18 ޖެނުއަރީ 2019 | ހުކުރު | 13 އުތުރަހަޅަ
12 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:02

ތ. ކިނބިދޫ

ޖެހުނު އެއްޗަކުން ނަގައި، ކިނބިދޫ އެމުން ބަރާކޮށްފި

  • އެމުގެ ގޮތުގައި ހިފި ބާވަތަކީ ހިތިބޯ
  • ދެތިން ބާލިދީގެ އެން ނުވައްދާ ގެއެއް މަދު
  • އެންމެ ގިނައިން އެން ހިފީ ގިރާ ސަރަހައްދުން
ޙުސައިން ޙަސަން | hucenhassan

| 4 ޖެނުއަރީ 2019 | ހުކުރު 22:22 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  5. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  6. ނަޝީދުގެ ވާހަކަތައް ހަމަނުޖެހޭ:ގާސިމް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އައްޑޫސިޓީ މީދުއަކީ މުޅި ރާއްޖޭގެ އިންސާފު ގާއިމްކުރުމާ ހަވާލުވެފައި އޮތް ރަށް: ރައީސް ނަޝީދު


އެމުގެ ބާވަތެއް ކަމަށްވާ ހިތިބޯ -- ފޮޓޯ: ރާއްޖެ އެމްވީ

ހުކުރު ދުވަހުގެ މެންދުރުފަހުން ފެށިގެން، އިރުއޮއްސެންދެން ތ. ކިނބިދޫ އެންމެ އުޅުނީ އެ މަސައްކަތުގައެވެ. ހިކިފައި އޮތް، ފަރުމަތީގައި ކުދިބޮޑު އެންމެން އަވަދިނެތި، އަތު ޖެހުނު އެއްޗަކުން ނަގައި ބާލިދީތަކާއި ޓައްޕުތައް ފުރާލިއެވެ. ފުއްޓަރު ފަރާތުން އެކަންޏެއް ނޫނެވެ. ރަށުގެ ވަށައިގެން ހުރިހާ ދިމާލަކުން ވަނީ އެން ތިލަވެފައެވެ. އެމުގެ ބާވަތެއް ކަމަށްވާ "ހިތިބޯ" ނުލިބޭ ގެއެއް އެ ރަށުގައި މަދެވެ. ކިނބިދޫ ރައްޔިތުންނަށް ހުކުރު ދުވަހު ލިބުނީ ވަރުގަދަ ރޯއްޖެކެވެ.

ފަރުމަތީގައި އެން ހިފުމުގައި ރަށުގެ ކުދިބޮޑު އެންމެން -- ފޮޓޯ/ ރާއްޖެއެމްވީ

ކިނބިދޫ ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ނާޒިމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ މިވަރުގެ ދުވަހެއް އަދި ނުދެކޭ ކަމަށާއި މީގެ ކުރިން އެހާ ގިނަ އަދަދަކަށް އެން ތިލަވި ދުވަހެއް ހަނދާނުގައި ވެސް ނެތް ކަމަށެވެ. ދިޔަވަތު ހިކުނު ވަގުތު، ފަރުމައްޗަށް ގޮސް، ގިނަ ބަޔަކު އެން ހިފި ކަމަށާއި ދެ ތިން ބާލިދީގެ އެން ނުވައްދާ ގެއެއް މަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ގެއަކުން ކަހަލަ ގޮތަކަށް އެ މަސައްކަތުގައި އުޅުނު. އެން ހިފައިގެން އައިސް، ބަހަން ވެސް ބެހި. ދެތިން ބާލިދީގެ އެން ނުވައްދާ ގެއެއް މަދުވާނެ،" ހާހެއްހާ މީހުން ދިރިއުޅޭ ކިނބިދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

އެން ހިފުމުގެ މަސައްކަތުގައި އުޅުނު ކިނބިދޫ، ނަސްރުއްޞޮބާގޭ، އަލީ ހުސައިން "ރާއްޖެއެމްވީ"އަށް ބުނީ އެން ހިފުމުގައި އެންމެ ގިނައިން އުޅުނީ އަންހެންވެރިން ކަމަށާއި ދާ ޖަހައިގެންނާއި ޝޯލް ބޭނުން ކޮށްގެން ވެސް އެން ހިފި ކަމަށެވެ. އެގޮތަށް އެން ތިލަވުމަކީ މޫސުމީ ކަމެއް ކަމަށް ރަށުގެ ދުވަސްވީ މީހުން ކިޔައި އުޅެއެވެ. ތ. އަތޮޅުގެ ބައެއް ރަށްތަކަށް އެގޮތަށް ރިންމަހާއި ރާގޮނޑި އާއި މުށިމަސް ތިލަވެއެވެ. ތ. އަތޮޅު ބުރުންޏަކީ އެގޮތަށް މަޝްހޫރު ރަށެކެވެ.

ދިޔަވަރު ހިކުމުން ގިނަ ބަޔަކު އެން ހިފުމުގެ މަސައްކަތުގައި -- ފޮޓޯ/ ރާއްޖެއެމްވީ

އެން ތިލަވެ، ކިނބިދޫ ފަޅުތެރެ ހުކުރު ދުވަހު އެމުން ބަރާވެފައި އޮތްކަން އެނގުނީ ހުކުރުގެ ކުރިން، މޫދަށް އެރި އުޅުނު ކުދިންތަކަކަށް ކަމަށް ވެސް އަލީ ބުންޏެވެ. ދިޔަވަރު ހިކުމުން، ތަރަތަރަ އަޅާފައި، ބަޑިބަޑި އަޅާފައި އެންމެން ނުކުމެ، ހިފި "ހިތިބޯ" ބޭނުންކޮށްގެން ވަރަށް މީރުކޮށް އެކި ގޭގައި ވަނީ ކާއްޗެހި ހާދާފައެވެ. ގިނަ މީހުން ބުނީ ހިތިބޯ ކައްކަން އެންމެ ރަނގަޅީ ބޯ ވަކިކުރުމަށްފަހުގައި ކަމަށެވެ. ބޮލާއެކު ކައްކައިފިނަމަ، ހިތިރަހައެއް ހުންނަ ކަމަށްވެއެވެ.

ހިތިބޯ އެންމެ ގިނައިން ހުކުރު ދުވަހު ހިފީ ކިނބިދޫއިން ގިރާ ސަރަހައްދުންނެވެ. އެ ދިމާލުން ރަށް ގިރަމުންދާތީ، އެތަނަކީ ރަށަށް ނުރައްކަލެކެވެ. އިންޒާރެކެވެ. ރަށް ނެތި ދިއުމުގެ ބިރު ގުޅިފައި ވަނީ އެ ސަރަހައްދާއެވެ. ނަމަވެސް ހުކުރު ދުވަހު އެ ސަރަހައްދުން ލިބުނު ރޯދިން، އެއް ދުވަހަކަށް ނަމަވެސް، ރައްޔިތުން ތިބީ ހިތްހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް