18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ޓެނިސް ޓީމު ތައިލެންޑަށް ފުރުން

ރާއްޖޭގެ 14 އަހަރުން ދަށުގެ ޓެނިސް ޓީމް ތައިލެންޑަށް ފުރައިފި

  • ޓެނިސް ޓީމު ފުރީ އާދީއްތަ ދުވަހު
ލީވާން އަލީ | MrLeevaan

| 6 ޖެނުއަރީ 2019 | އާދީއްތަ 15:26 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ޒުވާން ޓެނިސް ޓީމް -- ޓެނިސް އެސޯސިއޭޝަން

އައިޓީއެފް އޭޝިއާ 14 އެންޑް އަންޑަރ ޓެނިސް ޗެމްޕިއަންޝިޕްސްގެ ދެވަނަ ޑިވިޝަންގައި ވާދަކުރުމަށް ރާއްޖޭގެ 14 އަހަރުން ދަށުގެ ޓެނިސް ޓީމް ތައިލެންޑަށް ފުރައިފިއެވެ.

ޓެނިސް ޓީމު އާދީއްތަ ދުވަހު ފުރާފައިވާއިރު، ޓީމުގައި ހިމެނެނީ ތިން ފިރިހެން ކުޅުންތެރިންނާއި، ތިން އަންހެން ކުޅުންތެރިން އަދި ކޯޗެކެވެ.

މުބާރާތަށް ފުރި އުމުރުން 12 އަހަރުގެ ފިރިހެން ތިން ކުޅުންތެރިންނަކީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ރައުދަކް މައުމޫން އާއި އެ ސްކޫލްގެ މުހައްމަދު ނާމިގް ޝާހިދު އަދި އެ ސްކޫލްގެ އިސްމާއިލް ނުހައިކް އިރްޝާންއެވެ.

މުބާރާތަށް ފުރި އުމުރުން 12 އަހަރުގެ ދެ އަންހެން ކުޅުންތެރިންނަކީ ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގެ ލަޔާން މުހައްމަދު ޝާމިން އާއި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ޒޯޔާ ޒުބިން ސަލީމް އަދި ހަމަ އެ ސްކޫލްގެ އުމުރުން 13 އަހަރުގެ އައިޝަތް ޓާރާ ނައީމްއެވެ. ކޯޗަކީ ކުމާރް އަދިކަރިއެވެ.

 

ޒުވާން ޓެނިސް ޓީމު 

ޓެނިސް ޓީމު ވަނީ މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އަހަރު ނޮވެމްބަރ މަހުން ފެށިގެން ތަމްރީންތައް ކުރިޔަށް ގެންގޮސްފައި ކަމަށް ޓެނިސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.

މިމުބާރާތަކީ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންއިން އިންތިޒާމު ކޮށްގެން ކޮންމެ އަހަރަކު ބާއްވާ މުބާރާތެކެވެ. މިމުބާރާތުން ރަނގަޅު ނަތީޖާ ހޯދާ ގައުމުތައް އެއް ވަނަ ޑިވިޝަނަށް ކޮލިފައި ވާނެއެވެ. އަދި ވަކިވަކި ކުޅުންތެރިން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ ފަރާތުން އާންމު ކުރާ 14 އަހަރުން ދަށުގެ ރޭންކިންގް ލިސްޓުގައި ހިމެނުމުގެ ފުރުސަތުވެސް ލިބިގެން ދާނެއެވެ.

މުބާރާތަށްފަހު ގައުމީ ޓެނިސް ޓީމް އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.  

ބައިނަލް އަގްވާމީ މުބާރާތްތަކުގައި ޖޫނިއަރ ކުޅުންތެރިންނަށް ވާދަ ކުރުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަކީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަރަށް އިސްކަންދޭ ކަމެވެ.

އެގޮތުން މިއަހަރު އަހަރުގެ ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖޫނިއަރ ޑޭވިސް ކަޕް އަދި ޖޫނިއަރ ފެޑް ކަޕްގެ ސަރަޙައްދީ ކޮލިފައިންގައި ޓީމެއް ބައިވެރި ކުރުމަށްވެސް ވަނީ ނިންމާފައެވެ. މިއީ ޖޫނިއަރ ޑެވިސް ކަޕް އަދި ޖޫނިއަރ ފެޑް ކަޕްގައި ރާއްޖެއިން ބައިވެރިވާ ދެވަނަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް