18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

އެޑިންސަން ކަވާނީ

ޗެލްސީން ކަވާނީއަށް 50 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅަނީ

  • ކަވާނީ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުން
ލީވާން އަލީ | MrLeevaan

| 6 ޖެނުއަރީ 2019 | އާދީއްތަ 15:39 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


އެޑިންސަން ކަވާނީ -- ގެޓީ އިމޭޖާސް

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ހޯދުމަށް ޗެލްސީން 50 މިލިއަން ޕައުންޑު ހުށަހަޅަން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސަންޑޭ އެކްސްޕްރެސް އިން ބުނީ، ކަވާނީ ހޯދުމަށް ޗެލްސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭނާ ހޯދުމަށް އެ ކްލަބުން 50 މިލިއަން ޕައުންޑު ހުށަހަޅަން އެޓީމުން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ނަޕޯލީ ދޫކޮށްލުމަށް ފަހު 2013 ވަނަ އަހަރުގެ ޖުލައި މަހު ކަވާނީ ޕީއެސްޖީއަށް ބަދަލުވީ 64 މިލިއަން ޔޫރޯގެ އަގަކަށް ފަސް އަހަރަށެވެ. އެ އަށް ފަހު އޭނާ އެއްބަސްވުން އާކޮށްފައެއް ނުވެއެވެ. 

ނަޕޯލީން ވިދާލި ކަވާނީ ޕީއެސްޖީއަށް ބަދަލުވީ 2013 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެޓީމަށް މިހާތަނަށް ކުޅުނު 262 މެޗުގައި 183 ލަނޑު ކާމިޔާބުކޮށްފައެވެ.

ކަވާނީ ވަނީ ޕީއެސްޖީއާ އެކު ހަތަރު ލީގު ތަށި، ފަސް ލީގް ކަޕް އަދި ތިން ސުޕާކަޕް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ފްރާންސްގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު 2017 ވަނަ އަހަރު ހޯދުމުގެ އިތުރުން ފްރެންޗް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.  

ނަޕޯލީއާ އެކު ކޮޕާ އިޓަލިއާ ކާމިޔާބުކޮށްފައިވާ ކަވާނީ ވަނީ ތިން ސީޒަނެއްގެ މަތިން ޓީމް އޮފް ދަ އިޔާގައި ހިމެނުމުގެ އިތުރުން 2010 ވަނަ އަހަރު އެ ލީގުގެ ފޭން އެވޯޑްވެސް ހޯދާފައެވެ.

އުރުގުއޭއާއެކު 2011 ވަނަ އަހަރު ކޮޕާ އެމެރިކާ ކާމިޔާބު ކޮށްފައިވާ ކަވާނީ ވަނީ އެ ޓީމަށް ކުޅުނު 109 މެޗުގައި 46 ލަނޑު ކާމިޔާބުކޮށްފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް