21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ސެސް ފެބްރިގާސް

އެއްބަސްވުމުގައި ސޮއިކުރުމަށް ފެބްރިގާސް މޮނާކޯގައި

  • ފެބްރިގާސްގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ
ލީވާން އަލީ | MrLeevaan

| 6 ޖެނުއަރީ 2019 | އާދީއްތަ 19:18 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ޗެލްސީއަށް ކުޅެމުން އަންނަ ސެސް ފެބްރިގާސް -- ޓްވިޓަރ

މޮނާކޯއަށް ބަދަލުވުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފިލްޑަރު ސެސް ފެބްރިގާސް ފްރާންސްގެ މޮނާކޯއަށް ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފްރާންސްގެ ބައެއް ރިޕޯޓްތައް ބުނާގޮތުން ފެބްރިގާސް މިވަގުތު މޮނާކޯގައި ހުރިއިރު، އޭނާ ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ރަސްމީކޮށް މޮނާކޯއަށް ބަދަލުވާނެއެވެ.

އެފްއޭކަޕްގައި ނޮޓިންގަމް ފޮރެސްޓް އަތުން 0-2 ގެ ނަތީޖާއިން ޗެލްސީ މޮޅުވި މެޗުގެ 85 ވަނަ މިނެޓުގައި ފެބްރިގާސް ބަދަލުކޮށްފައިވާއިރު، އޭނާ ދަނޑުން ފައިބައިގެން ދިޔައީ ރޮމުންނެވެ. ބެލެވޭ ގޮތުގައި ނޮޓިންގަމް މެޗަކީ ފެބްރިގާސް ޗެލްސީއަށް ކުޅުނު ފަހު މެޗެވެ.

އެގޮތުން އޭނާއާއެކު ޗެލްސީއަށް ކުޅެމުން އަންނަ އަލްވަރާ މޮރާޓާ ވަނީ ކުރިމަގުގައި ފެބްރިގާސްއަށް ކާމިޔާބީއަށް އެދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއްވެސް ޝެއާކޮށްފައެވެ. ނަމަވެސް ފެބްރިގާސް ޗެލްސީ ދޫކޮށް މޮނާކޯއަށް ބަދަލުވާން އުޅޭކަން އަދި އެއްވެސް ގޮތަކަށް ކަށަވަރެއް ނުވެއެވެ.

ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއާ ގުޅިގެން ފެބްރިގާސް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖެނުއަރީ ޓްރާންސްފާއަށް އަމާޒުކޮށް، އޭސީ މިލާނުން ވަނީ ފެބްރިގާސް ހޯދުމަށް މަސައްކަތް ފަށާފައެވެ.

ޗެލްސީއާއެކު ފެބްރިގާސް ހަދާފައިވާ އެއްބަސްވުން މި ސީޒަނަށް ފަހު ހަމަވެއެވެ. އެގޮތުން ޖެނުއަރީ ޓްރާންސްފާގައި ޗެލްސީން ފެބްރިގާސް ވިއްކާނުލައިފި ނަމަ، މި ސީޒަނަށް ފަހު ފެބްރިގާސްއަށް ފްރީ ޓްރާންސްފާއެއްގެ ދަށުން ކްލަބް ބަދަލުކުރަން ފުރުސަތު ލިބޭނެއެވެ.

އާސެނަލް އިން 2003 ވަނަ އަހަރު ކެރިއަރު ފެށި އުމުރުން 29 އަހަރުގެ ފެބްރިގާސް ވަނީ އާސެނަލްއާ އެކު އޭނާ ހޭދަކުރި އަށް ސީޒަނުގައި އެޓީމަށް ކުޅުނު 303 މެޗުގައި 57 ލަނޑު ކާމިޔާބު ކޮށްފައެވެ.

އާސެނަލް ދޫކޮށްލުމަށް ފަހު 2011 ވަނަ އަހަރު ފެބްރިގާސް ވަނީ ބާސާއަށް ބަދަލުވެފައެވެ. އެގޮތުން އޭނާ ވަނީ އެ ޓީމާ އެކު ހޭދަކުރި ތިން ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ކާމިޔާބީތަކެއް ވެސް އެޓީމާ އެކު ހޯދާފައެވެ.

ބާސާއާއެކު ލަލީގާ، ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރި ފެބްރިގާސް ޗެލްސީއަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ.

ފެބްރިގާސް ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު197 މެޗުގައި 22 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ދެ ފަހަރު، އެފްއޭ ކަޕް އެއްފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑްކަޕް ކާމިޔާބު ކުރި ފެބްރިގާސް ވަނީ އެ ގައުމަށް ދެ ފަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް