21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

އެފްއޭކަޕް

އެފްއޭކަޕް: ޔުނައިޓެޑާއި، ޗެލްސީ އަދި އާސެނަލް ހަތަރުވަނަ ބުރަށް

  • ޔުނައިޓެޑުން މޮޅުވީ ރެޑިންއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން
  • ޗެލްސީ މޮޅުވީ ނޮޓިންގަމްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން
  • އާސެނަލް މޮޅުވީ ބްލެކްޕޫލްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 6 ޖެނުއަރީ 2019 | އާދީއްތަ 13:32 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ -- ޓްވިޓަރ

އެފްއޭކަޕްގައި މެންޗެސްޓާ ޔުނައިޓެޑާއި، ޗެލްސީ އަދި އާސެނަލް ކުޅުނު މެޗުތަކުން މޮޅުވެ، ހަތަރުވަނަ ބުރުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ ރެޑިންއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑު ދަނޑުގައި ކުޅުނު މެޗު ފަށައިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެ ޓީމުންނެވެ. އެގޮތުން އެޓީމުން ދިޔައީ ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރަމުންނެވެ.

ޔުނައިޓެޑުން މެޗުގެ ލީޑު ނެގީ 22 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ހުއާން މަޓާއެވެ.

ޔުނައިޓެޑުން ލީޑު ފުޅާކުރީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެލެކްސަސް ސަންޗޭޒްގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ރޮމެލޫ ލުކާކޫއެވެ.

ދެވަނަ ހާފް ފެށިގެން ވެސް ރަނގަޅަށް ކުޅެމުންދިޔައީ ޔުނައިޓެޑުންނެވެ. އެގޮތުން މި ހާފްގައި ވެސް އެޓީމުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ. އަދި ރެޑިން އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗަށް ޔުނައިޓެޑް ނުކުތީ އެންމެ ފަހުން ލީގުގައި ނިއުކާސަލްއާ ކުޅުނު މެޗުގެ ފުރަތަމަ 11 އަށް ނުވަ ބަދަލެއް ގެނެސްގެންނެވެ. މެޗަށްފަހު ސޯލްޝެއާ ބުނީ ގިނަ ބަދަލު ތަކަކާއެކު ކުޅެން ނުކުތުމުން ކުޅުންތެރިންގެ ގުޅުން ނުފެނުނު ކަމަށާއި، އެކަމަކު މެޗުން މޮޅުވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ މޮޅުވީ ނޮޓިންގަމް ފޮރެސްޓްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައް އެ ޓީމުން ވަނީ ހޯދާފައެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ޗެލްސީއަށް ޕެނަލްޓީއެއް ލިބުނެވެ. އެހެންނަމަވެސް ސެސް ފެބްރިގާސް ފޮނުވާލި މި ޕެނަލްޓީ ނޮޓިންގަމްގެ ކީޕަރު ވަނީ ދިފާއުކޮށް، ބޭރުކޮށްލާފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސް ޗެލްސީއަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވާއިރު، ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ޗެލްސީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ އަލްވަރާ މޮރާޓާއެވެ.

މި ލަނޑަށް ފަހު ވެސް ޗެލްސީން ދިޔައީ ނޮޓިންގަމްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން 59 ވަނަ މިނެޓުގައި މޮރާޓާ ކާމިޔާބުކުރި އިތުރު ލަނޑަކުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ބްލެކްޕޫލްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ބްލެކްޕޫލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 11 ވަނަ މިނެޓުގައި އާސެނަލްއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ ވިލޮކްއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އާސެނަލްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ވެސް ކާމިޔާބުކުރީ ވިލޮކްއެވެ.

މެޗު ނިމުމުގެ ކުރިން އާސެނަލްގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ އެލެކްސް ލުވޮބީއެވެ. މި ލަނޑަށް ފަހު ވެސް އާސެނަލްއަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މުޅި މެޗުގައި ވެސް ބްލެކްޕޫލްއަށް ލަނޑު ޖެހުމަށް މާ އެދެވޭ ފުރުސަތެއް ލިބިފައެއް ނުވެއެވެ. އަދި ގޯލާ އަމާޒުކޮށް އެޓީމަށް މާގިނަ ހަމަލާއެއް އުފެއްދިފައެއް ވެސް ނުވެއެވެ.

ޕްރިމިއާ ލީގުގެ ޓީމުތަކުގެ ތެރެއިން ބާންލީ، ވެސްޓް ހޭމް އާއި އެވަޓަން، ކްރިސްޓަލް ޕެލޭސް އަދި ބްރައިޓަން އިން ވަނީ ހަތަރު ވަނަ ބުރު ޔަގީން ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް