18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ވެނެޒުއޭލާ

ވެނެޒުއޭލާގެ އިސް ފަނޑިޔާރު އެމެރިކާއަށް ވަޑައިގެން ފިއްލަވައިފި

  • ޒެޕްރާ ފިއްލެވީ ޖިންސީ ފުރައްސާރައިގެ ތުހުމަތުން:ސުޕްރީމް ކޯޓު
އަބުދުﷲ މުހައްމަދު | 8Abbo

| 7 ޖެނުއަރީ 2019 | ހޯމަ 08:29 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ސުޕްރީމް ކޯޓުގެ އިހްތިސާސަށް މަޑޫރޯ ނުފޫޒު ފޯރުއްވާކަމަށްވެސް ޒެޕްރާ ތުހުމަތުކުރައްވާ -- ޔޫޓިއުބް

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ދެވަނަ ދައުރަކަށް މަގާމުގައި ހުންނެވުމާއި ދެކޮޅުހެއްދެވުމުގެ ގޮތުން އެ ގައުމުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކްރިސްޓިއަން ޒެޕްރާ ފިއްލަވައިގެން އެމެރިކާއަށް ވަޑައިގެންފިއެވެ.

މިދިޔަ އަހަރު ބޭއްވި އިންތިޚާބަކީ "ވާދަވެރި މިނިވަން އިންތިޚާބެއް ނޫން" ކަމަށް ކުރިން މަޑޫރޯއަށް ވަފާތެރި ފަނޑިޔާރު ފްލޮރިޑާ ރޭޑިއޯގައި ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާވަނީ ނިޒާމުގެ ތެރެއިން ސުޕްރީމް ކޯޓުގެ އިހްތިސާސަށް މަޑޫރޯ ނުފޫޒު ފޯރުއްވާކަމަށްވެސް ވަނީ ތުހުމަތުކުރައްވާފައެވެ.

ޒެޕްރާއަށް ރައްދުދީ އެ ގައުމުގެ ސުޕްރީމް ކޯޓުން ބުނެފައިވަނީ އޭނަ ފިއްލެވީ ޖިންސީ ފުރައްސާރައިގެ ތުހުމަތުންކަމަށެވެ.

އިދިކޮޅު ޕާޓީތަކުންވަނީ 2018 ގެ އިންތިޚާބަކީ މަލާމާތެއްކަމަށްބުނެ އިންތިޚާބު ބޮއިކޮޓް ކޮށްފައެވެ.

ސުޕްރީމް ކޯޓުގައި ޒެޕްރާ ވެގެން ގޮސްފައިވަނީ މަޑޫރޯއަށް ދެކޮޅު ރައުޔުތަައް ނެރުއްވާ ބޭފުޅެއްގެ ގޮތުގައެވެ. ގާނޫނުހަދާ މަޖިލީހުގެ ބާރުތައް ކަނޑުވާލުމަށް 2016 ވަނަ އަހަރު މަޑޫރޯ ނިންމެވި ނިންމެވުމުގައިވެސް ޒެޕްރާއަކީ އެ މައްސަލައިގައި ގާނޫނީ ރައުޔު ތަފާތު ބޭފުޅެކެވެ.

މަޑޫރޯގެ ސޯޝަލިސްޓް ޕާޓީއަށް އެ އަހަރުގެ ކުރީކޮޅު ބޭއްވި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ނާކާމިޔާބުވެ އިދިކޮޅުންވަނީ ބޮޑުތފާތަކުން އިންތިޚާބު ކާމިޔާބުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް