26 މާރޗް 2019 | އަންގާރަ | 01 ރޭވަ
19 ރަޖަބު 1440
ފަތިސް 04:56
އިރުއަރާ 06:07
މެންދުރު 12:16
އަސްރު 15:17
މަޣްރިބް 18:18
އިޝާ 19:29

އައްޑޫ ނޭޗާރ ޕާކް

އައްޑޫ ސިޓީގެ ނަން ރީތިކޮށްލި އައްޑޫ ނޭޗާރ ޕާކް!

  • މިތަނުން ކޮންމެ ދުވަހަކުވެސް ޙިދުމަތް ލިބޭ
  • ގިނަ ބައެއްގެ ތަރުހީބު ލިބެމުންދޭ
ރިޒުނާ ޒަރީރު | RiznaZareer

| 6 ޖެނުއަރީ 2019 | އާދީއްތަ 18:56 | |

މަގުބޫލް

  1. އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
  2. ވާ ޖަހާފައި މި އޮތީ ހޯރަފުއްޓަށް އެއާޕޯޓް ގެނެސްފައި: މިނިސްޓަރު އައިޝާ
  3. ރަވީ އާއި ރިޝްމީ ކައިވެނި ކޮށްފި
  4. ފޭރުުމުގެ 2 މައްސަލައެއްގައި 8 މީހަކު ހައްޔަރު ކޮށްފި
  5. ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
  6. އެފްއޭއެމް އޯޑިނަރީ ކޮންގްރެސް: ވިކްޓްރީގެ ވަރުގަދަ ހުށަހެޅުންތަކެއް
  7. ހޯރަފުށީ އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި
  8. ފެންކުންފުނިން ސަރުކާރަށް 400 މިލިއަން ރުފިޔާ ދަރާފައި!


އައްޑޫ ނޭޗަރ ޕާކު: ތަފާރު ރީތި މާހައުލެއް -- ފޭސްބުކް

އައްޑޫ ސިޓީ އުފެދިފައިވާ ގޮތުން އެއަތޮޅުގެ ރައްޔިތުން ޕިކްނިކް ގޮސް އުޅެނީ ގުޅިފައިވާ ފަޅުރަށްތަކުގައެވެ.

އެސަރަހައްދުގެ މޫދަކީ އެހާ ރީތި ތަނެއް ނޫން ކަމުގައިވެސް ގިނަ މީހުންނަށް އެނޫން ގޮތެއް ނެތުމުން އެސަރަހައްދަށް ގޮސް މޫދަށް އެރިއުޅެއެވެ. ތަފާތު ކަންކަން ތަޖްރިބާ ކުރުމަށް އެހާ ބޮޑު ފުރުޞަތެއް އައްޑޫގައި މަގުފަހިވެފައެއް ނޯވެއެވެ. ހާއްސަކޮށް މޫދު ކުޅިވަރަކީ އާންމު ގޮތެއްގައި އެންމެނަށް ތަޖްރިބާ ކުރެވޭ ކަމެއް ނޫނެވެ.

ނަމަވެސް އައްޑޫ ނޭޗަރ ޕާކްގެ ވާހަކައަކީ މިހާރު އެންމެ ގަދައަށް ސޯޝަލް މީޑިޔާގައި ދެކެވޭ އެއްވާހަކައެވެ. ހާއްސަކޮށް އައްޑޫ ރައްޔިތުންގެ ފަރާތުން އައްޑޫ ނޭޗަރ ޕާކުގެ ވާހަކަ ދައްކަމުންދާ އަޑު ވަނީ ގަދަވެފައެވެ. އެގޮތުން މިއީ ތަފާތު ތަޖްރިބާއެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ތަނުގެ ހިތް ގައިމު ވާހަކަ ގިނަ މީހުން ދައްކައެވެ. 

ސްކޫލު ޗުއްޓީ ތެރޭގައި މުޅި ތަން އޮތީ އެއްކޮށް ބުކްވެފައެވެ. ވަރަށް ގިނަ މީހުން ކޮންމެ ދުވަހަކުވެސް ބުކިންގްސް ހަދަން ގުޅައެވެ. މިއީ ހީކުރިވަރަށް ވުރެ ބޮޑު ތަރުހީބެއް ކަމަށް ރާއްޖެއެމްވީއާއި ވާހަކަދައްކަމުން އައްޑޫ ނޭޗަރ ޕާކްގެ އެސިސްޓަންޑް ޑިރެކްޓަރ އައިމިނަތު އަފާއު ވިދާޅުވިއެވެ.

އަފާއު ބުނިގޮތުގައި އައްޑޫ ނޭޗަރ ޕާކު ވެގެންދިޔަކީ އައްޑޫ ރައްޔިތުން ހިތް ހަމަޖައްސާލަން މުނިފޫހި ފިލުވާލަން ހުޅުވި ވަރަށް ރަނގަޅު ތަނަކަށް ވަނީ ވެފައެވެ.

ސްކޫލު ބަންދާއި ދިމާކޮށް ނޭޗަރ ޕާކަށް ވަންނަން ހާއްސަ އަގުތަކެއް ހަމަޖައްސާފައިވާއިރު 13 ޖެނުއަރީއާއި ހަމައަށް އަދިވެސް ސްޕެޝަލް ފެއަރގެ ދަށުން ނޭޗަރ ޕާކަށް ދެވެނޭއެވެ.

ނޭޗަރ ޕާކުގައި ދެވޭ ހިދުމަތްތަކުގެ ތެރޭގައި މުޅި ނޭޗަރ ޕާކް ބަލާލުމަށް ބޭނުންވާ މީހުންނަށް ބައިސިކަލް ހަޔަރ ކުރެވުމާއި، ބަގީ ހަޔަރ ކުރުމާއި، ސްނޯކްލިން، ކެނޯ ޕެޑަލް ބޯޓާއި، އަދި އޯލް އިންކްލޫސިވްގެ އިތުރުން ޓުއަރއެއްގެ ހިދުމަތްވެސް ލިބޭނެއެވެ. އެގޮތުން އެންމެ ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ ކެނޯ ޕެޑަލް ބޯޓާއި އޯލް އިންކްލޫސިވްއަށް ކަމަށް އަފާއު ވިދާޅުވިއެވެ. 

އަދި ނޭޗަރ ޕާކުގެ ޓުއަރގެ ތެރެއިން އެތަނުގައި ހިމެނޭ ތާރީހީ ތަންތަނުގެ ވަރަށް ގިނަ މައުލޫމާތު ދެވޭއިރު މިއީ އައްޑޫގެ ގިނަ ރައްޔިތުންނަށް ނޭނގޭ މައުލޫމާތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާއިލާތަކުން ޕިކްނިކް ހަދާލުމަށާއި މޫދަށް އެރިލުމަށްވެސް ނޭޗަރ ޕާކަށް ޒިޔާރަތްކުރެއެވެ.

 

ގިނަ އަދަދެއްގެ މީހުން ތަރުހީބު މިތަނަށް ލިބިގެންދާއިރު އައްޑޫ ސިޓީގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ތެރެއިން ގިނަ އަދަދެއްގެ ފަތުރުވެރިން މިހާރު ނޭޗަރ ޕާކަށް ޒިޔާރަތް ކުރާ ކަމަށް އަފާއު ވިދާޅުވިއެވެ.

އެގޮތުން އޭނާ ވިދާޅުވީ ހަފްތާއެއްގެ މައްޗަށް އެއްހާސް މީހުން ނޭޗަރ ޕާކަށް ޒިޔާރަތް ކުރާ ކަމަށެވެ. މިއީ ހީކުރި ވަރަށް ވުރެވެސް ބޮޑު ތަރުހީބެއް ކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ އެ ތަނަކީ އެއް ފަހަރާ 100 މީހުންނަށް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެއް ކަމަށެވެ.

ދުވާލު އެކި ގަޑިތަކުގައި މީހުން އެތަނަށް ޒިޔާރަތްކުރާކަމަކާއި ހާއްސަކޮށް އާއިލާތަކުން ގިނަ އަދަދެއްގެ މީހުން އެއްފަހަރާ ޒިޔާރަތްކުރާ ކަމަށް އަފާއު ވިދާޅުވިއެވެ.

އަފާއު ވިދާޅުވީ އެތަނަށް ޒިޔާރަތްކުރާ މީހުންނަށް އެންމެ ރަނގަޅު ހިދުމަތް ދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށާއި އެގޮތުން ކައިރި މުސްތަޤްބަލުގައި ކެންޓީނުގެ ޙިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި ހަފްތާގެ ކޮންމެ ދުވަހުވެސް ޙިދުމަތް ދެމުންގެންދެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް