18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ގޯ ގޭމްސް

އުމުރުން 10 އަހަރުގެ ކުއްޖަކު ގޯ ގޭމްސްގެ ޕްރޮފެޝަނަލް ރޭންކުގައި ހިމެނިއްޖެ

  • ނަމުރާ ގޯ ގެމްސް އެންމެ ފުރަތަމަ ކުޅެން ފަށާފައި ވަނީ އުމުރުން ތިން އަހަރުގައި
  • އުމުރުން 7 އަހަރުގައި ޖަޕާނުގެ ގައުމީ މުބާރާތްތަކުގައި ބައިވެރިވާން ފެށި
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 7 ޖެނުއަރީ 2019 | ހޯމަ 13:32 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ސުމިރޭ ނަކަމޫރާ ގޯ ގޭމްސް ކުޅެނީ -- އާކައިވް

ޖަޕާނުގެ ސްކޫލެއްގައި ކިޔަވަމުންދާ އުމުރުން 10 އަހަރުގެ ސުމިރޭ ނަކަމޫރާ އަންނަ އޭޕްރީލް މަހު އެ ގައުމުގައި ބާއްވާ ގޯ ގޭމްސްގެ ޕްރޮފެޝަނަލް ރޭންކުގައި ހިމެނިއްޖެއެވެ.

ނަކަމޫރާ މި ކުޅިވަރު އެންމެ ފުރަތަމަ ކުޅެން ފަށާފައި ވަނީ އޭނާގެ އުމުރުން އެންމެ ތިން އަހަރުގައެވެ. އޭނާ ވަނީ އުމުރުން 7 އަހަރުގައި ޖަޕާނުގެ ގައުމީ މުބާރާތްތަކުގައި ބައިވެރިވާން ފަށާފައެވެ.

މިކަމާ ގުޅޭ ގޮތުން ހުސްވި ހަފްތާގެ ހޮނިހިރު ދުވަހު ޖަޕާނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަކަމޫރާ ބުނެފައި ވަނީ މި ކުޅިވަރަށް މޮޅުވުމުން އުފާވާ ކަމަށާއި ބޭނުން ވަނީ ޅަ އުމުރުގައި ސްކޫލްގައި ބާއްވާ ގޯ ގޭމްސްތަކުން މޮޅުވާން ކަމަށެވެ.

މީގެ އިތުރުން ނަކަމޫރާ ވަނީ ޖަޕާނުގެ ގޯ އެސޯސިއޭޝަނުން ބައިނަލް އަގުވާމީ މުބާރާތަކައް ކުޑަކުދިން ތަމްރީން ކުރުމުގެ ގޮތުން ހިންގާ ޕްރޮގްރަމްތަކައް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ސުމިރޭ ނަކަމޫރާގެ ބައްޕަ ވަނީ 1998 ވަނަ އަހަރު ޖަޕާނުގައި އޮތް ގޯގެ ގައުމީ މުބާރާތް ވެސް ކާމީޔާބު ކޮށްފައެވެ.

ގޯ ގޭމަކީ މީގެ އެތަށް އަހަރެއްގެ ކުރިން ޗައިނާ އާއި އީސްޓް އޭޝިޔާގެ ގައުމުތަކުގައި މަޝްހޫރު ގޭމެކެވެ. މި ކުޅިވަރާއި ރާޒުވާގެ ތަފާތަކީ މި ކުޅިވަރުގައި 200 މޫވްސް ނެގޭ ކަމެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް