24 ފެބުރުއަރީ 2019 | އާދީއްތަ | 11 ހިޔަވިހާ
19 ޖުމާދަލްއާޚިރާ 1440
ފަތިސް 05:05
އިރުއަރާ 06:17
މެންދުރު 12:23
އަސްރު 15:38
މަޣްރިބް 18:22
އިޝާ 19:34

ދިރާގު

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

  • ރާއްޖެއިން ބޭރުގެ ކޮންމެވެސް އެއްގައުމަކަށް ގުޅާ އިރު 50 ޕަސެނޓްގެ ޑިސްކައުންޓް ލިބޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 12 ފެބުރުވަރީ 2017 | އާދީއްތަ 22:40 | |

މަގުބޫލް

  1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
  2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
  3. ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
  4. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  5. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
  6. ކޯޓު އަމުރު އެހެން އޮއްވާ ފުލުހުނަށް ރައީސް ޔާމިން ދޫކޮށެއް ނުލެވޭނެ: އަބްދުއްރަހީމް
  7. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
  8. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި


ދިރާގުގެ މައި އިމާރާތް -- ގޫގުލް

ރާއްޖޭގައި އެންމެ ގިނަ ޑޭޓާ ހިމެނޭ ގޮތަށް "ސްމާރޓް އެގްޒެކެޓިވް" ގެ ނަމުގައި ޚާއްޞަ ޕޯސްޓްޕެއިޑް ދެ ޕެކޭޖެއް ދިރާގުން ތައާރަފުކޮށްފި އެވެ.

 

އާދިއްތަ ދުވަހު ދިރާގުން ތަޢާރަފްކުރި ޕެކޭޖްގެ ދަށުން ރާއްޖޭގެ ކޮންމެ ނެޓްވޯކަކަށްވެސް ބޭނުން ވަރަކަށް ކޯލާއި އެސްއެމްއެސް ކުރެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

 

"ސްމާރޓް އެގްޒެކެޓިވް 1499" އަދި "ސްމާރޓް އެގްޒެކެޓިވް 1999" ގެ ނަމުގައި ތަޢާރަފް ކުރި މި ދެ ޕެކޭޖަކީ ވިޔަފާރި ވެރިންނާއި،  އެގްޒެކެޓިވްސް އަދި ޕްރޮފެޝަނަލް މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވަރަށް އެކަށީގެންވާ ޕެކޭޖްތަކެއް ކަމަށްވެސް އެކުންފުނިން ބުންޏެވެ.

 

ސްމާރޓް އެގްޒެކެޓިވް 1499 ގައި 30 ޖީބީ ޑޭޓާ އަދި ސްމާރޓް އެގްޒެކެޓިވް 1999 ގައި 45 ޖީބީގެ ޑޭޓާ ހިމެނޭނެއެވެ.

 

މިއީ ރާއްޖޭގައި މިހާތަނަށް މޯބައިލް ޕެކޭޖަކަށް ކަނޑައެޅޭ އެންމެ ބޮޑު ޑޭޓާ އެލަވަންސް ކަމަށާއި އަދި މި ދެ ޕެކޭޖުން ވެސް ޑޭޓާ އެލަވަންސް ހުސްވިޔަސް އެކްސެސް ޗާޖެއް ނޯންނާނެ ކަމަށްވެސް ދިރާގުން ހާމަކުރެއެވެ.

 

މީގެ އިތުރުން ދެޕެކޭޖުންވެސް، ހިޔާރު ކުރާ ރާއްޖެއިން ބޭރުގެ ކޮންމެވެސް އެއްގައުމަކަށް ގުޅާ އިރު 50 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް