19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

އެމްޑީޕީ-ޕީޕީއެމް

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

  • ރައީސް ނަޝީދު ގިނިކަންޏާ 48 އިންސައްތަ، އިއްތިހާދަކުން ރައީސް ޔާމީނަށް 51 އިންސައްތަ
  • ޕީޕީއެމް ޖަލްސާތަކަށް މެންބަރުން ގެންދަނީ މަޖުބޫރުކޮށްގެން
އަޒުމޫން އަހުމަދު | azmoon_ahmed

| 12 ފެބުރުވަރީ 2017 | އާދީއްތަ 19:43 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


އެމްޑީޕީގެ ހިނގާލުމެއްގައި އަންހެނުންތަކެއް ފޯރީގައި ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލަނީ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އޯގާތެރިކަމާއި ރަހުމު ފޯރުކޮށްގެން ލިބޭ ލޯތްބާއި ގަދަ މަޖުބޫރުން ހޯދާ ލޯބީގައި ލައްކަ ތަފާތެއްވެ އެވެ. މީހެއްގެ ހިތުން ރުހުމުން ދޭ ލޯތްބަކީ އޭގައި އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ދޭ ލޯތްބެކެވެ. މިފަދަ ލޯތްބެއްގެ ލައްޒަތާއި އުފާވެރިކަން ތާއަބަދަށް ދިގުދެމިގެންދެ އެވެ. ނަމަވެސް ގަދަ މަޖުބޫރުން ބިރު ދައްކައިގެން ހޯދާ ލޯތްބަކީ އޭގައި އެއްވެސް ލައްޒަތެއް އުފަލެއް ނެތް ކުޑަ ވަގުތުކޮޅެއްގެ ހިތްހަމަޖެހުމެކެވެ. މިފަދަ ލޯތްބަކުން ދެހިތެއް ގުޅުނު ނަމަވެސް، އެއީ ބަލިކަށި ގުޅުމެކެވެ. 

ގަދަ މަޖުބޫރުގައި ފޮނި ލޯބި ހޯދުމަކީ ނުވާނެ ކަމެކެވެ. ދައްކާ ބިރަކުން ސަލާމަތްވުމަށް ހިތުގެ އަޑިން ލޯބި ދިނުމަކީ އިންސާނީ ތޮބީއަތުގައި ހިމެނޭ ކަމެއް ނޫނެވެ. އިންސާނީ ތޮބީއަތާއި ދުނިޔެ ހިނގަމުންދާ މި އުސޫލަކީ ބަދަލު ކުރެވޭނެ ކަމެއް ނޫނެވެ. ކިތަންމެ ބާރެއް ލިބިފައި އޮތަސް، އަދި ކިތަންމެ ފައިސާ އެއް ބެހިޔަސް ހިތާއި ހިތުގެ ގުޅުމެއްގެ ތެރެއަށް ވަދެވިދާނެތޯ އެވެ؟

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން މިއަދު ވެސް، އިއްޔެ ވެސް ފެނިގެން ދިޔައީ ހަމަ މި ހަގީގަތެވެ. 2013 ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އިން ވެސް ފެންނަނީ މި ހަގީގަތެވެ. ސުޕްރީމް ކޯޓުން ބާތިލްކުރި އިންތިޚާބުގެ ފުރަތަމަ ބުރުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް 95،224 ވޯޓް ލިބިވަޑައިގަތެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 53،099 ވޯޓެވެ. ޕަސަންޓޭޖުން ބަލާނަމަ ރައީސް ނަޝީދަށް 45 އިންސައްތަ ލިބިވަޑައިގެންނެވި އިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ 25 އިންސައްތަ އެވެ.

އެއަށް ފަހު ރިޔާސީ އިންތިޚާބުގެ ނަތީޖާ ކަނޑައެޅި ދެވަނަ ބުރަށް ނަޒަރު ހިންގަވާލަ ބައްލަވާށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ތިބި ހުރިހާ ފަރާތްތަކާއެކު އިއްތިހާވެގެން ރައީސް ޔާމީނަށް ލިބިވަޑައިގަތީ 111،203 ވޯޓެވެ. ގިނިކަންޏާ، ނިކުމެވަޑައިގެން ރައީސް ނަޝީދު ވަނީ 105،181 ވޯޓް ހޯއްދަވާފަ އެވެ. މިއީ އެންމެ މިސާލެކެވެ.

ދާދި ފަހުން ނިމުނު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަށް ހަމައެކަނި ބަލާލުމުން ވެސް މެންބަރުން ގިނައީ ކޮން ޕާޓީއެއްގައިކަން ސާފުވެ އެވެ. ނުފޫޒުގައި ބެދިފައި އޮތް ކޮމިޝަނެއްގެ ރަޖިސްޓްރީ އިން އެމްޑީޕީގެ ދެބައިކުޅައެއްބަޔަށް ވުރެ ގިނަ މެންބަރުން ވަކިކުރި ނަމަވެސް، އެ މެންބަރުންގެ ހިތުން އެމްޑީޕީ އަށް ދެވިފައި އޮތް ލޯބި ވަކި ކުރެވޭ ގޮތެއް ނުވި އެވެ. ޖުމްލަ 25،801 މީހަކު ވަނީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވޯޓްލާފަ ވަޒީފާގެ ބިރާއި، ޖަހަމުންދާ މަޅިތަކަށް ނުބަލައި މެންބަރުންތައް އެ ވަނީ ވޯޓް ފޮށިތައް ފުރާލާފަ އެވެ. މިއީ މިހާރުގެ ހާލަތަށް ބަލާއިރު، ގިނަ ބަޔަކަށް ހައިރާންކުރަނިވި އަދަދެކެވެ. 

އެމްޑީޕީ އިތުރަށް ވަރުގަދަ ވަމުންދާއިރު، ވާދަވެރިންނަށް މިވަނީ ފަހަތުން ދުވަން ޖެހިފަ އެވެ. ވާދަވެރިން ކިހިލި ޖަހައިލައިގެން އެމްޑީޕީ ބާރަށް ކުރިއަށްދާއިރު، ވާދަވެރިންނަށް ހޭވެރިކަން ވެއްޖެ އެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވަށައިގެން ހިނގަމުންދާ ކަންތައްތަކަށް ބަލާލައިފި ނަމަ އެމްޑީޕީއާއި ޕީޕީއެމްގެ ތަފާތު ވަރަށް ރަނގަޅަށް ސާފުވާނެ އެވެ.

ޖަލްސާއެއް ބާއްވާއިރު ތައްޔާރީތަކުގައި އުޅޭ މީހުންނާ ހަމައިން ތަފާތު ފެންނާނެ އެވެ. އެމްޑީޕީގެ ޖަލްސާއަކަށް ގޮނޑި އަތުރައި، ލައިޓް ހަރުކޮށް، ހުރިހާ މަސައްކަތެއްގައި އުޅޭނީ އެމްޑީޕީގެ މެންބަރުންނެވެ. އެ މަސައްކަތް ކުރަނީ ފައިސާއަކަށް ނޫނެވެ. ޕާޓީ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ޕީޕީއެމްގެ ހާލަތަށް ބަލާއިރު، ގޮނޑި އަތުރަން ދަނީ ބަހައްޓާ ކޮންމެ ގޮނޑިއަކަށް އަގު ނަގައިގެންނެވެ. އަގު ނަގައިގެން އެކަން ކުރާނެ ޕީޕީއެމްގެ މެންބަރުން ނުވެއްޖެނަމަ އެކަން ކުރުވަނީ ބިދޭސީން ލައްވަ އެވެ. ޖަލްސާތަކަށް މީހުން ގެންނަން ވެސް ޖެހެނީ ސިޓީ އުރަ ދީގެންނެވެ. 

ރައްޔިތުންގެ ގާތަށް ގޮސް ހާލު ބަލައި، ރައްޔިތުންގެ ބޭނުންތައް ބަލަން ފެށީ އެމްޑީޕީންނެވެ. ޑޯޓުޑޯ ހަރަކާތާއި އަދި މި ނޫން ވެސް ލައްކަ ބައިވަރު އާ ކަންތައްތަކެއް އެމްޑީޕީ އިން މި ރާއްޖެ އަށް އުފަން ކުރުވި އެވެ. ނަތީޖާއަކަށް ވެގެން ދިޔައީ، ރައްޔިތު މީހާ އަށް އޭނާގެ ހައްގުތަކާއި، އޭނާ އަށް ހައްގުވާ މިންވަރު އެނގި އެމްޑީޕީއަށް ހިތް ޖެހުމެވެ.

ޕީޕީއެމްގެ ހާލަތަށް ބަލާލާނަމެވެ. ސަރުކާރު ކުންފުނިތަކުގައި އުޅޭ މުވައްޒަފުންގެ މޭޒު މައްޗަށް އަންނަނީ ފޯމެކެވެ. ޕީޕިއެމަށް ވަނުމަށް އެދޭ އެ ފޯމު ފުރުމަށް ދެން އަންނަނީ ނޯޓެކެވެ. ފޯމް ނުފުރައިފިނަމަ ވަޒީފާ ގެއްލޭނެތީ، ފިންގާ ޕްރިންޓް ޖަހައި، ސޮއިކޮށްލަނީ އެވެ. ޕީޕީއެމްގެ ޖަލްސާތަކުގައި ބައިވެރިވުން ސަރުކާރުގެ މުވައްޒަފުންނަށް މަޖުބޫރު ކުރުވަނީ ވެސް މިފަދައިންނެވެ. ފުރަތަމަ އަންނަނީ މިނިސްޓަރުގެ އެދިވަޑައިގަތުމެކެވެ. ދެން އެއަށް ފަހު އަންނަނީ ނަމްބަރެކެވެ. އެ ނަމްބަރު ހިފައިގެން ޖަލްސާ އަށް ގޮސް ރަޖިސްޓްރީ މާކު ކުރުމަށެވެ. މިކަންކަން މިހެން ކުރުމަށް ފަހު ރައްޔިތުންގެ ތެރެއަށް ނިކުމެ މި ވިދާޅުވަނީ އެއް ދުވަހުގެ މަތިން 11،000 މީހުންގެ ފޯމް ލިބިއްޖެ ކަމަށެވެ. ޖަލްސާގައި 15،000 މީހުން ބައިވެރިވެއްޖެ ކަމަށެވެ. ޖަލްސާގައި ބައިވެރިވާ މީހުންގެ މޫނުމަތިން ފެންނަ މަންޒަރުން އެކަނި ވެސް ހާލަތު އެނގޭނެ އެވެ. މަޖުބޫރީ ހާލަތުގައި ޖަލްސާއަށް ގެންދިއުމުން، ޖަލްސާ ނުނިމެނިސް ފިލަ އެވެ. 

އެމްޑީޕީ ޗެއާޕާސަން އިންތިޚާބުގައި ވޯޓްލާން ނިކުތް މެންބަރުންގެ އަދަދު ފެނުމުން، ޕީޕީއެމް ތުރުތުރު އަޅައިގަނެފި އެވެ. ދައުލަތުގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުން ހިފައިގެން ނިކުމެއްޖެ އެވެ. ސިޔާސީ ހަރަކާތްތަކަށް ސްކޫލްތައް ދޫނުކުރުމަށް ނިންމާފައިވަނިކޮށް އެކަން ވެސް ހަމަ ކުއްލިއަކަށް ހުއްދަވެއްޖެ އެވެ. އައިޖީއެމްއެޗަށް ޑޮކްޓަރަށް ދައްކަން ވަންނަ މީހާ ލައްވާ ވެސް ޕާޓީ އަށް ސޮއިކުރުވަނީ އެވެ. ސިޓީ އުރަ ހިއްޕަވައިގެން މެޑަމް ފާތުމަތު އިބްރާހިމް ދީދީ ދަތުރުތައް ކުރައްވަނީ އެވެ. ރަތް ދައްކާ އަވީގައި މިނިސްޓަރުންތައް ބަނޑު ނިވާކޮށްނުލެވޭ ވަރުގެ ޓީޝާޓުތައް ތުރުކުރައްވައިގެން ސޮޔަށް ސަލާމް ޖަހަން ފަށައިފި އެވެ. އެ ބޭފުޅުންގެ އިއްޒަތާއި ގަދަރަށް ބެއްލެވުމެއް ނެތި، މަސައްކަތު ދުވަސް ފާހަގަ ކުރާ އުސޫލުން ސޮއި ހޯއްދެވުމަށް އެ ބޭފުޅުން ވެސް އުޅުއްވި އަވަދިނެތި އެވެ. ކުރިމަތިވެވަޑައިގެންނެވި މަޖުބޫރެއް ނުވަތަ ހާލަތެއް އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށެވެ. ނަމަވެސް ދުވަހަކު ވެސް މިރާއްޖޭގައި މިނިސްޓަރުން މިފަދަ ދަށު ދަރަޖައަކަށް ވައްޓައެއް ނުލައެވެ. މިފަދަ ދަރަޖައަކަށް މާޔޫސްވެގެން މެމްބަރުން ހޯދަން ސަލާމެއް ނުޖަހައެވެ.

ލޯބި ލިބޭނީ ލޯބި ހޯދަން ވެސް އެނގިގެންނެވެ. ބިރު ދެއްކުމަކުން ލޯތްބެއް ނުހޯދޭނެ އެވެ. ރިޝްވަތު ދީގެން ލޯތްބެއް ނުހޯދޭނެ އެވެ. ބެންކޮކް ދަތުރާއި ފައިސާގެ އިނާމުން ފޭކް ފޯމުތަކެއް ހޯދިޔަސް، އިހްލާސްތެރި ކަމެއް ނުލިބޭނެ އެވެ. މިކަން ނޭނގި، ނަންބަރު އިތުރުކުރިޔަސް، އެއީ ޕާޓީއަށް ހަގީގީ ލޯތްބެއް އޮންނާނެ ބައެއް ނޫނެވެ. އިހްލާސްތެރިކަން ދައްކަވާށެވެ. ތެދުވެރިކަން އިސްކުރައްވާށެވެ. ރައްޔިތުންގެ ލޯބި ހޯއްދަވަން މަސައްކަތް ކުރައްވާށެވެ. އޭރުން އޭގެ ޒާތުގައި މެމްބަރުން އިތުރުވާނެ އެވެ. އިތުރުކުރަން މިނިސްޓަރުން ނުކުންނަވަން ޖެހިވަޑައެއް ނުގަންނަވާނެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް