނާ ކުރެވެނީ އެކަން ކުރާ މީހާ ސީދާ އެނގޭ މަދު ހާލަތެއްގައެެވެ.

ބޮޑެތި ގަސްގަހާގެހި މުލުން ލުހެލައިގެން ނެގުމަކީ ތިމާވެއްޓަށް ސީދާ ގޮތެއްގައި ބޮޑެތި ގެއްލުންތަކެއް ކުރާނެ ކަންކަމެވެ. 2018 ވަނަ އަހަރު ނިމެން ދަނިކޮށް ރާއްޖޭގެ ބައެއް ރަށްރަށުން ގަވާއިދާ ހިލާފަށް ރުއްގަސް ކަނޑާ ވާހަކަ އިވުނީ "ފަތުއަޑު" ކިޔާފައެވެ. ތިމާވެއްޓަށް ގެއްލުން ލިބޭ އެތައް ކަމެއް ފާޅުގައި ކުރަމުން ދާއިރު އެ ކަންކަން ނުހުއްޓުވި އޮތީ، އީޕީއޭގެ ޒިންމާ އަދާ ނުކުރާތީ ކަމަށް ބުނެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ ފަރާތްތަކުން އެ އިދާރާއަށް އެތަށް ފާޑުކިއުމެއް އަމާޒުކުރިއެވެ.

ރާއްޖޭގައި ފަޅު ހިއްކައިގެން ހަދާ ރިސޯޓުތައް ގިނަވެ އެ ތަންތަން ފެހި ކުރުމަށް ރަށްރަށުން އެތައް ސަތޭކަ ރުކެއް އެހެން ރަށްރަށުން ގަނެގެން ގެނައުން އާއްމު ވެފައިވާއިރު އެއީ ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އޭގެ ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ނަމަވެސް އެކަމާ މެދު ކަންބޮޑުވީ ކާކުތޯއެވެ.

 

ރުއްގަސް ކެނޑުން ވަނީ އާއްމުވެފައި

މަހުޖަނުންގެ މުއްސަނދި ޖީބުތަކުގެ ނުފޫޒު ރުއްގަހުގެ މުލާ ހަމައަށް ފޯރުމުން ކަމާއި ގުޅޭ މުއައްސަސާތަކަށް ހަދާނެ ގޮތް ހުސްވީތޯއެވެ. އެކަމަކު ދަންނަވަންތޯއެވެ. އެކަމަށްވެސް ހެދިފައި ހުރި ގަވާއިދުތައް އެބަހުއްޓެވެ. އަމަލު ނުކުރާ ނަަމަ ފިޔަވަޅު އަޅުއްވަން ކެރިވަޑައިގަންނަވާށެވެ. މޫނަކަށް ކަނދުރާއަކަށް ބަލާކަށް ނުޖެހެއެވެ.

ރުއްގަސް އެކި ތަންތަނަށް ގެންދިއުމަށް ހަދާފައިވާ ގަވާއިދު ބުނާގޮތުން 10 ރުކަށް ވުރެ ގިނަ ރުއް ކަނޑާނަމަ އީޕީއޭގެ ހުއްދަ ނަގަން ޖެހެ އެވެ. އަދި ނަގާ ރުކަކަށް ދެ ރުއް އިންދަން ޖެހެ އެވެ. ބޮޑެތި މަސައްކަތްތައް ކުރުމަށް 200 ރުއްގަހަށް ވުރެ ގިނަ ރުއް ނަގާ ނަމަ އީއައިއޭ ވެސް ހަދަން ޖެހެއެވެ.

އީޕީއޭގެ އެންގުންތަކާ ހިލާފު ވާނަމަ ފިޔަވަޅު އެޅުމުގެ ގާނޫނީ ބާރު އެ އެޖެންސީ އަށް ލިބެ އެވެ. އެގޮތުން، ތިމާވެއްޓަށް ގެއްލުން ދިނުމުން ޖޫރިމަނާ ކުރުމާއި ބަދަލު ނެގުމުގެ ގަވައިދުގެ ދަށުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވެ އެވެ.

ރުއްގަސް ނަގާ ހަދަނީ މީހުން ދިރިއުޅޭ ރަށްރަށުންނާއި ކައުންސިލްތަކުގެ ބާރު ހިނގާ ފަޅު ރަށްތަކުންކަމަށް ވީއިރު، އެފަދަ ފަރާތްތައް ހޯދުމަކީ މާބޮޑު ދަތިކަމަކަށް ވާނެކަމަކަށް ގަބޫލެއް ނުކުރެވެއެވެ.

ތަރައްގީގެ މަޝްރޫތަކާއި ހުރެ ރާއްޖޭގެ ތިމާވެއްޓަށް ދީފައިވާ ގެއްލުންތައް ނުހުއްޓުވި ވަނީ ގާނޫނު ތަންފީޒު ކުރަން ތިބި ފަރާތްތަކުން ފަރުވާ ކުޑަކުރެވޭތީއެވެ. ކުނިއަޅާ އާއްމު މީހާގެ ނަން އާއްމުކޮށް ޖޫރިމަނާ ކުރާއިރު، ރުއްގަސް ނަގައި ވިޔަފާރި ބޭނުމަށް ވިއްކާ އަދި ގަންނަ ފަރާތްތައް ޖޫރިމަނާކޮށް ނަންވެސް ނިކަން އާއްމުކޮށްބަލާށެވެ. ރާއްޖޭގެ ނާޒުކު ތިމާވެއްޓަށްޓަކައި ވެސްމެއެވެ. އަންނަން އޮތް އަޅުގަނޑުމެންގެ ޖީލުތަކަށްޓަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Naaim

3 މަސް ކުރިން

Shots fired ?

0
0