21 މާރޗް 2019 | ބުރާސްފަތި | 10 ފަސްބަދުރުވަ
14 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:09
ފަތިސް 04:58

ޗައިނާ - ކެނެޑާ

ޗައިނާ އިން ވަނީ ކެނެޑާގެ 13 މީހަކު ހައްޔަރު ކޮށްފަ: ރިޕޯޓް

  • މި މީހުން ހައްޔަރު ކޮށްފައި ވަނީ ކެނެޑާއިން ވާވޭގެ ސީއެފްއޯ ހައްޔަރު ކުރި ފަހުން
އަލީ ސަމާޚް | AliSamah8

| 4 ޖެނުއަރީ 2019 | ހުކުރު 14:57 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  3. ފްލެޓް ދޭކަށް ނުގުޅަން، ދައުވަތު ދިނީ ބައްދަލުވުމަކަށް: އެމްޑީޕީ
  4. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  5. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  6. ބަލިމަޑުކަމެއް ފެތުރި ގއ. އަތޮޅު ތައުލީމީ މަރުކަޒު ބަންދުކޮށްފި
  7. ސްޕެޝަލް އޮލިމްޕިކްސްގައި ރާއްޖެއަށް ރަންމެޑަލް
  8. ޔޫއޭއީއަކީ ދުނިޔޭގެ އެންމެ ރައްކާތެރި ޤައުމު


ޗައިނާ ގައި ހުންނަ ކެނެޑާގެ އެމްބަސީ -- ޑެއިލީ މެއިލް

ޗައިނާ އިން ކެނެޑާގެ 13 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހު ކެނެޑާގެ ވެންކޯވާ އެއާޕޯޓުން ވަނީ ޗައިނާގެ ވާވޭގެ ސީއެފްއޯ މެންގް ވަންޒޫ ހައްޔަރުކޮށްފަ އެވެ. މެންގް އަކީ އެއްވެސް ކުށެއް ކޮށްފައި ނުވާ މީހެއް ކަމަށާއި އޭނާ ދޫކޮށްލުމަށް ޗައިނާ އިން ދަނީ އަޑުހަރުކޮށް ގޮވާލަމުންނެވެ. އަދި އޭނާ އެމެރިކާއާ ހަވާލު ކޮށްފާނެތިވެސް ޗައިނާ އަށް އޮތީ ބިރުގަނެފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ވަންޒޫ ހައްޔަރުކުރިފަހުން، ޗައިނާއިން ވަނީ ކެނެޑާގެ 13 މީހަކު ހައްޔަރު ކޮށްފައެވެ. އެކަން ހާމަކޮށްފައިވަނީ ކެނަޑާގެ އޮފިޝަލަނުންނެވެ.

ހައްޔަރުކުރެވުމުނު މީހުންގެ ތެރޭގައި ނޮވެމްބަރު މަހު ހައްޔަރުކުރި ކެނެޑާގެ ޑިޕޮލޮމެޓް މައިކަލް ކޮވްރިގްގެ އިތުރުން މައިކަލް ސްޕާވޯވެސް ހިމެނޭއެވެ. މި ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ޗައިނާގެ ގައުމީ ސަލާމަތަށް ނުރައްކާތެރިވާ ކަމުގެ ތުހުމަތުގައެވެ.

އޭގެއިތުރުން ގަވާއިދާ ހިލާފަށް ޗައިނާގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ސާރަ މެކްލެވާ މިނިވަންކޮށް އަނބުރާ ކެނެޑާ އަށް ފޮނުވާލާފައި ވަނީ ވޭތު ވެދިޔަ ހަފްތާގައެވެ. އަދި މި މީހުންގެ އިތުރުން އެކި މައްސަލަތަކުގައި ކެނެޑާގެ 200 ވަރަކަށް މީހުން ޗައިނާ އިން ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާ އިން ހައްޔަރު ކޮށްފައިވާ ކެނެޑާގެ ރައްޔިތުން މިނިވަންކުރުމަށް ކެނެޑާގެ ފޮރިން މިނިސްޓަރު ކްރިސްޓިއާ ފްރީލޭންޑް ވަނީ ތަކުރާރު ކޮށް ޗައިނާ އަށް ގޮވާލަފައެވެ.  

ޗައިނާއާ ކެނެޑާގެ އިތުރުން އެމެރިކާއި އޮންނަ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި، ޗައިނާ އަށް ދަތުރުކުރާ އެމެރިކާ ރައްޔިތުން ސަމާލުވުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ އިލްތިމާސް ކޮށްފައެވެ. އެމެރިކާގެ ބޭންކުތަކަށް އޮޅުވާލައިގެން ވާވޭއިން ސަބްސިޑަރީ ކުންފުންޏެއް ހަދައިގެން އިރާނާ އެކު ވަގު ވިޔަފާރި ކުރި ކަމުގެ ތުހުމަތު ގައި ހައްޔަރު ކުރެވުނު މެންގް ވަންޒޫގެ ބައްޕަ ރެންގް ޒެންފޭ އަކީ ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް