19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:40
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

މަރިޔަމް މުހައްމަދު (މާޔަން)

ފީފާގެ ރައީސްއާ މާޔަން ބައްދަލުކޮށްފި

  • ފީފާގެ ރައީސްއާ މާޔަން ބައްދަލުކުރީ ހޮނިހިރު ދުވަހުގެ
ލީވާން އަލީ | MrLeevaan

| 6 ޖެނުއަރީ 2019 | އާދީއްތަ 11:27 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި


މާޔަން (ކ) އާއި ފީފާގެ ރައީސް (ވ) -- ޓްވިޓަރ

އަންނަ އޭޕްރިލް މަހު އޮންނަ އޭއެފްސީ ކޮންގްރެސް އިންތިހާބުގައި ފީފާ ކައުންސިލް އަދި އޭއެފްސީ އެގްޒެކްޓިވް ކޮމިޓީ އަށް އެފްއޭއެމް އިން ނަން ހުށަހަޅާފައިވާ މަރިޔަމް މުހައްމަދު (މާޔަން) ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކޮށްފިއެވެ.

ފީފާ ކައުންސިލް ގޮނޑިއަށް ކެމްޕޭން ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު މާޔަން އަބޫދާބީއަށް ފުރާފައި ވާއިރު، އޭނާ އިންފަންޓީނޯއާ ބައްދަލުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ.

މާޔަން ވަނީ ހުކުރު ދުވަހު އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް ހަލީފާއާ ވެސް ބައްދަލުކޮށްފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން މާޔަން ބުނީ، މިއީ ކެމްޕޭން ފެށުމުގެ ގޮތުންކުރާ އެންމެ މުހިންމު އެއް ދަތުރު ކަމަށާއި، މި ދަތުރުގައި ގައުމުތަކުގެ ފެޑެރޭޝަންތަކާ ވެސް ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަބޫދާބީއަށް މާޔަން ކުރާ މި ދަތުރު ކުރިޔަށްދާނީ ތިން ދުވަހުގެ މުއްދަތަށެވެ. އެގޮތުން އަބޫދާބީގެ ދަތުރު ނިންމާލުމަށް ފަހު އާދީއްތަ ދުވަހު މާޔަން ދާނީ ލަންކާއަށެވެ.

ލަންކާ އަށް މާޔަން ކުރާ ދަތުރުގައި އެ ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މާޔަން އެނބުރި ރާއްޖެ އަންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

މާޔަން ބުނީ ގޮނޑި ކާމިޔާބު ވެއްޖެ ނަމަ، ރާއްޖޭގެ ފުޓުބޯޅަ އަށް ގިނަ ކުރިއެރުންތައް ހޯދައިދެވޭނެ ކަމަށާއި، އެގޮތުން ހުއްޓިފައި ހުރި ފީފާގެ ޕްރޮޖެކްޓްތައް އަލުން ފެށުމަށް ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ފީފާ ކައުންސިލް ގޮނޑިއަށް ކުރިމަތިލާފައި ވަނީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި، ނޯތް ކޮރެއާ އާއި، ފަލަސްތީނާއި އަދި ލާއޯސް އިންނެވެ. މި ގޮނޑި މިހާރު ފުރަމުން އަންނަނީ ބަންގްލަދޭޝް އިންނެވެ.

އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި މާޔަން އަށް ފީފާ ކައުންސިލުން ގޮނޑިއެއް ލިބިއްޖެ ނަމަ ހަތަރު އަހަރުގެ މުއްދަތަކަށް ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރުމުގެ ފުރުސަތު އޭނާ އަށް ލިބިގެންދާނެ އެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ މާޔަން އަންނަނީ ރާއްޖޭގެ އަންހެން ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް މީގެކުރިން ކުޅުނު މާޔަން ވަނީ އޭއެފްސީ ވިމެންސް ކޮމެޓީގައި މަސައްކަތް ކުރުމުގެ އިތުރުން އެފްއޭއެމްގައި ވިމެންސް ފުޓުބޯޅަ ޑިވެލޮޕްމެންޓް އޮފިސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް