21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ވާވޭ ޓެކްނޮލޮޖީސް

އައިފޯނުން ޓްވީޓް ކުރި ވާވޭގެ މުވައްޒަފުންނަށް އަދަބު ދީފި

  • ޓްވީޓުގެ ސަބަބުން ކުންފުނީގެ މަރުކާއަށް ގެއްލުން ލިބިފައިވާ ކަމަށް
އަމަން ހަލީމް | soupized

| 5 ޖެނުއަރީ 2019 | ހޮނިހިރު 04:41 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ވާވޭގެ އޮފީސް އިމާރާތެއް -- ރޮއިޓަރސް

ޗައިނާގެ ވާވޭ ޓެކްނޮލޮޖީސްގެ ރަސްމީ ޓްވިޓާ އެކައުންޓުން އާ އަހަރުގެ ތަހުނިޔާ ރައްދު ކުރި ޓްވީޓް، އައިފޯނަކުން ކުރި މައްސަލާގައި އެ ކުންފުނީގެ ދެ މުވައްޒަފަކަށް އަދަބު ދީފިއެވެ.

ރޮއިޓަރޒަށް ލިބިފައިވާ ވާވޭގެ އެތެރޭގެ މެމޯގައި، މި ޓްވީޓްގެ ސަބަބުން އެ ކުންފުނީގެ މަރުކާއަށް ގެއްލުން ލިބިފައިވާ ކަމަށް އެ ކުންފުނީގެ ބޯޑު މެމްބަރު ޗެން ލީފަންގް ބުނެފައިވެއެވެ.

އެ މައްސަލަ ދިމާވާން މެދުވެރިވީ، ކުންފުނީގެ މީސް މީޑިއާގެ ކަންކަން މަތިކޮށްފައިވާ "ސަޕިއެންޓް" ކުންފުނީގެ ޑެސްކްޓޮޕް ކޮމްޕިޔުޓަރެއްގެ ވީޕީއެންއަށް ދިމާވި މައްސަލައަކާ ގުޅިގެން، އާ އަހަރު ވީ ވަގުތަށް ޓްވީޓް ފޮނުވުމުގެ ގޮތުން އައިފޯނެއް ބޭނުން ކުރުމުން ކަމަށް ވެސް އެ މެމޯގައިވެ އެވެ.

ޗައިނާގައި ޓްވިޓާ އާއި ފޭސްބުކް އަދި ގޫގުލް ފަދަ ބޭރުގެ ވެބްސައިޓްތައް ބްލޮކްކޮށްފައި (ނުވަދެވޭ ގޮތް ހަދާފައި) ހުރުމުން، މި ވެބްސައިޓްތައް ބޭނުންކުރާ ފަރާތްތަކަށް ޖެހެނީ ވާޗުއަލް ޕްރައިވެޓް ނެޓްވޯކް (ވީޕީއެން)ގެ ބޭނުންކުރާށެވެ.

މި ކަމުގައި ޒިންމާވާން ޖެހޭ ވާވޭގެ ދެ މުވައްޒިފެއްގެ މަގާމު ދަށްކޮށް، އެ މީހުންނަށް ކޮންމެ މަހަކު ލިބޭ މުސާރައިން 728.27 ޑޮލަރު (11229 ރުފިޔާ) އުނިކުރަން ނިންމާފައިވާ ކަމަށް ވެސް އެ މެމޯގައި ވެއެވެ. އަދި އެތަނުން އެއް މުވައްޒިފެއްގެ މުސާރައިގެ ކުރިއެރުން އަހަރަކަށް ހިފަހައްޓަން ނިންމާފައިވާ ކަމަށް ވެސް މެމޯގައި ވެއެވެ.

ވާވޭއިން ވަނީ ވާދަވެރި އެޕަލް ކުންފުނި ފަހަތަށް ޖައްސާލުމަށް ފަހު، ދުނިޔޭގެ ސްމާޓްފޯނު ބާޒާރުގެ ދެވަނަ މަގާމު ނަގާފައެވެ. މި ކުންފުނީގެ މަގުބޫލު ފޯނުތަކުގެ ތެރޭގައި ޕީ-ސީރިޒް އަދި މޭޓް ސީރީޒްގެ ފޯނުތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް