18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ސެލްބްރިޓީން ރާއްޖެ އައުން

2019ގެ ފެށުން ދުނިޔޭގެ މަޝްހޫރު ގިނަ ތަރިންތަކެއް ފާހަގަކުރީ ރާއްޖޭގައި

  • އޭގެ ތެރޭގައި ހޮލީވުޑް އަދި ބޮލީވުޑްގެ ފަންނާނުން ހިމެނޭ
އައިޝަތު ޝާނީ | Shaaknee

| 5 ޖެނުއަރީ 2019 | ހޮނިހިރު 21:31 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


ސެއިންޓް ރީޖަސް ވޮއްމުލި ރިސޯޓް -- ފޯ ސީޒަން

ގިނަ އަދަދެއްގެ ސެލެބްރިޓީން ވަނީ ރާއްޖޭގައި އާ އަހަރުގެ ފެށުން ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ފަންނާނުންނާއި ބޮލީވުޑްގެ ފަންނާނުން ހިމެނެއެވެ.

އެގޮތުން ރާއްޖޭގައި އާ އަހަރުގެ ފެށުން ފާހަގަކުރި ތަރިންގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ބޭންޑް 'ކޯލްޑްޕެލޭ'ގެ ލީޑް ލަވަކިޔުންތެރިޔާ، ކްރިސް މާޓިން ހިމެނެއެވެ.

ކްރިސްއާ އެކު، އޭނާގެ ކުރީގެ އަނބިމީހާ، 'އަޔަންމޭން'އާއި 'އެވެންޖަރސް'ގެ ފިލްމްތަކުން ފެންނަ ގްވިނެތު ޕަލްޓްރޯ އާއި ގްވިނެތުގެ މިހާރުގެ ފިރިމީހާ، 'އެމެރިކަން ހޮރޯ ސްޓޯރީ'ގެ ކޯ-ކްރިއޭޓަރ ބްރެޑް ފަލްޝަކްވެސް އާ އަހަރު ފާހަގަކުރީ ރާއްޖޭގައެވެ. އަދި ކްރިސްގެ މިހާރުގެ ލޯބިވެރިޔާ، 'ފިފްޓީ ޝޭޑްސް'ގެ ފިލްމްތަކުން ފެންނަ ޑަކޯޓާ ޖޯންސަންވެސް ދަތުރުގައި ބައިވެރިވިއެވެ.

ކްރިސްއާއި ގްވިނެތުގެ ދެ ކުދިން ތިބޭއިރު، ރާއްޖެއަށް އައިސްފައިވަނީ ދަރިންނާއެކު ކަމަށް ބެލެވެއެވެ.

ގްވިނެތު އާއި ބްރެޑްގެ ސޯޝަލް މީޑިއާ ޕޯސްޓްތަކުން އެނގޭ ގޮތުގައި އެ މީހުން ޗުއްޓީ ހޭދަކުރަމުންދަނީ ނ. އަތޮޅުގައި އޮންނަ ސޮނޭވާ ޖަނީގައެވެ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gwyneth Paltrow (@gwynethpaltrow) on

ކްރިސްގެ ދަރިންނާއި ޑަކޯޓާގެ ފޮޓޯއެއް އެއްވެސް ތަނެއްގައި ޝެއާކޮށްފައި ނުވާއިރު، ވެލާނާ އިންޓަނެޝަނަލް އެއާޕޯޓްގެ މުއައްޒަފަކު ޑަކޯޓާއާއެކު ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އަދި، ކްރިސްއާ ބައްދަލުވި ވާހަކަ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ އިސްމާއިލް އައްފާން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށްފައެވެ.

އޭނާ ލަވަކިޔަން ހުއްޓާ ކްރިސް އައުމުން އޭނާ ގާތު ގިޓާގައި ސޮއިކުރުމަށް އެދުނުކަމަށް އައްފާން ބުންޏެވެ. އަދި ގިޓަރގައި ސޮއި ކުރަމުން ކްރިސްވަނީ 'ކޯލްޑްޕްލޭ'ގެ ލަވަތައް ކްރިސްއަށް ވުރެ 'ރީތިކޮށް' އައްފާން ކިޔާކަމަށް ބުނެ ޝުކުރު އަދާކޮށްފައެވެ.

ދުނިޔޭގެ އެހެން ކަންކޮޅުގައި ދިރިއުޅޭ އިރު 24 ގަޑިއިރު ޕަޕަރާޒީންގެ އުނދަގޫތަކާއި ކުރިމަތިވާ މިފަދަ ތަރިން ރާއްޖެއަށް ޒިޔާރަތް ކުރުން އަހަރަކުން އަހަރަކަށް ދަނީ އިތުރުވަމުންނެވެ. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުން މީގެ ސަބަބަކީ ރާއްޖޭގެ ރިސޯޓްތަކުގައި ޕަޕަރާޒީންގެ އުނދަގޫ ނެތުމެވެ.

ކްރިސްއާއި އޭނާގެ 'މޮޑަރން ފެމިލީ'ގެ އިތުރުން، ރާއްޖޭގައި 2019 ވަނަ އަހަރުގެ ފެށުން ފާހަގަކުރި ހޮލީވުޑްގެ ތަރިންގެ ތެރޭގައި މަޝްހޫރު ސުޕަރމޮޑެލް އަދި އެކްޓްރެސް ކާރާ ޑިލެވިން، ދައްތަ ޕޮޕީ ޑިލެވިން, 'ޕްރިޓީ ލިޓްލް ލަޔަރސް'ގެ ތަރިއެއްކަމަށްވާ އޭޝްލީ ބެންސަން، ފިލްމީތަރި ސިއެނަރ މިލަރ އަދި ލަވަކިޔުންތެރިޔާ ރީޓާ އޯރާ ހިމެނެއެވެ.

ބޮލީވުޑްގެ ތަރިންކަމަށްވާ ޓައިގަރ ޝްރޮފް އާއި ދިޝާ ޕަޓާނީގެ އިންސޓަގްރާމް ޕޯސްޓްތަކަށް ބަލާއިރު، އެ މީހުން ވެސް 2018 ވަނަ އަހަރު ނިންމައި 2019 އަށް މަރުހަބާ ކިޔާފައިވަނީ ރާއްޖޭގައެވެ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tiger Shroff (@tigerjackieshroff) on

މީގެ އިތުރުންވެސް 2018 ވަނަ އަހަރު ދުނިޔޭގެ މަޝްހޫރު ގިނަ ތަރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

އޭގެ ތެރޭގައި، ޖަސްޓިން ބީބަރ، އެލިޒަބެތު ހަރލީ އާއި އޭނާގެ އާއިލާ، ކްރިސް ޖެނަރ އާއި ލޯބިވެރިޔާ ކޯރީ ގެމްބަލް، އަދި ސައިފް އަލީ ޚާން އާއި ކަރީނާ ކަޕޫރު ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް