18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ރަހަފް މުހައްމަދު

އާއިލާއިން އަނިޔާކޮށް މަރުގެ އިންޒާރު ދީފައިވާ ރަހަފް ތައިލެންޑުގައި ތާށިވެފައި

  • ރަހަފް ހިފަހައްޓައި އޭނާގެ ޕާސްޕޯރޓު ވަނީ އަތުލާފައި
ލައިޝާ އަހްމަދު | LailaAhmeds

| 7 ޖެނުއަރީ 2019 | ހޯމަ 14:23 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ރަހަފް މުހައްމަދު -- ޓްވިޓަރ

އާއިލާ އިން އަނިޔާކުރާތީ ކަމަށް ބުނެ ސައުދީ އަރަބިއާ ދޫކޮށް ދިޔަ އަންހެން ކުއްޖެއް ކަމަށްވާ ރަހަފް މުހައްމަދު އަލް ޤުނޫން ތައިލެންޑް އެއާޕޯޓްގައި ހިފަހައްޓައިފިއެވެ.

އޮސްޓްރޭލިއާ އިން ހިމާޔަތް ހޯދުމަށް ތައިލެންޑް މަގުން ދަތުރުކުރަނިކޮށް ހޮނިހިރު ދުވަހު ތައިލެންޑް އެއާޕޯރޓުން ރަހަފް ހިފަހައްޓައި އޭނާގެ ޕާސްޕޯރޓު ވެސް އަތުލާފައިވާ ކަމަށް ރަހަފް ވަނީ ހިއުމަން ރައިޓްސް ވޮޗް ކިޔާ ނޫހަކަށް މައުލޫމާތު ދީފައެވެ.

އަނބުރާ ޤައުމަށް ދާން ދެކޮޅު ހަދަމުން ރަހަފް ބުނީ އޭނާގެ އާއިލާ އިން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އޭނާއަށް އަނިޔާކުރާ ކަމަށާއި، އާއިލާގެ މެމްބަރުންގެ ފަރާތުން މަރުގެ އިންޒާރު ވެސް ލިބިފައިވާ ކަމަށެވެ.

އާއިލާއިން ކޮށްފައިވާ އަނިޔާތަކުގެ ވާހަކަދައްކަމުން ރަހަފް ބުނެފައި ވަނީ އެއް ފަހަރު ބޯ ކޮށުމުގެ އަދަބެއްގެ ގޮތުން 6 މަސްވަންދެން ކޮޓަރީގައި ބަންދުކޮށްގެން އާއިލާ އިން އޭނާ ގެންގުޅެފައިވާ ކަމަށެވެ.

ރަހަފްގެ ތަޖުރިބާ މީސް މީޑިއާ މެދުވެރިކޮށް ހިއްސާކުރަމުން ބުނެފައި ވަނީ، އޭނާ އަނބުރާ އާއިލާ ގާތަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ތައިލެންޑުގެ އިމިގްރޭޝަނުން އަންގާފައިވާ ކަމަށާއި، އޭނާ ޤައުމަށް ނުގޮސް އަނބުރާ އޮސްޓްރޭލިއާއަށް ދިއުމަށް ބައިނަލްއަޤުވާމީ ހިމާޔަތަށް އެދޭ ކަމަށެވެ. އެގޮތުން ތައިލެންޑުގެ އިންސާނީ ހައްޤުތަކާ ބެހޭ ޖަމާއަތަކާ ބައްދަލުކޮށްދިނުމަށް ރަހަފް ވަނީ އެޤައުމުގެ އޮފިޝަލުން ކިބައިން އެދިފައެވެ.

ސައުދީގައި އާއިލާއަށް ފިލައިގެން އެކަނި ދަތުރުކުރުމަކީ މަނާ ކަމަކަށްވާއިރު، ރަހަފް އަނބުރާ ޤައުމަށް ފޮނުވާލައިފި ނަމަ ޤާނޫނީ ގޮތުންނާއި އާއިލާގެ ފަރާތުން ވެސް ބޮޑެތި އަދަބުތަކެއް އޭނާއަށް ލިބޭނެ ކަމަށް ހިއުމަންރައިޓްސް ވޮޗް އިން ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް