23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

އެފްއޭ ކަޕް

އެފްއޭ ކަޕް: ރޮދާހަމް ބަލިކޮށް ސިޓީވެސް ހަތަރު ވަނަ ބުރަށް

  • ރޮދާހަމްގެ މައްޗަށް ސިޓީ ކުރީހޯދީ 0-7 ގެ ތަފާތުބޮޑު ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 7 ޖެނުއަރީ 2019 | ހޯމަ 10:10 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ސިޓި ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- ޓްވިޓަރ

އެފްއޭ ކަޕްގައި ރޮދާހަމް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ސިޓީވެސް ހަތަރުވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ރޮދާހަމް އަތުން ސިޓީ މޮޅުވީ 0-7 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

ސިޓީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ ރަހީމް ސްޓާލިންއެވެ. ސިޓީން ލީޑު ފުޅާކުރީ 43 ވަނަ މިނެޓުގައި ފޮޑެން ކާމިޔާބުކުރި ލަނޑުންނެވެ.

ފުރަތަމަ ހާފް ނިމުމުމުގެ ކުރިން ސިޓީން ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑަކީ ރޮދާހަމްގެ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ފުރަތަމަ ހާފް ނިމުނީ 0-3 ގެ ނަތީޖާއިން ރޮދާހަމްގެ މައްޗަށް ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ސިޓީގެ ހަތަރުވަނަ ލަނޑު 52 ވަނަ މިނެޓުގައި ކާމިޔާބުކުރީ ގެބްރިއަލް ޖީސަސްއެވެ. ފަސްވަނަ ލަނޑު 73 ވަނަ މިނެޓުގައިރިޔާދް މަހުރޭޒް ކާމިޔާބުކުރިއިރު، ހަވަނަ ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބުކުރީ އޮޓަމެންޑީއެވެ. އަދި ހަތްވަނަ ލަނޑު 85 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލީރޯއި ސާނޭއެވެ.

މުޅި މެޗުގައިވެސް ރޮދާހަމްގެ ފަރާތުން މާ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު، ލަނޑު ޖެހުމަށްވެސް އެޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް