18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ސަލްމާން ޚާން

ސަލްމާން ޚާން ކައިވެނި ކުރާނެ އަހަރު ބުނުމުން ގިނަ ބަޔަކު ހައިރާންވެއްޖެ

  • ފިލްމު ރިލީޒް ކުރާނީ 2019، ޖޫން މަހުގެ 5 ގައި
  • މިފިލްމްގައި ސަލްމާންގެ ތަފާތު ފަސް ސިފައެއް ފެނިގެން ދާނެ
ރިޒުނާ ޒަރީރު | RiznaZareer

| 6 ޖެނުއަރީ 2019 | އާދީއްތަ 14:50 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ބޮލީވުޑުގެ މަޝްހޫރު ސުޕަރސްޓަރ ސަލްމާން ޚާން -- ބޮލީވުޑް ހަންގާމާ

ބޮލީވުޑުގެ މަޝްހޫރު ސުޕަރސްޓަރ ސަލްމާން ކައިވެނި ކުރާ ދުވަހަކަށް ގިނަ ބަޔަކު އިންތިޒާރުކުރެއެވެ. އެގޮތުން އޭނާއަށް ސަޕޯޓްކުރާ އެތައް ބައެއްގެ އިތުރުން އޭނާއާ އެކު ފިލްމުތަކުގައި މަސައްކަތްކުރާ އަންހެން ފަންނާނުންނާއި ބޮލީވުޑުގައި ސަލްމާނާއި ރަޙްމަތްތެރިކަން އޮންނަ އެކި ފަރާތްތަކުން އަބަދުވެސް ކައިވެނި ކުރާނެ ދުވަހެއް ބުނުމަށް އެދި އޭނާއާ ސުވާލު ކުރަމުން ދެއެވެ.

ސަލްމާން މީހަކާ ކައިވެނި ކުރާ ދުވަހެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިއްބާ ބޮލީވުޑުގެ ފަންނާނުންގެ ތެރެއިން ސޯނަމް ކަޕޫރާއި، ދީޕިކާ ޕަދުކޯން، އަދި ޕްރިޔަންކާ ޗޯޕްޅާ ވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ކައިވެނިކޮށްފައެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިމްލު "ބާރަތު" ޕްރޮމޯޓްކުރުމަށްޓަކައި "ދަ ކަޕިލް ޝަރްމާ ޝޯވް" އަށް ދިއުމަށް ފަހު ސަލްމާން ވަނީ އޭނާ ކައިވެނި ކުރާނެ އުމުރު ބުނެފައެވެ.

ގިނަ ބަޔަކަށް މިކަމުން ހައިރާންކަން ގެނުވީ ކަޕިލް އޭނާ ކައިވެނިކުރާނެ ދުވަހަކީ ކޮބައިކަން އެހުމުން ބުނީ ފިލްމު "ބާރަތު" ގައި ވެސް އޭނާ ކައިވެނި ކުރަނީ 72 އަހަރުގައި ކަމަށާއި އެހެންކަމުން އެ ފިލުމުގައި ކަންތައް ވެގެންދާ ގޮތަށް އޭނާ ވެސް ކަންތައް ކުރާނެ ކަމަށެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ތަފާތު އެކި ވާހަކަ ދައްކަމުންނެވެ.

އަލީ އައްބާސް ޒަފަރުގެ މި ފިލްމުގެ މަސައްކަތް ނިމިފައިވާއިރު މި ފިލްމުގެ ޝޫޓިން ކުރިއަށް ގެންގޮސްފައި ވަނީ ޕަންޖާބާއި، މުމްބާއީ، ދިއްލީ، އަދި މޯލްޓާގައެވެ.

ސަލްމާން ޚާންގެ ފިލްމް "ބާރަތު" ގައި އޭނާގެ ތަފާތު ފަސް ސިފައެއް ފެނިގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ފިލްމްގައި ސަލްމާންގެ އުމުރުން 18 އަހަރާއި 70 އަހަރާ ދެމެދުގެ ފަސް ސިފައެއް ފެނިގެން ދާނެއެވެ. އެގޮތުން ސަލްމާން އޭނާގެ ޒުވާން ދުވަސްވަރު ކެރިއަރ ފެށުނުއިރު ކުޅެފައިވާ ފިލްމް މައިނޭ ޕްޔާރްކިޔާ އިން ފެނިގެންދާ ގޮތުން ފެށިގެން މިހާރާ ހަމައަށް ދައްކުވައިދޭނެއެވެ.

"ބަރާތު"ގައި ސަލްމާނާ އެކު ކުރިން ލީޑް ރޯލް ކުޅުމަށް ހަމަޖެހިފައި އޮތީ ޕްރިޔަންކާ ޗޯޕްޅާއެވެ. ނަމަވެސް އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ ކައިވެނި ކުރުމަށް ޕްރިޔަންކާ ވަނީ އެ ފިލްމް ދޫކޮށްލާފައެވެ. އެ ރޯލަށް ފަހުން ހަމަޖައްސާފައި ވަނީ ކެޓްރީނާ ކައިފެވެ.

މި އަހަރުގެ ޖޫން މަހުގެ 5 ގައި ރިލީޒްކުރާ މި ފިލްމް "ބާރަތު" ގައި ސަލްމާން އާއި ކެޓްރީނާގެ އިތުރުން މުހިއްމު ރޯލްތަކުގެ ފެނިގެންދާ ތަރިންގެ ތެރޭގައި ތައްބޫ އާއި ދިޝާ ޕަޓާނީ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް