26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

މަގޭ ރިޕޯޓު

ކުދި ޕާޓީތައް ކޯލިޝަނެއްގެ ގޮތުގައި މަޖިލީހަށް ނުކުމެއްޖެ ނަމަ!؟

  • ވަކިވަކިން ނުކުމެއްޖެ ނަމަ އެމްޑީޕީއަށް ފައިދާ ބޮޑު
  • ކުދި ޕާޓީތައް ކުރިއަރާފައި ވަނީ ބޮޑެތި ޕާޓީތަކުގެ ހިޔަނީގައި
ޙުސައިން ޙަސަން | hucenhassan

| 7 ޖެނުއަރީ 2019 | ހޯމަ 16:58 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ގުޅިގެން ބޭއްވި ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެމްޑީޕީއަށް ލިބުނީ 25 ގޮނޑިއެވެ. އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުން އެ ޕާޓީއަށް ލިބުނީ 26 ގޮނޑިއެވެ. އެ ދެ އިންތިހާބަށް ވެސް އެމްޑީޕީން ނުކުތީ އެއްވެސް ޕާޓީއަކާ ކޯލިޝަން ނުހަދައެވެ. މިފަހަރު ވެސް އެމްޑީޕީން ނުކުންނަނީ އެގޮތަށެވެ. ތަފާތަކީ އެމްޑީޕީއާ ވާދަ ކުރަން އޮތް ޕާޓީތައް ބަލިކަށިވުމެވެ. ބައިބައިވެފައި ވުމެވެ. އެމްޑީޕީއާ އެންމެ ވާދަވެރި ޕީޕީއެމް ދެކަފިވެފައި ވުމެވެ.

ސަރުކާރު ކޯލިޝަންގައި ތިބި ކުދި ޕާޓީތަކަކީ ވެސް ބޮޑު ޕާޓީއެއްގެ ހިޔަނީގައި ނޫނީ ކުރިއަށް ދެވޭނެ ޕާޓީތަކެއް ނޫނެވެ. ޖުމްހޫރީ ޕާޓީއަށް އެމްޑީޕީއާ ކުރިމަތިލައި ކާމިޔާބެއް ނުހޯދޭނެވެ. އަމުދުން އަދާލަތަށް ވެސް ވާނީ ހަމަ އެވަރެވެ. އިންތިހާބުގެ ނަތީޖާތަކުން ދައްކަނީ އެ މަންޒަރެވެ.

ޕީޕަލްސް އެލަޔަންސް (ޕީއޭ) އަށް 2009 ވަނަ އަހަރު މަޖިލީހުން ހަތް ގޮނޑި ލިބުނީ ޑީއާރްޕީއާ އެކު، ކޯލިޝަން ހަދައިގެން ނުކުތުމުންނެވެ. ނަމަވެސް ކޯލިޝަނަކާ ނުލައި، ޖޫމްހޫރީ ޕާޓީ (ޖޭޕީ) އިން އެ އިންތިހާބުގައި ވާދަކުރުމުން ލިބުނީ އެންމެ ގޮނޑިއެކެވެ. އެއީ މާމިމިގިލީ ދާއިރާގެ ގޮނޑި އެކަންޏެވެ. ނަމަވެސް 2014 ވަނަ އަހަރު ޖޭޕީއަށް 15 ގޮނޑި މަޖިލީހުން ލިބުނެވެ. އެ ގޮނޑިތައް ކާމިޔާބު ކުރެވުނީ ސަރުކާރުގައި އޭރު އޮތް، ޕީޕީއެމާ ކޯލިޝަން ހަދައިގެން ނުކުތުމުންނެވެ. ކިރިޔާ މެމްބަރުން ހަމަވާ އެމްޑީއޭއަށް 2014 ވަނަ އަހަރު ފަސް ގޮނޑި ލިބުނީ ވެސް ޕީޕީއެމާ ކޯލިޝަން ހަދައިގެން ނުކުތުމުންވެ.

އެ ނަތީޖާތަކުން ދައްކަނީ ކުދި ޕާޓީތަކަށް މަގު ދައްކަނީ ބޮޑެތި ޕާޓީތަކުން ކަމަށެވެ. ކުދި ޕާޓީތަކަކީ ބޮޑު ޕާޓީއެއްގެ ހިޔަނީގައި ނޫނީ ކުރިއަށް ދެވޭނެ ޕާޓީތަކެއް ނޫން ކަމުގައެވެ.

ނަމަވެސް މިފަހަރުގެ އިންތިހާބަށް ނުކުންނައިރު، ބޮޑު ޕާޓީއަކަށް އިންތިހާބުގައި ވާދަ ކުރާނީ އެމްޑީޕީ އެކަންޏެވެ.

އެ ޕާޓީއާ ދެކޮޅަށް ނުކުންނަން އޮތް، ޕީޕީއެމްގެ ތެރެއިން އިތުރު ޕާޓީއެއްގެ "ކުރި" ވަނީ ފަޅާފައެވެ. އެހެންކަމުން ޕީޕީއެމް އޭގެ އަސްލު ސިފައިގައި އިންތިހާބަށް ނުކުތުމުގެ ފުރުސަތު ކުޑައެވެ. ޕީޕީއެމްގެ ތެރެއިން އާ ޕާޓީއެއް އުފެއްދިޔަސް، ބާކީ އޮތް ތިން މަސް ތެރޭގައި އިންތިހާބަށް އެ ޕާޓީ ފައްކާވުމަކީ ނާދިރު ކަމެކެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މަޖިލިސް އިންތިހާބާ މެދު ވަކި ގޮތެއް އެއްބަސްވެވިފައި ނެތުމުން، ކޮންމެ ޕާޓީއަކުން ވެސް ވާދަ ކުރާނީ އެކަންޏެވެ. ވަކިވަކިންނެވެ. ވަކިވަކިން ޕާޓީތައް ވާދަ ކުރުމަކީ ވެސް އެމްޑީޕީއަށް ލިބޭނެ މޮޅެކެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ފައިދާ ބޮޑީ ވެސް އެގޮތެވެ. ސަބަބަކީ ޕާޓީއެއްގެ ގޮތުގައި އެންމެ ގިނަ ވޯޓު އެމްޑީޕީއަށް ލިބޭނެތީއެވެ. ކުދި ޕާޓީތަކަށް ލިބޭ ވޯޓު ބައިބައިވުމަކީ ގިނަ ގޮނޑިތައް އެމްޑީޕީއަށް ކާމިޔާބުވުމުގެ ފުރުސަތު ތަނަވަސްވާނެ ކަމެކެވެ. ހާއްސަކޮށް، ވަކި ފިކުރެއްގެ ގޮތުގައި އޮތް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއިދު ގެއްލި، ބަކިކަށިވެފައި އޮތުމަކީ އެމްޑީޕީއަށް ކުރި އަރަން ލިބޭ ރަނުގެ ފުރުސަތެކެވެ.

މަޖިލިސް އިންތިހާބުގައި މިފަހަރު އެމްޑީޕީއަށް ފައިދާ ބޮޑީ ގިނަ ޕާޓީތަކުން ވާދަ ކުރި ވަރަކަށެވެ. ކެންޑިޑޭޓުން އިތުރަށް ނުކުތް ވަރަކަށެވެ. ނަމަވެސް ކުދި ޕާޓީތަކުން، އެކައްޗެއް ކިޔައި، އެމްޑީޕީއާ ދެކޮޅަށް ކޯލިޝަންނެއްގެ ގޮތުގައި ތެދުވެއްޖެ ނަމަ، އިންތިހާބު ކާމިޔާބު ކުރުމުގެ ފޯމިއުލާ އެމްޑީޕީން ޖެހޭނީ އަލުން އަތުރާށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގިނިރޯދި

3 މަސް ކުރިން

އަންނިގެ އަމިއްލަ އެދުން ބޮޑުކަމުން މިފަހަރު 25 ގޮނޑި ލިބުނަސް އެއީ ނަސީބު ހިސާބަށްވުރެ އަމިއްލަ އެދުން ބޮޑުވީމަ ވާގޮތްވެސް އެނގޭނެ

0
0
މުޅިޤައުމު

3 މަސް ކުރިން

ސިަޔާސަތާހެދި މުޅިޤައުމު ތަތްތެޅިފަ

0
0