18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ބްރިޓްނީ ސްޕިއަރސް

ބްރިޓްނީ ސްޕިއަރސް ދުވަސްކޮޅަކަށް މިއުޒިކާ ދުރަށްޖެހިލަނީ

  • ބްރިޓްނީ މިގޮތަށް ނިންމާފައިވަނީ ބައްޕަ، ޖޭމީ ސްޕިއަރސްގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން
އައިޝަތު ޝާނީ | Shaaknee

| 6 ޖެނުއަރީ 2019 | އާދީއްތަ 22:31 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ބްރިޓްނީ ސްޕިއަރސް -- އެވަރެޓް ކަލެކްޝަން

މަޝްހޫރު ލަވަކިޔުންތެރިޔާ، ބްރިޓްނީ ސްޕިއަރސް ދުވަސްކޮޅަކަށް މަސައްކަތާ ދުރަށްޖެހުމަށް ނިންމައިފިއެވެ.

90ގެ ފަހުކޮޅުގައި 'ބޭބީ ވަން މޯ ޓައިމް' ލަވައާއެކު ދުނިޔެއަށް ތައާރުފުވި ބްރިޓްނީ މިގޮތަށް ނިންމާފައި ވަނީ އޭނާގެ ބައްޕަ، ޖޭމީ ސްޕިއަރސްގެ ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެންނެވެ.

ހުކުރު ދުވަހު އިންސްޓަގްރާމް މެދުވެރިކޮށް ކުރި އިއުލާނެއްގައި ބްރިޓްނީ ބުނެފައިވަނީ އާއިލާއާއެކު ވަގުތު ހޭދަކުރުމަށް މިއުޒިކާ ދުވަސްކޮޅަކަށް ދުރަށްޖެހިލުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މިއީ ކިހާ ދުވަހެއްގެ ބްރޭކެއްކަމެއް އޭނާއެއް ނުބުނެއެވެ.

މީގެ އިތުރުން، ބައްޕަގެ ސިއްހީ ހާލަތު ވަރަށް ގޯސްކަމަށާއި، ދިރިހުރީ ކިރިޔާކަމަށް ބްރިޓްނީ ބުނެފައިވެއެވެ. އެހެންކަމުން ހުރިހާ 'ފޯކަސްއަކާއި އެނާޖީ'އެއް އާއިލާއެއް ދޭން ބޭނުންވާކަމަށް އޭނާ ބުންޏެވެ.

"މީގެ މަސްތަކެއް ކުރިން ބައްޕަ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނު، ކިރިޔާ މަރުނުވީ. ބައްފަ ސަލާމަތުން ހުރީތީ އާއިލާ އެންމެންވެސް ވަރަށް އުފާ ކުރޭ، އެކަމަކު އަދި ރަނގަޅުވާން ވަރަށް މަސައްކަތް ކުރަންޖެހޭ. އެހެންކަމުން މި އުނދަގޫ ނިންމުން ނިންމަން އަހަރެންނަށް ޖެހުނީ،" ބްރިޓްނީ ބުންޏެވެ.

ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބްރިޓްނީގެ ބައްޕަ ހޮސްޕިޓަލްގައި އެޑްމިޓް ކުރެވުނީ ގޮހޮރަށް ދިމާވި ކަމެއްގެ ސަބަބުންނެވެ. އަދި އެކަމާ ގުޅިގެން އޭނާ 28 ދުވަސް ވަންދެން އެމެރިކާގެ ލާސް ވެގަސްގެ ސަންރައިޒް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެވުނުކަމަށް ސީއެންއެންއިން ބުނެފައިވެއެވެ.

ބްރިޓްނީ މަސައްކަތާ ދުރަށްޖެހޭ އިރު، އޭނާގެ ލާސް ވޭގަސް ރެސިޑަންސީ ޝޯވ 'ޑޮމިނޭޝަން' ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހެވެ. އަދި ގިނަ ބައެއް މިހާރުވެސް މި ޝޯވ ބެލުމަށް ޓިކެޓް ނަގާފައިވާއިރު، ބްރިޓްނީ ބުނީ އޭނާގެ އޮފިޝަލް ވެބްސައިޓް މެދުވެރިކޮށް ޓިކެޓްތައް ރިފަންޑް ކުރެވޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް