18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ބޮލީވުޑް

ސިމްބާ: 200 ކްރޯޑް ކްލަބަށް!

  • ހަމައެކަނި އިންޑިއާއިން މި ފިލްމަށް ލިބުނު އާމްދަނީ ވަނީ 175 ކްރޯޑަށް އަރާފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 6 ޖެނުއަރީ 2019 | އާދީއްތަ 14:08 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ސިމްބާގެ ޕޯސްޓަރު -- ގޫގުލް

މިދިޔަ ޑިސެމްބަރު 28 ގައި ރިލީޒް ކުރި ފިލްމް "ސިމްބާ" އަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީ 200 ކްރޯޑަށް އަރައިފިއެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އާދަޝް ކޮށްފައިވާ ޓްވީޓްގައި ވަނީ އެ ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން  ލިބުނު އާމްދަނީ 200 ކްރޯޑަށް އަރާފައިވާ ކަމަށެވެ.

އަދި ހަމައެކަނި އިންޑިއާ އިން މި ފިލްމަށް ލިބުނު އާމްދަނީ 175 ކްރޯޑަށް އަރާފައިވާ ކަމަށް އޭނާގެ ޓްވީޓްގައި ވެއެވެ.

"ސިމްބާ" ވެގެން ގޮސްފައި ވަނީ ރަންވީރު ސިންގް ކުޅެފައިވާ ސޯލޯ ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީ ލިބިގެން ދިޔަ ފިލްމަށެވެ.

މީގެ އިތުރުން "ސިމްބާ" ވެގެން ގޮސްފައި ވަނީ މި ފިލްމްގެ ޑައިރެކްޓަރ ރޯހިތު ޝެޓީގެ ފިލްމްތަކުގެ ތެރެއިން 100 ކްރޯޑް ލިބުނު އޭނާގެ އަށް ވަނަ ފިލްމަށެވެ.

ތަރަން ބުނެފައިވާ ގޮތުން މި ފިލްމަށް އިންޓަނޭޝަނަލް މާކެޓްގައި ލިބުނު އާމްދަނީ ވަނީ 60 ކްރޯޑަށް އަރާފައެވެ.

"ސިމްބާ" ވެގެން ގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން ސަންޖޭދަތުގެ ބައޯޕިކް "ސަންޖޫ" އަށް ފަހު ފިލްމް ރިލީޒްކުރި ފުރަތަމަ ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދެވަނަ ފިލްމަށެވެ.

ރަންވީރު ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޒޯޔާ އަޚްތަރުގެ ފިލްމް "ގަލީ ބޯއީ" އިންނެވެ. މި ފިލްމުގައި ރަންވީރު ފެނިގެންދާނީ ސްޓްރީޓް ރެޕަރއެއްގެ ރޯލުންނެވެ. އަންނަ މަހު 14 ގައި ރިލީޒްކުރާ މި ފިލްމްގައި ރަންވީރުއާ އެކު ލީޑް ރޯލުން ފެނިގެންދާނީ އާލިއާ ބަޓްއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް